މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ހަބަރު
03 Oct 2023 | 10:58
ވަކިކޮޅަކަށް ނާރައި ތިބެއްޖެނަމަ ނިޒާމާގުޅޭ ވޯޓަށް ފުރިހަމައަށް ތާއީދުކުރާނެކަމަށް އެމްޑީޕީން އޭރު ބުނި: ނަޝީދު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްއިން ވަކި ކެންޑިޑޭޓަކަށް ތާއީދުނުކޮށް، ނުވަތަ ވަކި ފަރާހަތަކަށް ނުޖެހި ތިބިކަމަށް ވާނަމަ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ "ފެންނަ ނުފެންނަ" ވޯޓު ނެގުމަށް އެއްބާރުލުން ދޭނެކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) އޭރު ބުނެފައިވާކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 7 ވަނަ ޖަލްސާ ސައިގަޑިއަށް މެދުކަނޑާލުމުގެ ކުރިން ވާހަކަދައްކަވަމުން ނެވެ. 

ސައިގަޑިއަށް ޖަލްސާ މެދުކަނޑާލިއިރު ކުރިއަށް ދިޔައީ ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލުހޯދުމުގެ އާންމު ވޯޓުނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ޤަރާރާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާއި ގުޅޭ މައްސަލައަށް މަޖިލީހުގައި ބަހުސްކުރުމެވެ. 

އެ ބަހުސް ސައިގަޑިއަށް މެދުކަނޑާލައްވަމުން ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން އޭނާއަށް އެނގިހުރި މައުލޫމާތެއް ހާމަކުރުމަކީ މުހިންމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. 

އެގޮތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވަކި ފަރާތަކަށް ތާއީދުނުކޮށް ދަ ޑިމޮކްރެޓްސްއިން ތިބިކަމަށް ވާނަމަ އެ ޕާޓީން އެދޭގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެހީތެރިވެދޭނެކަމަށް އެމްޑީޕީން ބުނެފައިވާކަމަށް ނަޝީދު ވިދާޅުވި އެވެ. 

އަދި އެކަން އެގޮތަށް ކުރާނެކަން ބަޔާންކޮށް ދަ ޑިމޮކްރެޓްސްގެ ސިޓީއެއް ވެސް އެމްޑީޕީން ހޯދާފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ. 

"އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ޑިމޮކްރެޓްސް ކައިރިން އެދިފައި އޮތީ އެ ޕާޓީން ވަކިބަޔަކަށް ތާއީދުނުކޮށް ތިބެއްޖެ ނަމަ އެމްޑީޕީން ފެންނަ ނުފެންނަ ވޯޓަށް ފުރިހަމައަށް ތާއީދުކުރައްވާނެ ކަަމަށް. އަދި އެމްޑީޕީން ވަނީ ޑިމޮކްރެޓސް އަތުން އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޓީއެއް މި މަގަށް ހޯއްދަވާފައި. އެހެން ނަމަވެސް އެބޭފުޅުން އެމްޑީޕީން މި ސިޓީގެ ޖަވާބު ނުދެއްވާ އޮތީ"

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

އެއާއެކު ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ މިއަދު ބަހާއި އަމަލު ދިމާވާ ޕާޓީއެއްކަމަށް ދެންނެވެން ވެސް ނެތް ކަމަށެވެ. އެހެންކަމުން، މީގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީން އެހީތެރިވާނެކަމަށް ބުނި ނަމަވެސް އެ ޕާޓީގެ އެއްބާރުލުން އެކަމުގައި ލިބިދާނެކަން ޔަގީން ނުވާފަދަ މޭރުމަކުން ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. 

އަނެއްކޮޅުން އެމްޑީޕީގެ އެންމެ އިސްލާޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަނީ އެމަނިކުފާނު ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާކަން އިއުލާނުކުރައްވާފަ އެވެ.

އަދި ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް މަޖިލީހުސް ބިލު ފާސްކުރި ނަމަވެސް ރައްޔިތުންގެ ވޯޓަކަށް ނާހާ އެފަދަ ބިލެއް ތަސްދީގު ނުކުރައްވާނެކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ވ
މީވަރެއްގެމީހެއްނު މުއިއް ގަބޫލު ނުވާތި ނަސީދު ނިޒާމީވޯޓަށް އިގިރޭސިވިލާތައްދާންވީނު މީނާއަށް މިކަމުން ކާމިޔާބުވެއްޖެނަމަ ދެންއުޅޭނީ ދީން ބަދަލުކުރަށް ދެންއެގޭނެ ތިމަންއުޅެފިއްޔާވާނެޔޭ
03 Oct 2023
ދިވެހި ރައްޔިތުން
ނަޝީދު އަށް އެނގެނީ އެހެން މީހުންގެ ހަމްދަރުދީ ބޭނުން ވުން އެކަނި ދޯ ތިމާގެ ފުށުން އެހެން މީހުންނަށް ހަމްދަރުދީ ދޭކަށެއް ނޭގެ ނޫން- އިހްތިރާމް ލިބޭނީ އިޙްތިރާމް ދީގެން ކަމެއްވެސް.
03 Oct 2023
ގުޅޭ ލިޔުންތައް
10 Jul 2026
ހަތް އަހަރަށް ފަހު މަރުކަޒުގެ އިމާމުގެ މަގާމުން ޝެއިޚް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފި
ޝެއިޚް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއާ ގުޅިވަޑައިގަތީ ތަޢުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށެވެ.
10 Jul 2026
މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް: ފަސް މީހަކަށް އަނިޔާވި، ދޯނި މަޑުނުކުރި
މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް ފަސްމީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.
09 Jul 2026
ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަަށް އަނިޔާ
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ. އެ މީހުން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
09 Jul 2026
ޑރ. ފަޒުނާ ނިޔާވުން: ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަދި މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
09 Jul 2026
"ޑޮލަރެެއް ނެތް" ނަމުގައި އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް
ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ އަބްދުالله އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ.
09 Jul 2026
ތިނަދޫ "ޖަޒީރާ" ބޯޓް ގިނަ އަދަދެއްގެ މުދަލާއެކު އަޑިއަށް, ބައެއް ތަކެތި އޮޔާ ދަނީ
އެމްއެންޑީއެފުން ވަނީ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ.
09 Jul 2026
އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވެއްޖެ
ޑރ. ފަޒްނާ ނިޔާވީ ކެންސަރު ބަލީގަައި ކަމަށް އެނގިފައިވެ އެވެ. އުމުރުން 47 އަހަރުގެ ޑރ. ފަޒުނާ ހިމެނުނީ އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރުގެ ގޮތުގަ އެވެ.
09 Jul 2026
ފަހުން ފައިސާ ދައްާގޮތަށް ފުލުހުންނަށް އެއާ ޓިކެޓް ދޭނޭ ބަޔަކު ހޯދަނީ