ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯ އިންޑިޔާގެ ބޮޑުވަޒީރު މޯދީ. ފޮޓޯ: ޓްވިޓާ
ހަބަރު
19 Sep 2023 | 22:58
ސިޚް ލީޑަރު މަރާލުމުގައި އިންޑިޔާގެ އަތެއް ވާކަމަށް ބުނި ބުނުމަށް އެމެރިކާއިން ތާއީދުކޮށްފި

ކެނެޑާގެ ރައްޔިތެއް ކަމަށްވާ ހަރްދީޕް ސިންހް ނިއްޖާރު މަރާލުމުގައި އިންޑިޔާގެ އަތެއްވާ ކަމަށް ބުނި ބުނުމަށް އެމެރިކާއިންވެސް ތާއީދު ކޮށްފިއެވެ.

ކެނެޑާއިން ކުރި ތުހުމަތަށް އެމެރިކާއިން ތާއީދު ކޮށްފައިވާއިރު އިނގިރޭސި ވިލާތުން ބުނެފައިވަނީ ކެނެޑާއިން ކޮށްފައިވާ އެ ތުހުމަތުތަކުގެ ސަބަބުން އެކަން ކައިރިން ބަލަމުން އަންނަ ކަމަށެވެ.

އޮސްޓްރޭލިޔާ އިން މިކަމާއި މެދު ބުނެފައިވަނީ ނިއްޖާރް މަރާލުމުގައި އިންޑިޔާގެ އަތެއް ވާކަމަށް ބުނަމުންދާ ބުނުމާއި މެދު އިންތިހާއަށް ކަންބޮޑު ވާ ކަމަށެވެ.

ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ހޯމަ ދުވަހު އެޤައުމުގެ ޕާލިމެންޓްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ޖީ20 ސަމިޓްގެ ތެރެއިން އިންޑިޔާގެ ބޮޑު ވަޒީރް ނަރެންދްރަ މޯދީ އާއި ބައްދަލުކޮށް ނިއްޖާރުގެ މައްސަލައިގައި ކަންބޮޑުވުން ފާޅު ކޮށްފައި ވާނެ ކަމަށެވެ. އަދި ކެނެޑާގެ ރައްޔިތަކު އެހެން ޤައުމެއްގެ ސަރުކާރުން ކެނެޑާގެ ބިމުގައި މަރާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ އެޤައުމުގެ ސިޔާދަތައް އަރައިގަތުން ކަމަށެވެ.

އަދި އިންޑިޔާގެ ސަރުކާރަށް ޓްރޫޑޯ ގޮވައިލައްވައިފައިވަނީ އެކަން ތަހްޤީޤު ކުރުމަށް ކެނެޑާގެ ސަރުކާރަށް ދެވެން އޮތް އެއްބާރުލެއްވުމެއް އެންމެ ބޮޑަކަށް ދެއްވުމަށެވެ.

އިންޑިޔާގެ ފޮރިން މިނިސްޓްރީ އިން ވަނީ ކެނެޑާގެ ސަރުކާރުން ކުރާ ތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި އެވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ހަދައިގެން ދައްކާ ވާހަކަ ތަކެއް ކަމަށް ބުނެފައެވެ.

ކެނެޑާގެ މި ތުހުމަތުތަކާއި ގުޅިގެން އިންޑިޔާގައި ހުންނަ ކެނެޑާގެ ޑިޕްލޮމޭޓް ވަނީ ޤައުމުން ބޭރުކޮށްފައެވެ. ހަމަ އެއާއި އެކު ކެނެޑާއިންވެސް ވަނީ އެޤައުމުގައި ހުރި އިންޑިޔާގެ އިސް ޑިޕްލޮމޭޓެއް އެޤައުމުން ބޭރުކޮށްފައެވެ.

ހަރްދީޕް ސިންހް ނިއްޖާރަކީ ޚާލިސްޠާނުގެ ނަމުގައި ސިޚުންނަށް ވަކި ދައުލަތެއް ޤާއިމް ކުރުމަށް ގޮވާލަމުން ދިޔަ އެކްޓިވިސްޓުންގެ ލީޑަރެކެވެ. އޭނާގެ މަރުގެ ފަހަތުގައި އިންޑިޔާ ސަރުކާރުގެ އަތެއް ވާ ކަމަށް ބުނަމުން ދާއިރު، އިންޑިޔާއިން 2020 ވަނަ އަހަރުގެ ޖުލައި މަހު އޭނާ އަކީ ޓެރަރިސްޓެއް ކަމަށް ވަނީ ނިންމައިފައެވެ.

ނިއްޖާރު މަރާލައިފައިވަނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު، ބްރިޓިޝް ކޮލަމްބިއާގެ ސަރީގައި ހުންނަ ސިޚް ޓެމްޕަލްއެއްގެ ބޭރުގައި ހުއްޓައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް