ކްޕްޓަން އެމެރިކާގެ ރޯލުން ކްރިސް އެވަންސް ދެން ނުފެންނާނެ ކަމުގެ އިޝާރާތެއް އޭނާ ކޮށްފި

05 Oct 2018 | 16:37

ޑިޒްނީގެ މާވެލް ފިލުމު ތަކުގައި ފާއިތުވެދިޔަ 8 އަހަރު ކެޕްޓަން އެމެރިކާގެ ރޯލުން ފެނިފައިވާ ކްރިސް އެވަންސް ބުރާސްފަތި ދުވަހު ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ އެވެންޖާސް 4 ގެ ޝޫޓިން ނިންމާލެވިއްޖެ ކަމަށާއި އެ ދުވަހަކީ ވަރަށް ގިނަ އަސަރުތަކެއް ކުރުވި ދުވަހެއް ކަމަށެވެ.

8 އަހަރުވަންދެން މި ރޯލް ކުޅެއް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއްކަމަށާއި ކެމެރާގެ ކުރިމަތިންނާއި ފުރަގަހުން އަދި ބެލުންތެރިން ދިން ތަރުހީބަށްވެސް ކްރިސް ވަނީ ޝުކުރު އަދާކޮށްފައެވެ.

ޑިޒްނީއިން މިކަމާމެދު އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ކްރިސްގެ މި ޓޫވީޓުން ލަފާކުރެވެނީ ދެން އޭނާ ކްޕްޓަން އެމެރިކާގެ ރޯލުން ނުފެންނާނެ ކަމަށެވެ. 

Advertisement

ކޮމެންޓް

Advertisement