އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދާއި، ރައީސް ޞާލިހު އެކުގައި/ ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
03 Oct 2023 | 16:03
ތާއީދު ހޯދަން ނިޒާމީ ވޯޓާއި ގުޅޭ އެއްބަސްވުމެއް ޑިމޮކްރެޓްސްއާއެކު ނަހަދަން: އެމްޑީޕީ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއީދު ހޯދުމަށް ދަ ޑިމޮކްރެޓްސްއާއި އެކު އެއްވެސް އެއްބަސްވުމަކަށް އައިސްފައި ނުވާނެކަމަށް އެމްޑީޕީން ބުނެފިއެވެ. 

އެމްޑީޕީން މިފަދައިން ހާމަކޮށްފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްއިން ވަކި ކެންޑިޑޭޓަކަށް ތާއީދުނުކޮށް ތިބެއްޖެކަމަށް ވާަނަމަ އެ ޕާޓީން އެދޭގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ތާއީދުކުރާނެކަމަށް އޭރު ބުނެފައިވާކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. 

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

"އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ޑިމޮކްރެޓްސް ކައިރިން އެދިފައި އޮތީ އެ ޕާޓީން ވަކިބަޔަކަށް ތާއީދުނުކޮށް ތިބެއްޖެ ނަމަ އެމްޑީޕީން ފެންނަ ނުފެންނަ ވޯޓަށް ފުރިހަމައަށް ތާއީދުކުރައްވާނެ ކަަމަށް. އަދި އެމްޑީޕީން ވަނީ ޑިމޮކްރެޓސް އަތުން އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޓީއެއް މި މަގަށް ހޯއްދަވާފައި" 

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ އޭރު އެމްޑީޕީން އެހެން ބުނި ނަމަވެސް އެ ޕާޓީއަކީ ބަހާއި އަމަލާ ދިމާވާ ޕާޓީއެއް ކަމަށް މިހާރު ދެންނެވެން ނެތްކަމަށެވެ. 

ނަޝީދު މިފަދައިން ވިދާޅުވެފައި ވަނިކޮށް އެމްޑީޕީން ވަނީ އެމަނިކުފާނުގެ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އެގޮތުން އެމްޑީޕީން ބުނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު ހޯދުމަށް އެމްޑީޕީން އެއްވެސް ކަމަކަށް އެ ޕާޓީއާއި އެކު އެއްބަސްވެފައި ނުވާނެ ކަމަށެވެ. 

އެހެން ނަމަވެސް 30 ސެޕްޓެމްބަރުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވާނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރާނެކަމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުށައެޅުމެއް އައިސްފައިވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެ ހުށައެޅުމަށް އެމްޑީޕީން އެއްބަސްވެފައި ނުވާނެ ކަމަށާއި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްއިން ވަކި ފަރާތަކަށް ނުޖެހުމަށް ނިންމީ އެފަދަ އެއްބަސްވުމެއްގެ ސަބަބުން ނޫންކަމަށް އެމްޑީޕީން ވަނީ ހާމަކޮށްފަ އެވެ.

"ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ދި ޑިމޮކްރެޓްސްއިން ނިންމި ނިންމުމަކީ މި ޕާޓީއާއެކު އެއްވެސް އެއްބަސްވުމެއްގެ ދަށުން އެ ޕާޓީން ނިންމާފައިވާ ނިންމުމެއް ނޫނެވެ"

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)

ނިޒާމީ ވޯޓު ނެގުމާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ، އެމަނިކުފާނު ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށެވެ. އަދި ނިޒާމު ބަދަލުކުރާނަމަ ރައްޔިތުންގެ ބަހެއް ހޯދަން ޖެހޭނެ ކަމަށެވެ. 

އެ ނޫންގޮތަކަށް އެކަން ނުކުރެވޭނެ ކަމަށާއި، މަޖިލީހުން ބިލެއްގެ ސިފައިގައި އެކަން ފާސްކުރި ނަމަވެސް، އެ ބިލު ތަސްދީގު ކުރައްވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށްފަހުގައި ކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ