އިޒްރާއިލް ސިފައިން ފަލަސްޠީނަށް ހަމަލާތައް ދިނުމަށް ތައްޔާރުވަމުން ދަނީ. ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
08 Oct 2023 | 09:53
ފަލަސްޠީނުގެ ހަމަލާތަކަށް އިޒްރާއިލްގެ ޖަވާބު: ބާރުގަދަ ދިގުދެމިގެންދާ ހަމަލާތަކެއް ދޭނަން

ފަލަސްޠީނުގެ މިނިވަން ކަމަށްޓަކައި ހަނގުރާމަ ކުރަމުންދާ ހަނގުރާމަ ވެރިން އިއްޔެ އިޒްރާއިލުން، ފަލަސްޠީނުގެ ބިމުގައި ދިރިއުޅޭ ސަރަހައްދައް ދިން ހަމަލާތަކުގެ ރައްދެއްގެ ގޮތުގައު ބާރުގަދަ ދިގުދެމިގެންދާ ހަމަލާތަކެއް ދޭނެ ކަމަށް އިޒްރާއިލްގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފިއެވެ.

ފަލަސްޠީނުގެ ހަނގުރާމަ ވެރިން ދޭން ފެށި ހަމަލާތަކުގެ ބަދަލު ހިފާނެ ކަމަށް ބުނެ ނަތަންޔާހޫ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިހަނގުރާމަ  ފެށުމަށް މަޖުބޫރުކުރީ ހަމާސް ގެ ހަމަލާތައް ކަމަށެވެ. އަދި އެމީހުން ބޭނުންވާ ހިސާބަށް ވާސިލް ވެވުމަށް ދާންދެން ހަމަލާތައް ދިނުން ކުރިއަށް ގެންދާނެ ކަމަށާއި، އިޒްރާއިލުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ވަންދެން ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ. ނަތަންޔާހޫ ބުނެފައިވަނީ އިޒްރާއިލަށް ނަޞްރު ލިބޭނެ ކަމަށެވެ.

އިޒްރާއިލުން ވަނީ ޣައްޒާއަށް އެމީހުން ދޫކުރާ ކަރަންޓު ކަނޑައިލައިފައެވެ. އަދި ޣައްޒާގައި ފަލަސްޠީނުގެ އެތައް ރައްޔިތުންނެއް ދިރިއުޅެމުންދާ ސަރަހައްދަށް ބޭނުންވާ ކާނާއާއި ބޯފެން އަދި ތެޔޮ ނުލިބޭ ގޮތް އިޒްރާއިލުން ވަނީ ހަދައިފައެވެ.

އިޒްރާއިލުން ވަނީ ރޭ ފަތިހު ވަރުގަދަ ބޮމުގެ ހަމަލާތަކެއް ފަލަސްޠީނަށް ދީފައެވެ.

އެގޮތުން ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅޭ އަދި ގިނަ ޢަދަދެއްގެ އޮފީސް ތަކެއް ހިންގާ 11 ފަންގިފިލާގެ ޓަވަރަކަށް ދިން ހަމަލާތަކެއްގައި އެ ޓަވަރު ވަނީ އެއްކޮށް ބިމާއި ހަމަވެފައެވެ.

ޤުދުސް ނެޓްވޯކުން ބުނެފައިވަނީ އިޒްރާއިލްގެ ބޮމުގެ ހަމަލާތައް މީހުން ދިރިއުޅޭ އެތައް ޢިމާރާތަކަށް އަމާޒުކޮށް ފޮނުވައިލައިފައި ވާކަމަށެވެ. މީގެ އިތުރުން އިޒްރާއިލްގެ ރޭގެ ހަމަލާތަކުގެ ސަބަބުން ކުޑަކުއްޖަކު ހިމެނޭހެން 7 މީހަކު ޝަހީދު ވެފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް