ނިޕާ ވައިރަސް ފެތުރެމުންދާ ސަރަހައްދުގައި ފުލުހުން ހަރަކާތް ތެރިވަނީ. ފޮޓޯ:އޭއެފްޕީ
ހަބަރު
20 Sep 2023 | 13:49
އިންޑިޔާގެ ދެކުނުގެ ސަރަހައްދުތަކުގައި ނިޕާ ވައިރަސް ފެތުރެނީ

އިންޑިޔާގެ ދެކުނުގައި ނުރައްކާތެރި ނިޕަ ވައިރަސް ފެތުރެން ފަށައިފި އެވެ.

އެސަރަހައްދުގެ ސަރުކާރުން މަސައްކަތް ފަށައިފައިވަނީ އެ ނުރައްކާތެރި ވައިރަސް އެސަރަހައްދުގައި ފެތުރިގެން ނުދާނެ ފަދަ ގޮތަކަށް އެކަން ކޮންޓްރޯލް ކުރުމަށެވެ.

ދެމީހަކު ނިޕާ އަށް ފައްސި ވެ އެބަލީގައި މަރުވެފައި ވާއިރު އެތައް ސަތޭކަ މީހުން ވަނީ ބައްޔަށް ފައްސިވި މީހުންނާއި ގާތުން ބައްދަލުވެފައިވާތީ ބައްޔަށް ޓެސްޓު ކޮށްފައެވެ.

ނިޕާ ވައިރަސް ފެތުރެމުންދާތީ އިންޑިޔާގެ ކެރެލާގެ ސަރުކާރުން ދަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ފިޔަވަޅު ތަކެއް އަޅަމުންނެވެ. ޚާއްސަކޮށް ކެރެލާގެ ކަރިކޯ ޑިސްޓްރިކް ފާހަގަ ކޮށްލެވެއެވެ.

ނިޕާ ވައިރަސް ފެތުރެމުން ދާތީ ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފައިވާއިރު ސަރުކާރުގެ އޮފީސްތަކާއި ޢާންމު މީހުންގެ ވިޔަފާރިތައް ވެސް ވަނީ ބަންދުކޮށްފައެވެ.

އެސަރަހައްދުގެ މަގުތަކުގައި މީހުން މަދުވެފައި ވާއިރު އެސަރަހައްދުގެ މީހުން ތިބީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. ކޮވިޑަށް ފަހު އަނެއްކާވެސް އެހެން ވައިރަސް އަކާއި ގުޅިގެން ބިރުވެރިކަން ފެތުރިފައި ވާތީ އެމީހުން ތިބީ ކަންބޮޑުވެފައެވެ.

ނިޕާ ވައިރަސް ފެތުރެނީ އެވައިރަސްގެ އަސަރު ކޮށްފައިވާ ވައު ނުވަތަ އޫރު ފަދަ ތަކެއްޖާއި އޭގެ ޖަރާސީމާއި ކޮންޓެއްކްޓަށް އިންސާނަކު އައުމުންނެވެ.

އެކަމަކީ ވުން މަދު ކަމެއް ކަމުގައިވިޔަސް މީގެ ކުރިންވެސް މިވައިރަސް ވަނީ ފެތުރިފައެވެ. މީގެ ފަސް އަހަރު ކުރިން މިވައިރަސް ފެތުރި 23 މީހުން ބައްޔަށް ފައްސި ވިއިރު އޭގެ ތެރެއިން 21 މީހުން ވަނީ މަރުވެފައެވެ.

ކެރެލާގެ ހެލްތް މިނިސްޓްރީ އިން ބުނެފައިވަނީ މި ފަހަރު ނިޕާ ވައިރަސްގެ ކޭސްތައް ފެތުރެން ފެށުމާއި އެކު ފިޔަވަޅުތައް އެޅިފައިވާ ކަމަށާއި، ބަލި ޖެހުނު މީހުންނާއި އެއްވެސް ގޮތަކުން ބައްދަލުވެފައިވާ މީހަކު ނަމަ އެމީހަކު ހޯދިފައިވާ ކަމަށެވެ.

އަދި އެމީހުން އެހެންމީހުންނާއި އެކު ނުވާނެހެން އެކަހެރި ކުރެވިފައިވާ ކަމަށާއި 700 އަށްވުރެ ގިނަ މީހުން މީގެ ތެރޭގައި ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

ބަލި ފެތުރެމުންދާ ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ކުރުމަށްޓަކައި ފުލުހުންވެސް ހަރަކާތް ތެރިވަމުންއަންނައިރު ކަމުގެ މާހިރުން ދަނީ ޙާލަތު ދެނެގަނެ ބަލި ފެތުރުނަ ނުދިނުމަށް ކުރާނެ ކަންކަން ހޯދަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް