ފަލަސްޠީނުން އިޒްރާއިލަށް ދެނުންދާ ހަމަލާ ތަކުގެ ތެރެއިން
ހަބަރު
07 Oct 2023 | 13:15
ޣައްޒާ އިން އިޒްރާއިލަށް ރޮކެޓް ހަމަލާދެނީ

ފަލަސްޠީނުގެ ޣައްޒާއިން ފަލަސްޠީނުގެ ބިމުން އިޒްރާއިލްގެ ޔަހޫދީން ގަދަކަމުން ވެރިވެގަނެފައިވާ ސަރަހައްދަށް ރޮކެޓް ހަމަލާތަކެއް ދޭން ފަށައިފިއެވެ.

މިހަހަމަލާތައް ދެމުން ގެންދަނީ ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރަމުންދާ ހަނގުރާމަ ވެރިން ތަކެކެވެ.

ފަލަސްޠީނުގެ ޣައްޒާއިން އިޒްރާއިލް ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށް ދެމުންދަ މިހަމަލާ ތަކުގެ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ޣައްޒާގެ ޔުނިވާސިޓީ ކޮލެޖް ތަކާއި ސްކޫލްތަކާއި ޕްރީސްކޫލް ތައްވެސް ވަނީ ބަންދުކޮށްފައެވެ.

އަމިއްލައަށް ތައްޔާރު ކޮށްފައިވާ އެތައް ބައިވަރު ރޮކެޓް ތަކެއް ބޭނުންކޮށްގެން ޣައްޒާއިން އިޒްރާއިލްގެ ރައްޔިތުން އުޅޭ ސަރަހައްދަށް ވައިގެ ހަމަލާދޭ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯ ތައް ދަނީ ސޯޝަލް މީޑިއާ ގައި ދަނީ ދައުރުވަމުންނެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އިޒްރާއިލް ސިފައިންގެ 10 މީހަކު ވަނީ މަރުވެފައެވެ. އަދި އެތައް ބަޔަކު ޒަހަމްވެސް ވެފައިވެއެވެ.

އަމިއްލަ އަށް ތައްޔާރު ކޮށްފައިވާ ފަސް ހާހެއްހާ ރޮކެޓް، އިޒްރާއިލް މީހުން ނަށް ހަމަލާ ދިނުމަށް މިހަތަނަސް ބޭނުން ކުރެވިފައިވާ ކަމަށާއި މިހަމަލާތަކަކީ އިޒްރާއިލުން ފަލަސްތީނުގެ ރައްޔިތުންނާއި މެދު ހިންގާފައިވާ ލާއިންސާނީ ޢަމަލުތަކަށް ދޭ ރައްދެއް ކަމަށް އަލް ޤަސަމް ބްރިގޭޑިއަރސް ގެ ލީޑަރު މުޙައްމަދު ދައިފް ވިދާޅުވެފަވަކަމަށް އަލްޤުދުސް މީޑީއާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް