ޑރ މުހައްމަދު މުއިއްޒު ޢިލްމުވެރިންގެ ގުޅުމާއި ބައްދަލު ކުރެއްވުމުގެ ތެރެއިން
ހަބަރު
01 Oct 2023 | 21:19
މިއީ، الله ހިޔާރު ކުރެއްވި ބޭފުޅުންނާއެކު މަސައްކަތް ކުރަންވީ ވަގުތު: އިލްމުވެރިންގެ ގުޅުން

މި ވަގުތަކީ ހުރިހާ އެންމެންގެ ހިތްތައް ސާފުކޮށް، މާތް الله ހިޔާރުކޮށްދެއްވާފައިވާ ފަރާތްތަކާއެކު މަސައްކަތް ކުރަންވީ ވަގުތު ކަމުގައި އިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓު އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވުމާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސައްތައިން ސައްތަ މިއިސްލާމީ ވަތަނުގެ ދީނީ އިލްމުވެރިންގެ ގިނަ އަދަދެއްގެ ބޭފުޅުން ނަޒަރުގައި މިވަގުތު މިގައުމުގެ ވެރިކަމަށް އެންމެ އެކަށީގެންވާ ފަރާތް ކަމުގައި އެއްބަސް ވެވުނު މުއިއްޒު މިގައުމުގެ ރިޔާސަތަށް އިހްތިޔާރުކޮށްދެއްވި ކަމަށްޓަކައި މާތް الله އަށް ހަމްދާއި ޝުކުރު ކުރައްވާ ކަމަށެވެ.

އެގޮތުން މިއަހަރުގެ އިންތިހާބުގައި ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން، ރާއްޖޭގެ ވެރިކަމަށް ގެންނަން މިވަގުތަށް އެންމެ ރަނގަޅު ކަމަށް އިލްމުވެރިންގެ ބޮޑު އަގުލަބިއްޔަތަކުން ނިންމަވައި އެފަރާތަށް ތާއީދު ކޮށްދެއްވުމަށް އިލްމުވެރިން ކުރެއްވި އިލްތިމާސަށް ދިވެހި ލޮބުވެތި ރައްޔިތުން ދެއްވި ފުރިހަމަ އިޖާބައަށްޓަކައި އެހުރިހާ ދީނީ އިލްމުވެރިންގެ ފަރާތުން ނުހަނު އިހްލާސްތެރި ކަމާއެކު ޝުކުރު ދަންނަވާކަމުގައި އެ ބަޔާނުގައި ވެއެވެ. 

މީގެ އިތުރުން އެ ގުޅުމުން ބުނެފައިވަނީ މިވަގުތަކީ އެންމެހާ ރައްޔިތުން ހިތްތައް ސާފުކޮށް ބަދަހިކަމާ އެކު ތެދުވެ، ގައުމު މިއޮތް ހާލަތުން ނަގައި ވެރިންގެ ގޮތުގައި މާތް الله ހިޔާރުކޮށްދެއްވާފައިވާ ފަރާތްތަކާ އެކުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ވަގުތެއް ކަމަށެވެ.
އެހެން ކަމުން މަސްލަަހަތުތައް އެއްފަރާތްކޮށް، ދީނާއި ގައުމުގެ އާންމު މަސްލަހަތުތައް އިސްކުރުމަށާއި، ރައްޔިތުން ބައިބައިކުރުމަށް ޝައިތާނާ ޖަހާ މަޅިތަކުން ރައްކާތެރިވެ ތިއްބެވުމަށް ނަސޭހަތްތެރިވާ ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފައިވެއެވެ.

ކޮމެންޓް
ޙގފފ
އިބޫވެރިކަމަށް އައިނަމަ ބުނާނީ ކީކޭބާ. ތިމަންމެން ނިންމިގޮތާދެކޮޅަށް ﷲ ނިންމެވީއޭތާ. ދީނީގޮރުން ހޭބަލިވެ ބުއްދިފިލާތިބި ގަމާރުންތަކެއް. ވަމާ އަދުރާކަ މަލްމަސާޖު ބުނިމީހުންތީ.
02 Oct 2023
އިބްރާހީމް
الله سبحانه وتعالى ހިޔާރުކުރައްވާ ގޮތަށް ހުރިހާ ކަމެއްވެސް ހިނގާނީ... އެހެނޭކިޔާފަ ނުޖެހޭތިބައިމީހުންނާ އެއްކޮށް މަސައްކަތް ކުރާ ކަށް!
02 Oct 2023
ހެހެ
ވަރަށް ސިޔާސީ!
02 Oct 2023
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.