މިރްވައިޒް ޢުމަރް ފާރޫޤް. ފޮޓޯ:އިންޓަރނެޓް
ހަބަރު
23 Sep 2023 | 18:04
ކަޝްމީރުގެ މިނިވަން ކަމަށް މަސައްކަތްކުރި ލީޑަރު މިރްވައިޒް ހަތަރު އަހަރަށްފަހު ޖަލުން މިނިވަންކޮށްފި

ކަޝްމީރުގެ މިނިވަން ކަމަށް ގޮވާލާ ލީޑަރު މިރްވައިޒް ޢުމަރް ފާރޫޤް ހަތަރު އަހަރު ޖަލުގައި ބަންދުކޮށް ބެހެއްޓުމަށްފަހު އޭނާ ޖަލުން މިނިވަން ކޮށްފިއެވެ.

މިރްވައިޒް އަކީ އިންޑިޔާގެ ބާރުގެ ދަށުގައި އޮތް ކަޝްމީރުގެ ބައިގެ މިނިވަންކަމަށް އެދި ގޮވާލާ ހަރަކާތުގެ އިސް ލީޑަރެކެވެ.

ހަތަރު އަހަރު ޖަލުގައި ބެހެއްޓުމަށްފަހު މިރްވައިޒް ދޫކޮށްލުމަށްފަހު ހުކުރު ނަމާދު އިމާމްވެ ކުރުމުގެ ހުއްދަވެސް އޭނާއަށް ވަނީ ދީފައެވެ.

މިރްވައިޒް މިނިވަން ކުރުމުން އެސަރަހައްދުގެ ޢާންމުންވަނީ އޭނާއަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފައެވެ.

މިރްވައިޒްއަކީ އޯލް ޕާޓީ ހުއްރިއްޔަތް ކޮންފަރެންސް ގެ ޗެއަރމަން އެވެ. އެ ކޮންފަރެންސްއަކީ އިންޑިޔާ އާއި ޕާކިސްތާނުގެ ދެމެދުގައި އޮންނަ ކަޝްމީރާއި ގުޅޭ ހަމަނުޖެހުން ތަކާއި ގުޅިގެން ކަޝްމީރު މިނިވަންކުރުމަށް ގޮވާލައި ވަކާލާތު ކުރާ ކޮންފަރެންސްއެކެވެ.

އިންޑިޔާ ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ 4 އޮގަސްޓު 2019 ވަނަ ދުވަހުއެވެ.

އެއާއި ޖެހިގެން އައި ދުވަހު އިންޑިޔާ ފުލުހުން ވަނީ އެތައްހާސް ބަޔަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިޔާގެ ފުންނާބު އުސް ސިޔާސީ މީހުންނާއި ވަކިވެގަތުމަށް ދައުވާ ކުރަމުންދިޔަ މީހުންގެ އިސް ލީޑަރުންނާއި، ވަކީލުން އަދި ކަޝްމީރަށް އިންޑިޔާ ފުލުހުން ދިން ގެއްލުންތަކާއި ދެކޮޅަށް އަޑު އުފުލި އެތައް ބަޔަކު ހިމެނެއެވެ.

ހަތަރު އަހަރު ޖަލުގައި ހުރެ މިނިވަން ވުމަށް ފަހު މިރްވައިޒް ބުނެފައިވަނީއޭނާގެ މިނިވަން ކަމާއި ހުރިހާ ހައްޤުތަކެއް އެދުވަސް ވަރު އޮތީ ގެއްލިފައި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް