އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު
ހަބަރު
07 Oct 2023 | 20:27
ފަލަސްތީނުގެ މިނިވަންދައުލަތް ގުދުސްގައި ގާއިމުކުރެވެންޖެހޭނެ ކަމަށް ރާއްޖޭގެ އިންތިޚާބީ ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެ

ބައިނަލް އަގުވާމީ ގާނޫންތަކާ ޚިލާފަށް ފަލަސްތީނުގެ ބިންތައް އަޅުވެތިކޮށްފައިވާ އަޅުވެތިކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި ޔަހޫދީން ގަދަކަމުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުން ފައިބައި އެބިންތައް ފަލަސްތީނު ރައްޔިތުންނަށް އަނބުރައި ރައްދުކުރުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ދިވެހިރައްޔިތުން އަލަށް އިންތިޚާބުކުރި ޑޮކްޓަރ މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ފަލަސްތީނު މުޖާހިދުންނާއި އިސްެރާއީލް ސިފައިންނާ ދެމެދު އަސްކަރީ ވަރުގަދަ ކުރިމަތިލުމެއް ފެށިފައިވަނިކޮށް ރާއްޖޭގެ އިންތިޚާބީ ރައީސް މުއިއްޒު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އިސްރާއީލުން ބަލައިގަންނަން ޖެހޭނެ ކަމަށެވެ.

ފަލަސްތީނު މައްސަލަ ވަރަށް ގޯސްވެ ބައިނަލް އަގުވާމީ މުޖްތަމައުން އެކަމާ ކަންބޮޑުވުން ފާޅުކޮށް، އަދި ޔޫރަޕްގެ ގައުމުތަކުން ފަލަސްތީނު ރައްޔިތުން ކުށްވެރިކޮށް އިސްލާމީ ގައުމުތަކުން ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ބަސްބުނަމުންދިޔަ ނަމަވެސް ސައްތައިން ސައްތަ މުސްލިމް ދިވެހިރާއްޖޭގެ ވެރިޔަކު މުއިއްޒު ފިޔަވައި އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.

ޓްވީޓާގައި އެމަނިކުފާނު ބަޔާނެއް ދެއްވުމާއެކު ވަރަށް ގިނަ ދިވެހި ރައްޔިތުން އެމަނިކުފާނުގެ ހިއްވަރަށް ތާރީފްގެ ބަސްތައް ފާޅުކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. ފަލަސްތީނު މައްސަލާގައި އެމަނިކުފާނުގެ ރިއެކްޝަން އައިލެއް އަވަސްކަމާއި މިއީ ހިއްވަރުގަދަ އަމަލެއްކަމަށް ވަރަށް ގިނަމީހުން ފާޅުކުރެއެވެ.

މުއިއްޒު ވިދާޅުވެފައިވަނީ އިރުމަތީ ޖެރޫސަލަމްގައި ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމުކުރެވި ރަށުން ބޭރުކޮށްލެވިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ގޯތިގެދޮރަށް އެނބުރި އައުމުގެ ހައްގު ލިބިދެވެންޖެހޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.