އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު
ހަބަރު
03 Oct 2023 | 10:49
ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުމަށް މުއިއްޒުގެ އިލްތިމާސް އެމްޑީޕީއަށް

ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ މަސައްކަތް ކޮށްދެއްވުމަށް ތައްޔާރުވުމަށް އެދޭ ކަމަށާއި، އެއީ އެމަނިކުފާނު މަރުހަބާ ކިޔާނެ ކަމެއް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުން ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ރޭ ސޯޝަލް ސެންޓަރުގައި ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ މަސައްކަތް ކޮށްދެއްވުމަށް އެދޭ ކަމަށާއި، އެއީ އެމަނިކުފާނު މަރުހަބާ ކިޔާނެ ކަމެއް ކަަމަށެވެ.

އަޅުގަނޑު މިހާރުގެ ސަރުކާރަށް އެމްޑީޕީއަށް 17 ނޮވެމްބަރަށް ފަހު އިދިކޮޅު ޕާޓީއަށްވާ ޕާޓިއަށް، މިއީ ޑިމޮކްރެސީއޭ، ޑިމޮކްރެސީގެ ރީތި ހަމަތަކުގެ މަތިން އަޅުގަނޑަށް މަރުހަބާ ކިޔުއްވި ކިޔުއްވުމުގައި ޝުކުރު ދަންނަވާ، އަޅުގަނޑާއި އިއްޔެ ބައްދަލު ކުރެއްވި ބައްދަލު ކުރެއްވުމުގައި ޝުކުރު ދަންނަވާ ހާލު އަޅުގަނޑު އެދެނީ. ރެސްޕޮންސިބަލް އޮޕިޒިޝަނެއްގެ ގޮތުގައި މަސައްކަތް ފެއްޓެވުމަށް ތައްޔާރުވާށޭ، އެއީ އަޅުގަނޑު މަރުހަބާ ކިޔާ ކަމެކޭ

ޑރ މުހައްމަދު މުއިއްޒު 

މީގެ އިތުރުން ރޭގެ ޖަލްސާގައި ޑރ މުއިއްޒު ވަނީ ސަރުކާރަކަށް ޒިންމާދާރު އިދިކޮޅު ޕާޓީއެއް ބޭނުންވާނެ ކަމަށާއި ޒިންމާދާރު އިދިކޮޅު ޕާޓީއަކުން ސަރުކާރު ކުރާ ކަންކަމަށް ފާޑު ކިޔާނެ ކަަމަށާއި، އެއަށްވުރެ ރަނގަޅު ކަންކަން ގެނެސްދެއްވާނެ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެން ނަމަވެސް ގައުމަށް މުހިންމު ކަމެއްގައި، ނޫނީ ގައުމަށް ބޮޑުވެގެން އަންނަ ކަމެއްްގައި ޒިންމާދާރު އިދިކޮޅު ޕާޓީތައް އެއްގަލަކަށް އަރާނެ ކަމަށާއި އެގޮތަށް އެކަން ކޮށްދިނުމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ގޮވާލައްވާފައެވެ. 

ޑރ. މުއިއްޒު މިގޮތަށް ރޭ ވިދާޅުއިިރު، އިއްޔެ ހެނދުނު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ދެން ކުރިއަށް އޮތީ އެމްޑީޕީ ވަރުގަދަ އޮޕަޒިޝަނަކަށް ހެދުން ކަމަށެވެ.

މިގޮތުން ރައީސް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާކޮށް ފައްކާ ކުުރުމަށްޓަކައި ވަރުގަދަ އޮޕަޒިޝަނެއް އޮންނަން ޖެހޭ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.