މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް
ހަބަރު
02 Oct 2023 | 11:20
އެއްގޮތަކަށްވެސް ނުވިސްނޭ މެންބަރުން ޖަލްސާއަށް ވަޑައިނުގެންނެވި ސަބަބެއް: ރައީސް ނަޝީދު

ކޯރަމް ހަމަ ނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ނުފެށި ނިންމާލަން ޖެހުނު އިރު، މިއަދުގެ ޖަލްސާއަށް މެންބަރުން ހާޒިރު ނުވި ސަބަބު ނުވިސްނޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މިއަދަކީ ރަސްމީ ބަންދު ދުވަހެއް ނަމަވެސް، ރައްޔިތުންގެ މަޖިލީހަށް ރަސްމީ ދުވަހެއް ކަމަށާއި މިހާރު އާންމުކޮށްފައިވާ އެޖެންޑާއާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމަށް މަޖިލިސް އިދާރާއިން އިއްޔެ ބުނެފައިވެއެވެ.
މިއަދުގެ ޖަލްސާގައި އޮތީ، ނިޒާމު ބަދަލު ކުރަން ރައްޔިތުންގެ ވޯޓަކަށް ކުރިން އަހާފައި ވާނަމަ، އަލުން އެހުމުގެ ބަދަލުގައި މަޖިލީހުގައި ނަގާ ވޯޓަކުން ނިޒާމު ބަދަލު ކުރެވޭގޮތަށް ގާނޫނަށް އިސްލާހު ގެންނަން ޑިމޮކްރެޓްސްގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ.

މިއަދުގެ ޖަލްސާ ފެއްޓެވުމަށްޓަކައި މެންބަރުން ހަމަވޭތޯ މަޑު ކުރެއްވުމަށްފަހު ކޯރަމް ހަމަ ނުވުމުން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި ނަޝީދު ވިދާޅުވީ ކޯރަމްގެ ރަންގަބީލު ޖެހުމަށްފަހުގައި ބަލަންޖެހޭ ވަގުތަށް މެންބަރުން ހަމަވޭތޯ ވެސް ބެލިއްޖެ ކަމަށެވެ. އެހެން ނަމަވެސް ކޯރަމް ހަމަވާ ވަރަށް މެންބަރުން މަޖިލީހަށް ވަޑައި ނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެހެންކަމުން މިއަދުގެ ޖަލްސާ ނިންމަވާ ލައްވަން ޖެހޭ ކަމަށާ، އެހެން ނަމަވެސް މާދަމާވެސް ޖަލްސާ އެއް ބޭއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިއަދުގެ މަޖިލީހަށް މެންބަރުން ވަޑައި ނުގެންނެވި ސަބަބެއް ނޭނގޭ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އަޅުގަނޑަށް މަޖުބޫރުވެ މިދަނީ މިއަދުގެ މަޖިލިސް ނޯންނާނެ ކަމަށް އަންގާ އިއުލާން ކުރަން. މިއަދުގެ މަޖިލީހެއް ނޯންނާނެ. މާދަމާވެސް އަޅުގަނޑުމެން މަޖިލީހުގެ ޖަލްސާއެއްް ބޭއްވުމަށް މަސައްކަތް ކުރާނަން. އިރާދަކުރެއްވިޔާ މެންބަރުންނަށް އެ އެޖެންޑާ ވެސް ފޮނުވާނަން. މެންބަރުން ވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން. އެއްގޮތަކަށްވެސް ނުވިސްނޭ މިއަދު ވަޑައި ނުގެންނެވި ސަބަބެއް. 

ރައީސް މުހައްމަދު ނަޝީދު 

އެންމެ ފަހުން މަޖިލީހުގެ ޖަލްސާ ބޭއްވި ދުވަހު ރައީސް ނަޝީދު ވަނީ، މަޖިލީހުގެ ކޯރަމް ހަމަނުވާ މައްސަލައިގައި އެމްޑީޕީއާއި ވާހަކަދައްކަވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
Ibrahim rasheed
ކޯރަމް ހަމައެށް ނުވަަނެ މިތަނަށް ބަރުލަމަަނިީ ނުގެނެވިގެން ކަލޭމެން ތި ތެޅި ބާލަނީ. އެހެން ބަޔަކު ނޫޅޭ ބަރުލަމާނީ އާ ހެދި. ބޮޑުވަޒީރު ކަމަށް އަންނަ ހިތުން އުޅުނަސް ތީ ފުކެއް ބޮޑުވަރު،
02 Oct 2023
Ibrahim rasheed
ބަރުލަމާނީ ގެންނަން އުޅޭ މީހުން އެކަނި ޖަލްސާ ބާއްވައިގެން ކުރިޔަށް ގެންދޭ،
02 Oct 2023
ދަނޑިމޮކްރަސް
އިސްތިއުފާދީފަ ގެއަށް ކަނޑާލަބަލަ ދެން.
02 Oct 2023
ސުލައިމާން
ނަޝީދު ނޫން ގޮތެއް.
02 Oct 2023
އިއްޒަތްތެރި މެންބަރު
މަނިކުފާނުގެ މޫނުފުޅަށް ބެލީމާ އެކަން އެބަ ސާފުވެގެންދޭ.
02 Oct 2023
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ