ޚާން ޔޫނުސްގައި ހުނަން މިސްކިތެއް ބިމާ ހަމަކޮށްލައިފައި. ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
08 Oct 2023 | 12:20
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: ޝަހީދު ވެފައިވާ މީހުންގެ ހަށިތައް ޢިމާރާތްތަކުގެ ދަށުން ނެރެނީ

ފަލަސްޠީނުގެ ހަނގުރާމަވެރިން އިޒްރާއިލްގެ ރައްޔިތުން އުޅޭ ސަރަހައްދުތަކަސް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރާއިލުން ވައިގެ ހަމަލާތަކުގެ ސަބަބުން ހަލާކުވި ޢިމާރާތްތަކުގެ ދަށުން ޝަހީދުވެފައިވާ މީހުންގެ ހަށިތައް ނެރެން ފަށައިފިއެވެ.

ފަލަސްޠީނުގެ ވަރުގަދަ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިޒްރާއިލުން ވަނީ ފަލަސްޠީނުގެ ޢާންމުން ދިރިއުޅޭ ޢިމާރަތްތަކަށް ރޮކެޓް ހަމަލާތައް ދީފައެވެ.

ޤުދުސް ނެޓްވޯކުން ބުނެފައިވަނީ ނައްޞިރް ނެއިބަރހުޑްގައި ހުންނަ އަބޫ ޝަބަން ޢާއިލީ ގެ އަށް ދިން ރޮކެޓް ހަމަލާގެ ސަބަބުން އެގެ ވަނީ ބިމާއި ހަމަވެފައި ކަމަށެވެ. އަދި ހަމަލާގެ ސަބަބުން ޝަހީދުވި އެ ޢާއިލާގެ 4 މީހެއްގެ ހަށިގަނޑުވަނީ ހަލާކުވެފައިވާ ޢިމާރާތުގެ ދަށުން ނެރެފައެވެ.

އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ  ޣައްޒާ ގައި ހުންނަ ކޮމާޝަލް ބޭންކެއްގެ ޢިމާރާތައް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ. އެޢިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

އިޒްރާއިލްގެ ރޮކެޓް ހަމަލާތަކުގެ ސަބަބުން ޚާން ޔޫނުސް ގައި ހުންނަ މިސްކިތެއް ވަނީ ބިމާއި ހަމަވެފައެވެ. ހަލާކުވި މިސްކިތުގެ ދަށުން ކީރިތި ޤުރުއާނުގެ މުސްޙަފްތައް ނަގައި ރައްކާކުރުމުގެ މަސައްކަތް އެސަރަހައްދުގެ މީހުން ދަނީ ކުރަމުންނެވެ.

ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވައިދާ އަވަށުގައި ހުންނަ އަބޫ ރުކަބް ޢާއިލާގެ ގެ އަށް އަމާޒުކޮށް އިޒްރާއިލްގެ ޔަހޫދީން ދިން ހަމަލާގެ ސަބަބުން  އެގެ ބިމާއި ހަވަވެފައިވާއިރު އެޢާއިލާގެ 7 މީހެއްގެ ޝަހީދުވެފައިވާ ހަށިގަނޑު ޢިމާރާތުގެ ހަލާކުވެފައިވާ ބައިތަކުގެ ދަށުން ވަނީ ނަގައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް