މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް
ހަބަރު
25 Sep 2023 | 11:03
މާދަމާ ޖަލްސާ ބާއްވަން މަސައްކަތް ކުރާނީވެސް އެމްޑީޕީ މެންބަރުންނާ މަޝްވަރާކޮށްފައި، އާދެވޭނަމަ: ނަޝީދު

މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަން މަސައްކަތް ކުރާނީވެސް އެމްޑީޕީ މެންބަރުންނާ މަޝްވަރާކުރެއްވުމަށް ފަހު އެ މެންބަރުންނަށް ޖަލްސާއަށް ހާޒިރު ވެވޭނެނަމަ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ޤަރާރާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާ ފައިވާ ސިޓީއާ ގުޅޭ މައްސަލައާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ. 

އެގޮތުން، ނިޒާމީ ވޯޓާއި ގުޅޭ ގޮތުން މަޖިލީހުން މިދިޔަ ހަފްތާގައި ފާސްކުރި ގަރާރާއި އެއްގޮތައް ވޯޓް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނަމަވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓްގައި ކުރާނެ ސުވާލުގެ އިބާރާތް ސާފުކޮށްދޭން އިލެކްޝަންސް ކޮމިޝަނުން އޮތީ މަޖިލީހުގައި އެދިފައެވެ. އެހެންކަމުން މިއަދުގެ ޖަލްސާގައި ނިޒާމީ ވޯޓްގައި އަހާނެ ސުވާލުގެ އިބާރާއި ގުޅޭ ބަހުސް ކުރިއަށް ގެންދަވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިއަދުގެ ޖަލްސާ ވެސް ފަށައި އެތައް އިރެއް ވީއިރުވެސް ކޯރަމް ހަމަވެފައެއް ނުވެއެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ނަޝީދު ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވަން ގަސަތުކުރައްވާކަމަށް ވިދާޅުވެ، މާދަމާ ޖަލްސާ ތާވަލް ކުރައްވާނީވެސް އެމްޑީޕީ އާއި މަޝްވަރާ ކުރުމަށް ފަހު އެ މެންބަރުން ޖަލްސާ އަށް ވަޑައިގަންނަވާނެ ނަމަ ކަމަށް ވިދާޅުވެފައެވެ. 

އަޅުގަނޑު ދެކޭނީ މިއަދު އަޅުގަނޑުމެންނަށް ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށް. ދެން މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް މަސައްކަތް ކުރަން އަޅުގަނޑު ގަސްތުކުރަނީ އެމްޑީޕީއާ މަޝްވަރާ ކުރުމަށްފަހުގައި. އެބޭފުޅުންނަށް ވަޑައިގެންނެވެން އޮތް ކަމުގައި ވަނީ ނަމަ، އަދި ވަޑައިގަންނަވަން ގަސްތުކުރައްވާނަމަ ޖަލްސާ ބޭއްވުމަށް އަޅުގަނޑު މަސައްކަތް ކުރާނަން. މިއަދުގެ ޖަލްސާ ނުބޭއްވޭތީވެ އަޅުގަނޑު އެގޮތަށް މި ނިންމީ. 

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

މަޖިލީހުގެ މިދިޔަ ހަފްތާގެ ޖަލްސާތައްވެސް ކުރިއަށް ނުގެންދެވި ލަސްވެފައި ނޫނީ ނިންމާލަން ޖެހުނީ އެމްޑީޕީ މެންބަރުން މަޖިލީހުގެ ތަޅުމަށް ވަޑައިނުގެންނެވުމުން ކަން ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ