އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަދި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ
ހަބަރު
04 Oct 2023 | 12:16
އިންޑިޔާގައި ތިބި ކެނެޑާގެ 40 އެއްހާ ޑިޕްލޮމޭޓުން އަނބުރާ ގެންދިޔުމަށް އިންޑިޔާއިން އަންގައިފި

އިންޑިޔާ އާއި ކެނެޑާއާއި ދެމެދު އުފެދިފައިވާ ހަމަނުޖެހުން ތަކުގެ ތެރެއިން މައްސަލައަށް ހައްލެއް ގެނައުމެއް ނެތި އިންޑިޔާގައި ތިބި 40 އަށްވުރެ ގިނަ ޑިޕްލޮމެޓުން އެޤައުމުން އަނބުރާ ގެންދިޔުމަށް ކެނެޑާ ސަރުކާރަށް އިންޑިޔާ ސަރުކާރުން އަންގައިފިއެވެ.

އިންޑިޔާ ސަރުކާރުން އަންގައިފައިވަނީ އޮކްޓޫބަރު 10ގެ ކުރިން އިންޑިޔާގައި ތިބި ކެނެޑާގެ 40އަށް ވުރެ ގިނަ ޑިޕްލޮމެޓުން އެޤައުމުން އަނބުރާ ގެންދިޔުމަށް އަންގައިފައެވެ.

އިންޑިޔާއާއި ކެނެޑާއާއި ދެމެދު އުފެދިފައިވާ ހަމަނުޖެހުން ތަކަކީ ކެނެޑާގެ ރައްޔިތެއް ކަމަށްވާ ހަރްދީޕް ސިންހް ނިއްޖާރުގެ މަރުގެ މައްސަލައިގައި، އެމަރުގެ ފަހަތުގައިވަނީ އިންޑިޔާގެ އަތެއް ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވުމުގެ ސަބަބުންނެވެ.

މިކަމާއި ގުޅިގެން ކެނެޑާއާއި އިންޑިޔާއާއި ދެމެދު ޑިޕްލޮމެޓް މައްސަލަތަކެއް ވަނީ އުފެދިފައެވެ.

ހަރްދީޕް ސިންހް ނިއްޖާރަކީ ސިޚުންގެ ވަކި ދައުލަތެއެއް އުފެއްދުމަށް އަޑު އުފުލަމުން ދިޔަ އިސް ލީޑަރެކެވެ. އިންޑިޔާއިން ވަނީ ހަރްދީޕް ސިންހް އަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައިފައެވެ.

ހަރްދީޕް ސިންހްގެ މަރުގެ މައްސަލަގައި އިންޑިޔާގެ އަތެއްވާ ކަމަށް ޓްރޫޑޯ ވިދާޅުވުމާއި ގުޅިގެން އިންޑިޔާއިން ވަނީ އެވާހަކަ ތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަ ތަކެއް ކަމަށް ބުނެފައެވެ.

ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުން ތަކުގެ ތެރެއިން އިންޑިޔާއިން ވަނީ ކެނެޑާގެ ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލައިފިއެވެ.

އިންޑިޔާ ސަރުކާރުން ވަނީ ކެނެޑާއަށް ދިޔުމާއި ގޮސް އުޅުމުގައި ސަމާލުވުމަށް ވަނީ އިންޑިޔާގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ. އެއާއި ގުޅިގެން އޭގެ ޖަވާބެއްގެ ގޮތުން ކެނެޑާއިން ވަނީ ކެނެޑާއަކީ ރައްކާތެރި އަމާން ޤައުމެއް ކަމަށް ބުނެ ކެނެޑާގެ ރައްޔިތުން ދަތުރުކުރުމުގައި އިންޑިޔާއަށް މަޑު ކުރުމުގައި ޓެރަރިސްޓު ހަމަލާއެއް ދީފާނެތީ ޚާއްސަ ސަމާލުކަމެއް ދިނުމަށް އަންގައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް