އިންޑިޔާގެ ބޮޑު ވަޒީރު މޯދީ އަދި ކެނޭޑާގެ ބޮޑު ވަޒީރު ޓްރޫޑޯ
ހަބަރު
21 Sep 2023 | 15:20
އިންޑިޔާއިން ކެނެޑާއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ބުނުމުން، ކެނެޑާއަކީ ރައްކާތެރި ޤައުމެއްކަމަށް އެޤައުމުން ބުނެފި

ކެނެޑާއާއި އިންޑިޔާ އާއި ދެމެދު އުފެދިފައި އޮތް ހަމަނުޖެހުމުގެ ތެރެއިން އިއްޔެ އިންޑިޔާއިން ކެނެޑާއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ނެރުމާއިއެކު ކެނެޑާއިން އޭގެ ރައްދެއްގެ ގޮތުން ކެނެޑާއަކީ ރައްކާތެރި ގައުމެއް ކަމަށް ބުނެ އިންޑިޔާގެ އެއިލްތިމާސް ބަލައިނުގަނެ ރައްދުކޮށްފިއެވެ.

ކެނެޑާގައި ދިރުއުޅޭ އިންޑިޔާގެ ރައްޔިތުން ކެނެޑާގެ ތެރޭގައި އުޅޭ އިރު ސަމާލުވުމާއި، ކެނެޑާގެ ތެރޭގައި ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި، ޚާއްސަކޮށް ނުރައްކަލެއް އޮތް ކަމަށް ލަފާކުރެވޭ ސަރަހައްދުތައްކަށް ދަތުރު ނުކުރުމަށް އިންޑިޔާ ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިއިލްތިމާސާއި ގުޅިގެން ކެނެޑާއިން ވެސް ވަނީ އޭގެ ރައްދެއްގެ ގޮތުން އެޤައުމުގެ ރައްޔިތުންނަށް މިފަދަ އިލްތިމާސެއް ކޮއްފައެވެ. އެގޮތުން ކެނެޑާއިން ބުނެފައިވަނީ ދަތުރުފަތުރު ކުރުމުގައި އިންޑިޔާއަށް މަޑުކުރަން ޖެހިއްޖެ ހާލަތެއް ނަމަ ވަރަށް ބޮޑަށް ސަމާލުވުމަށެވެ. ކެނެޑާގެ ރައްޔިތުނަށް އަމާޒުކޮށް އިންޑިޔާއިން ޓެރަރިސްޓު ހަމަލާއެއް ދީފާނެ ތީ އެކަމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އިންޑިޔާއާއި ކެނެޑާއި އާއި ދެމެދު ހަމަނުޖެހުން ތަކެއް އުފުދިގެން މިއުޅެނީ ކެނެޑާގެ ރައްޔިތެއް ކަމަށްވާ ހަރްދީޕް ސިންހް ނިއްޖާރު ގެ މަރުގެ ފަހަތުގައި އިންޑިޔާގެ އަތެއް ވާ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ވިދާޅުވެފައެވެ.

ހަރްދީޕް ސިންހް ނިއްޖާރަކީ ސިޚުންގެ ބާރު ހިންގާ ވަކި ދައުލަތެއް އުފެއްދުމަށް ގޮވާލައި ހިންގާ ހަރަކާތުގެ އިސް ލީޑަރެކެވެ.

އެ ހަރަކާތްތަކުގެ ސަބަބުން އެ އެކްޓިވިސްޓުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އިންޑިޔާ ސަރުކާރުން ކެނެޑާއަށް ބާރުއަޅަމުން ދިޔަ ނަމަވެސް ކެނެޑާއިން އެކަމަށް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.

ނިއްޖާރު މަރާލައިފައިވަނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު، ބްރިޓިޝް ކޮލަމްބިއާގެ ސަރީގައި ހުންނަ ސިޚް ޓެމްޕަލްއެއްގެ ބޭރުގައި ހުއްޓައެވެ. ނިއްޖާރު މަރާލި އިރު އޭގެ އެތައް ދުވަހެއް ކުރިން އިންޑިޔާ އިން ވަނީ ނިއްޖާރަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައިފައެވެ.

ކެނެޑާއިން ކުރި ތުހުމަތު ތަކާއި އެކު އިންޑިޔާއިން ވަނީ އެޤައުމުގައި ހުރި ކެނެޑާގެ ޑިޕްލޮމޭޓް އިންޑިޔާއިން ބޭރުކޮށްލައިފައެވެ.  ހަމައެއާއި ގުޅިގެން ކެނެޑާއިންވެސް ވަނީ ކެނެޑާގައި ހުރި އިންޑިޔާގެ އިސް ޑިޕްލޮމެޓަކު އެޤައުމުން ފޮނުވައިލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް