އިންޑިޔާގެ ބޮޑު ވަޒީރު އަދި ކެނެޑާގެ ބޮޑު ވަޒީރު
ހަބަރު
22 Sep 2023 | 08:47
އިންޑިޔާއިން ކެނެޑާގެ ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލައިފި

އިންޑިޔާއިން ކެނެޑާގެ ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލައިފިއެވެ.

ކެނެޑާއާއި އިންޑިޔާ އާއި ދެމެދު އުފެދިފައިވާ ހަމަނުޖެހުން ތަކުގެ ސަބަބުން ވިސާ ދޫކުރުން ހުއްޓައިލައިފައިވާ އިރު އެދެޤައުމުގެ ދެމެދުގައި ހަމަނުޖެހުން މިވަގުތައް ވަނީ ވަރަށް ބޮޑު ވެފައެވެ.

އެގޮތުން އިންޑިޔާގައި ހުރި ކެނެޑާގެ ޑިޕްލޮމޭޓް އެޤައުމުން ބޭރުކޮށްލައިފައިވާއިރު، ކެނެޑާގައި ހުރި އިންޑިޔާގެ އިސް ޑިޕްލޮމޭޓަކުވެސް ވަނީ އެޤައުމުން ބޭރު ކޮށްފައެވެ.

އަދި މީގެ އިތުރުން އިއްޔެ އިންޑިޔާ ސަރުކާރުން ކެނެޑާއަށް ދިޔުމާއި ގޮސް އުޅުމުގައި ސަމާލުވުމަށް ވަނީ އިންޑިޔާގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ. އެއާއި ގުޅިގެން އޭގެ ޖަވާބެއްގެ ގޮތުން ކެނެޑާއިން ވަނީ ކެނެޑާއަކީ ރައްކާތެރި އަމާން ޤައުމެއް ކަމަށް ބުނެ ކެނެޑާގެ ރައްޔިތުން ދަތުރުކުރުމުގައި އިންޑިޔާއަށް މަޑު ކުރުމުގައި ޓެރަރިސްޓު ހަމަލާއެއް ދީފާނެތީ ޚާއްސަ ސަމާލުކަމެއް ދިނުމަށް އަންގައިފައެވެ.

އިންޑިޔާ އާއި ކެނެޑާއާއި ދެމެދު އުފެދިފައިވާ ހަމަނުޖެހުން ތަކަކީ ކެނެޑާގެ ރައްޔިތެއް ކަމަށްވާ ހަރްދީޕް ސިންހް ނިއްޖާރު ގެ މަރުގެ ފަހަތުގައި އިންޑިޔާގެ އަތެއް ވާ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ވިދާޅުވެފައެވެ.

ހަރްދީޕް ސިންހް ނިއްޖާރަކީ ސިޚުންގެ ބާރު ހިންގާ ވަކި ދައުލަތެއް އުފެއްދުމަށް ގޮވާލައި ހިންގާ ހަރަކާތުގެ އިސް ލީޑަރެކެވެ.

އެ ހަރަކާތްތަކުގެ ސަބަބުން އެ އެކްޓިވިސްޓުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އިންޑިޔާ ސަރުކާރުން ކެނެޑާއަށް ބާރުއަޅަމުން ދިޔަ ނަމަވެސް ކެނެޑާއިން އެކަމަށް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.

ނިއްޖާރު މަރާލައިފައިވަނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު، ބްރިޓިޝް ކޮލަމްބިއާގެ ސަރީގައި ހުންނަ ސިޚް ޓެމްޕަލްއެއްގެ ބޭރުގައި ހުއްޓައެވެ. ނިއްޖާރު މަރާލި އިރު އޭގެ އެތައް ދުވަހެއް ކުރިން އިންޑިޔާ އިން ވަނީ ނިއްޖާރަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައިފައެވެ.

ކެނެޑާއަކީ އިންޑިޔާ އާއި ނަސްލު ގުޅިފައިވާ 1.4 މިލިއަން މީހުން ދިރިއުޅެމުންދާ ޤައުމެކެވެ. އިންޑިޔާ އިން އެންމެ ގިނަ ދަރިވަރުން މަތީ ތަޢުލީމު ހާސިލް ކުރުމަށް ފޮނުވާ ޤައުމަކީވެސް ކެނެޑާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް