އިޒްރާއިލްގެ ހަަމަލާތަކުގައި ހަލާކުވެފައިވާ ޢިމާރާތެއް. ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
08 Oct 2023 | 10:54
ފަލަސްޠީނު އަނެއްކާވެސް އޮތީ އެހީއަށް ބޭނުންވެފައި، އެހީވުމަށް އޮތީ ހުޅުވާލެވިފައި: އައިއޭސީ

ފަލަސްޠީނު އަނެއްކާވެސް އޮތީ ކުއްލި އެހީއަށް ބޭނުންވެފައި ކަމަށާއި، އެހީ ފޯރުކޮށްދިނުމަށް މިހާރު ހުޅުވާލެވިފައިވާ ކަމަށް އިންޓަރ ނޭޝަނަލް އެއިޑްސް ކެމްޕޭނުން ބުނެފިއެވެ.

އައިއޭސީ އިން ބުނީ އަނެއްކާވެސް ގިނަ ބަަޔަކު އެންމެ ލޯބިވާ ފަލަސްޠީން އޮތީ އެމަރޖެންސީ ހާލަތުގައި ކަމަށާއި ކުއްލި އެހީއަށް ބޭނުން ޖެހިފައި ކަމަށެވެ.

އައިއޭސީ އިން ބުނީ ޣައްޒާގެ ހިތްވަރުގަދަ ރައްޔިތުން އެތަކެއް ޒަމާން ވަންދެން އެ ތަހައްމަލު ކުރާ ޔަހޫދީންގެ އަނިޔާވެރިކަން އަބަދުވެސް ފެންނަކަމަށެވެ. އަދި ފަލަސްޠީނުން އެހީއަކަށް އެދި ގޮވާލި ކޮންމެ ފަހަރަކު މުޅި ދުނިޔޭންވެސް އަދި ހާއްސަކޮށް ދިވެހީން ދައްކާފައިވަނީ ރީތި މިސާލެއްކަމަށެވެ.

ހޮސްޕިޓަލްތަކާއި އާންމުންގެ އެންމެ ޒަރުރީ ކަންކަމަށް އެހީވުމުގައި އައިއޭސީގެ ޣައްޒާ ރިލީފް ސެންޓަރުގައި ދަނީ އިއްޔެއިން ފެށިގެން މަސައްކަތް ކުރަމުން ކަމަށްވެސް އައިއޭސީއިން ވަނީ ބުނެފައެވެ.

ފަލަސްޠީނުގެ ދިފާޢުގައި ހަނގުރާމަ ކުރާ ފަލަސްޠީނުގެ ހަނގުރާމަވެރިން އިޒްރާއިލްގެ ރައްޔިތުން އުޅޭ ސަރަހައްދުތަކަށް ދިން ހަމަލާތަކުގެ ރައްދުގައި އިޒްރާއިލުން ދަނީ ފަލަސްޠީނުގެ ރައްޔިތުން އުޅޭ ސަރަހައްދަށް ހަމަލާތައް ދެމުންނެވެ. ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅޭ ޢިމާރަތްތަކަށް އިޒްރާއިލް ސިފައިންގެ ޙަމަލާތައް އަރައި އެތައް ބަޔަކަށް ވަނީ ބޯހިޔާވަހިކަން ގެއްލިފައެވެ. 

އަދި އިޒްރާއިލްގެ ހަމަލާތަކުގައި ފަލަސްޠީނުގެ 7 މީހަކު ވަނީ ޝަހީދުވެފައެވެ. 

އެގޮތުން އެހީފޯރުކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން އައިއޭސީގެ އެކަންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށް ވަނީ ހުޅުވާލެވިފައެވެ.

އެހީ ފޯރުކޮށްދިނުމަށް:

ބީއެމްއެލް އިސްލާމިކް

އެކައުންޓް ނަމްބަރު: 7770000062741

އެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: IAC | EMERGENCY

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.