އިންޑިޔާގެ މަނިޕޫރްގައި ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ.
ހަބަރު
28 Sep 2023 | 17:24
މަނިޕޫރްގައި ހަމަނުޖެހުން ބޮޑުވެ ކާފިއު އިޢްލާނުކޮށްފި

އިންޑިޔާގެ މަނިޕޫރްގައި ހަމަނުޖެހުން ބޮޑުވެ ކާފިއު އިޢްލާނުކޮށްފިއެވެ.

އިންޑިޔާގެ މަނިޕޫރްގައި ހަމަނުޖެހުން ފެށިފައިވަނީ މަނިޕޫރަށް ނިސްބަތްވާ  ދެ ދަރިވަރަކު ވަގަށް ނަގައި އަނިޔާކޮށް މަރާލުމާއި ގުޅިގެން މަނިޕޫރްގެ ދަރިވަރުން ތަކެއް ކުރި މުޒާހަރާ އެއްގައި ގިނަ ދަރިވަރުން ތަކަކަށް އަނިޔާވެ ހަމަނުޖެހުން ތަކެއް ހިނގައިގެނެވެ.

ދަރިވަރުން ކުރި މުޒާހަރާގައި 80 އަށްވުރެ ގިނަ ދަރިވަރުންނަށް އެކި ވަރުގެ އަނިޔަތައް ލިބިފައިވާއިރު، މުޒާހަރަގެ ތެރޭގައި އަމަން ބަލަހައްޓަން ތިބި ފުލުހުންނާއި ދިމާއަށް ޕެޓްރޯލް ބޮން އުކައި ހަދައިފައިވެއެވެ.

މުޒާހަރާ ތަކާއި ގުޅިގެން މަނިޕޫރްގެ އަމަން ގެއްލުމާއި އެކު މަނިޕޫރް ޕޮލިހުން ވަނީ މަނިޕޫރްގައި ކާފިއު އިޢްލާނުކޮށްފައެވެ. އަދި ފަސް ދުވަހުގެ މުއްދަތައް އެސަރަހައްދުގައި އިންޓަރނެޓްގެ ޚިދްމަތްވެސް ވަނީ ކަނޑައިލައިފައެވެ.

މަނިޕޫރްގައި ފެށިފައިވާ ހަމަނުޖެހުންތައް ފެށިފައިވަނީ މޭމަހުގެ 3ވަނަ ދުވަހުއެވެ. އޭރުން ފެށިގެން މިހާތަނަށް މަނިޕޫރްގައި 180 މީހަކު ވަނީ މަރުވެފައެވެ. އަދި 50،000 މީހުން ވަނީ މަނިޕޫރް ދޫކޮށް އެހެން ސަރަހައްދު ތަކަށް ފިލައިގެން ގޮއްސައެވެ.

3.2 ބިލިއަން މީހުން އެ ސްޓޭޓަކަށް ނިސްބަތްވާ މަނިޕޫރްގެ އާބާދީގެ ބޮޑު ބައެއް ހިއްސާ ކުރަނީ މެއިޓެއި ހިންދީންނެވެ. 40 ޕަސެންޓަކީ ކުކީ ޒޯ އަށް ނިސްބަތްވާ ކްރިސްޓިއަނުންނެވެ.

މަނިޕޫރްގައި ހިނގައިދިޔަ ހަމަނުޖެހުން ޖުލައި މަހު ގެއްލުނު މެއިޓެއި ހިންދޫ ކޮމިޔުނިޓީގެ ދެ ދަރިވަރެއްގެ މަރުވެފައިވާ ހަށިގަނޑު ފެނުމާއި ގުޅިގެން ފެށުނު ހަމަނުޖެހުން ތަކެކެވެ.

މެއިޓެއި ހިންދޫންގެ އިސް ލިޑަރުން ބުނެފައިވަނީ އެ ދެދަރިވަރުންގެ މަރުގެ ފަހަތުގައި ވަނީ ކުކީ ޒޯ އަށް ނިސްބަތްވާ ހަތިޔާރު އެޅި މީހުންގެ އަތް ކަމަށެވެ. ކުކީ ޒޯ އިން ބުނެފައިވަނީ އެކަމާއި ގުޅިގެން ބަހެއް ބުނަން އަދި އަވަސް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް