އިޒްރާއިލް ސިފައިން ހަމަލާތައް ދިނުމަށް ތައްޔާރުވަނީ. ފޮޓޯ:އަލްޖަޒީރާ
ހަބަރު
07 Oct 2023 | 13:59
އިޒްރާއިލުން ފަލަސްޠީނަށް ހަމަލާދޭން ފަށައިފި

ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރާ ފަރާތްތަކުން އިޒްރާއިލް މީހުން ދިރިއުޅޭ ހިސާބަށް ދިން ރޮކެޓް ހަމަލާތަކުގެ ރައްދު ދިނުމުގެ ގޮތުން އިޒްރާއިލް ސިފައިން ހަމަލާތައް ދޭން ފަށައިފިއެވެ.

ޤުދުސް ނެޓްވޯކުން ބުނެފައިވަނީ އިޒްރާއިލުން ޣައްޒާ އަށް ވައިގެ މަގުން ހަމަލާތަން ދޭން ފަށައިފައިވާ ކަމަށެވެ.

މީގެ އިތުރުން ފަލަސްޠީނުގައި ދިރިއުޅޭ އިޒްރާއިލް ރައްޔިތުން އުޅޭ ސަރަހައްދާއި ފަލަސްޠީނުގެ ރައްޔިތުން އުޅޭ ސަރަހައްދާއި ވަކިކުރުމަށް އޮންނަ ބޯޑަރު ސަރަހައްދުގައި ބަޑީގެ ހަމަލާތައް ދަނީ ބަދަލު ކުރެވެމުންނެވެ.

ބަދަލުކުރެވެމުންދާ ބަޑީގެ ހަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ ހަތަރު މީހަކު ވަނީ ޝަހީދުވެފައެވެ. އަދި މީގެ އިތުރުން ފަސް މީހަކު ވަނީ ޒަޚަމްވެފައެވެ.

އިޒްރާއިލުން ބުނެފައިވަނީ ހެނދުނު 6:30 ފެށިގެން 2،200 ރޮކެޓްގެ ހަމަލާއެއް އިޒްރާއިލް ރައްޔިތުން އުޅޭ ސަރަހައްދަށް އަރައިފައިވާ ކަމަށެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރާ  ހަނގުރާމަ ވެރިން އިޒްރާއިލަށް ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އިޒްރާއިލުން ފަށައިފައިވާ ހަމަލާތަކަށް ނަން ދީފައިވަނީ "އޮޕަރޭޝަން އަޔަން ސްވޯޑްސް" ގެ ނަމުންނެވެ.

ފަލަސްޠީނުން އިޒްރާއިލަށް ދިން ހަމަލާތައް، ޔޫރަޕްގެ ޤައުމަތަކުން ދަނީ ކުށްވެރިކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް