އިންޑިޔާގެ ބޮޑު ވަޒީރު މޯދީ އަދި ކެނެޑާގެ ބޮޑު ވަޒީރު
ހަބަރު
20 Sep 2023 | 18:26
އިންޑިޔާ ރައްޔިތުން ކެނެޑާގައި އުޅޭއިރު ސަމާލުވުމަށް އިންޑިއާ ސަރުކާރުން އިލްތިމާސް ކޮށްފި

ކެނެޑާ އާއި އިންޑިޔާގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުން ތަކުގެ ތެރެއިން، އިންޑިޔާގެ ރައްޔިތުން ކެނެޑާއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެޤައުމުގެ ސަރުކާރުން އިލްތިމާސް ކޮށްފިއެވެ.

ކެނެޑާ އާއި އިންޑިޔާއާއި ދެމެދު އުފެދިފައިވާ މިވާ ހަމަނުޖެހުން ތަކަކީ ކެނެޑާގެ ރައްޔިތެއް ކަމަށްވާ ހަރްދީޕް ސިންހް ނިއްޖާރު ގެ މަރުގެ ފަހަތުގައި އިންޑިޔާގެ އަތެއް ވާ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ވިދާޅުވެފައެވެ.

ހަރްދީޕް ސިންހް ނިއްޖާރަކީ ސިޚުންގެ ބާރު ހިންގާ ވަކި ދައުލަތެއް އުފެއްދުމަށް ގޮވާލައި ހިންގާ ހަރަކާތުގެ އިސް ލީޑަރެކެވެ.

އެ ހަރަކާތްތަކުގެ ސަބަބުން އެ އެކްޓިވިސްޓުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އިންޑިޔާ ސަރުކާރުން ކެނެޑާއަށް ބާރުއަޅަމުން ދިޔަ ނަމަވެސް ކެނެޑާއިން އެކަމަށް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.

ނިއްޖާރު މަރާލައިފައިވަނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު، ބްރިޓިޝް ކޮލަމްބިއާގެ ސަރީގައި ހުންނަ ސިޚް ޓެމްޕަލްއެއްގެ ބޭރުގައި ހުއްޓައެވެ. ނިއްޖާރު މަރާލި އިރު އޭގެ އެތައް ދުވަހެއް ކުރިން އިންޑިޔާ އިން ވަނީ ނިއްޖާރަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައިފައެވެ.

ކެނެޑާއިން ކުރި ތުހުމަތު ތަކާއި އެކު އިންޑިޔާއިން ވަނީ އެޤައުމުގައި ހުރި ކެނެޑާގެ ޑިޕްލޮމޭޓް އިންޑިޔާއިން ބޭރުކޮށްލައިފައެވެ.  ހަމައެއާއި ގުޅިގެން ކެނެޑާއިންވެސް ވަނީ ކެނެޑާގައި ހުރި އިންޑިޔާގެ އިސް ޑިޕްލޮމެޓަކު އެޤައުމުން ފޮނުވައިލައިފައެވެ.

އިންޑިޔާގެ ފޮރިން މިނިސްޓްރީ އިން މިއަދު ބުނެފައިވަނީ ކެނެޑާގައި ދިރިއުޅޭ އިންޑިޔާގެ ރައްޔިތުންނަށް އަމާޒުކޮށް ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާތީ އެރައްޔިތުންގެ ސަލާމަތާއި މެދު ކަންބޮޑު ވާކަމަށެވެ.

"ޑިޕްލޮމޮޓުންނަށް އަމާޒުކޮށް އިންޒާރުތައް ވަނީ ދީފައި، އަދި އެންޓި އިންޑިޔާ އެޖެންޑާ އާއި ދެކޮޅު އިންޑިޔާގެ ރައްޔިތުންނަށްވެސް ވަނީ އަމާޒު ކުރެވިފައި، އެހެންކަމުން ކެނެޑާގައި ދިރިއުޅެމުންދާ އިންޑިޔާގެ ރައްޔިތުންނަށް އިލްތިމާސް ކުރަނީ ކެނެޑާގެ ތެރޭގައި ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި، ޚާއްސަކޮށް ނުރައްކަލެއް އޮތް ކަމަށް ލަފާކުރެވޭ ސަރަހައްދުތައްކަށް ދަތުރު ނުކުރުމަށް" އިންޑިޔާގެ ފޮރިން މިނިސްޓްރީ އިން ބުނެފައިވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް