އިއްޔެ ޣައްޒާ އަށް އިއްޒާއިލުން ހަމަލާ ދިނުން. ފޮޓޯ: ޤުުދުސް ނެޓްވޯކް
ހަބަރު
20 Sep 2023 | 11:11
ޣައްޒާގައި ފަލަސްޠީނުގެ 4 ޒުވާނަކު ޝަހީދުކޮށްލައިފި

އިޒްރާއިލް ސިފައިން ފަލަސްޠީނުގެ ޣައްޒާގައި ފަލަސްޠީނުގެ 4 ޒުވާނަކު ޝަހީދުކޮށްލައިފިއެވެ.

ޝަހީދުވި 4 ޒުވާނުންގެ ތެރެއިން 3 ޒުވާނުން ޝަހީދު ވެފައިވަނީ އިޒްރާއިލް ސިފައިން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގައެވެ. އަނެއް ޒުވާނާ ޝަހީދުވެފައިވަނީ ޣައްޒާގައި ހިންގި ޢަސްކަރީ ހަރަކާތެއްގައެވެ.

ހުޅަނގު އައްސޭރީގައި ހިންގި ޢަސްކަރީ ރެއިޑް ހިންގައިފައިވަނީ އަންގާރަދުވަހު ޖެނީން ރެފިޔުޖީ ކޭމްޕުގައެވެ. އެރެއިޑްގައި 3 ޒުވާނުން ޝަހީދު ވުމުގެ އިތުރުން އިތުރު 20 މީހަކު ވަނީ ޒަޚަމްވެފައެވެ. ޝަހީދުވި ޒުވާނުންގެ ނަންތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޣައްޒާގައި ޝަހީދުވި ޒުވާނާއަކީ 25 އަހަރުގެ ޔޫސުފް ސާލިމް ރަދްވާން ކަމަށް ފަލަސްޠީނުގެ މީޑިއާއި އިން ބުނެފައިވެއެވެ. އޭނާ ޝަހީދުވެފައިވަނީ އިޒްރާއިލް ސިފައިން އޭނާގެ ގަޔަށް ބަޑިޖެހުމުގެ ސަބަބުންނެވެ.

މިހާރަކަށް އައިސް ޣައްޒާގައި ހިނގަމުން މިދާ ލޭއޮހޮރުވުން ތައް ފެށިފައިވަނީ ސެކިޔުރިޓީ މައްސަލަތަކަށް ކަމަށް ބުނެ އިޒްރާއިލް ސިފައިން ބައިތް ހަނޫން ބޯޑަރު ބަންދުކުރުމާއި ގުޅިގެނެވެ.

ބައިތް ހަނޫން ބަންދު ކުރުމާއި ގުޅިގެން 18،000 އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ތިބީ އެމީހުން ދިރިއުޅުމަށް ކުރާ މަސައްކަތައް ނުދެވިފައެވެ.

މިހަމަނުޖެހުން ތައް ފެށިފައިވަނީ ޔަހޫދީންގެ އައުއަހަރުގެ ބަންދާއި ގުޅިގެނެވެ. މި ބަންދާއި ގުޅިގެން ޔަހޫދީންގެ ގިނަ ބަޔަކު އަޤްޞާ ގެ ހަރިންމަ އަށް ޒިޔާރަތް ކުރުންފަދަ ދީނީ ހަރަކާތްތައް ކުރިއަށް ގެންދާތީ އަޤްޞާ މިސްކިތައް ފަލަސްޠީނުގެ ރައްޔިތުންނަށް ނުވަދެވޭނެ ކަމަށް އިޒްރާއިލް ސިފައިން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ފަލަސްޠީނުގެ ރައްޔިތުން ދަނީ ހިތްހަމަނުޖެހުން ފާޅު ކުރުމަށް ތަންތަނަށް އެއްވަމުންނެވެ.

ޣައްޒާގެ އޮފިޝަލުން ބުނެފައިވަނީ ބަންދު ކޮށްފައިވާ ބައިތް ހަނޫން ބޯޑަރު މެޑިކަލް އެމަޖެންސީއަށް ބޭނުންވާ ވަގުތު ހުޅުވައި ދޭ ކަމަށެވެ.

ބައިތް ހަނޫން ބަންދުކޮށްފައި ހުންނަ މުއްދަތު އިތުރު ވަމުން ދާވަރަކަށް އެސަރަހައްދުގައި ހަމަނުޖެހުން ދަނީ އިތުރުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ