ފަލަސްތީނުގެ ރައްޔިތެއް ހަލާކުވެފައިވާ އިމާރާތްތަކުގެ ކައިރީގައި-- ފޮޓޯ/ ވޮއިސް
ހަބަރު
08 Oct 2023 | 13:21
ތިން ގަޑިއިރުތެރޭ، ޣައްޒާ އެމެޖެންސީ ރިލީފް ފަންޑަށް، އެއް ލައްކަ ރުފިޔާ!

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ ޢުދުވާނުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެންޕެއިން، އައިއޭސީން ހުޅުވާލި، "ޣައްޒާ އެމެޖެންސީ ރިލީފް ފަންޑް" އަށް ތިން ގަޑިއިރު ތެރޭގައި އެއް ލައްކަ އަށްވުރެ ގިނަ ފައިސާ ލިބިފައިވާ ކަމަށް އައިއޭސީން ބުނެފިއެވެ. 

ގަދަކަމުން މަސްޖިދުލް އަޤްޞާ ފޭރިގެންފައިވާ ޔަހޫދީންގެ ކިބައިން އެމިސްކިތް ސަލާމަތް ކޮށް، ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތްކަމަށްވާ ހަމާސްއިން ޔަހޫދީންގެ ދަޢުލަތް، އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅައި ފަލަސްޠީނުގެ 313 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ޝަހީދުކޮށްލާފައެވެ.

ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ދަނީ ޑްރޯނާއި އާޓިލަރީ ބަޑި ބޭނުން ކޮށްގެން މެދުކެނޑުމެއް ނެތި ޣައްޒާއަށް ބޮން އަޅަމުންނެވެ. މި ހަމަލަތަކުގައި ފަލަސްޠީނުގެ 1990 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.

ފަލަސްތީނުގެ ހަލާކުވެފައިވާ އިމާރާތްތަކުގެ ކައިރީގައި ރައްޔިތުން ތަކެއް-- ފޮޓޯ/ ވޮއިސް 

އައިއޭސީން ބުނެފައިވާ ގޮތުގައި، ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ޢުދުވާނު ތަކުގައި ހާލުގައި ޖެހިފައިވާ 1000 އަށްވުރެ ގިނަ ޢާއިލާ (ގާތްގަނޑަކަށް 6000 މީހުން) އަށް އެމެޖެންސީ އެހީ ބޭނުންވެފައިވާ ކަމަށެވެ. އެގޮތުން އެފަރާތްތައް ވަނީ ފެނާއި ކާބޯތަކެތީގެ އިތުރުން ދެންވެސް އަސާސީ އެކިއެކި ބޭނުންތައް ފުއްދުމަށް ބޭނުންވާ އެހީއަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަން އައިއޭސީން ފާހަގަކުރެއެވެ.

އަދި އެ ޢާއިލާ ތަކަށް އެހީވުމަށް ދާނެ ޚަރަދު ގާތްގަނޑަކަށް 5000,000 ޑޮލަރަށް އަރާ ކަމަށްވެސް އެ ޖަމިއްޔާ އިން ފާހަގަކުރެ އެވެ. 

ފަލަސްތީނުގެ ހަލާކުވެފައިވާ އިމާރާތްތަކުގެ ކައިރީގައި މީހެއް-- ފޮޓޯ/ ވޮއިސް 

ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އެ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީތެރިވުމަށް އިންޓަނޭޝަނަލް އެއިޑް ކެންޕެއިން އިން "ޣައްޒާ އެމެޖެންސީ ރިލީފް ފަންޑް" ގެ ނަމުގައި މިއަދު ފަންޑެއް ހުޅުވާލާފައިވާއިރު، އެ ފަންޑަށް ތިން ގަޑިއިރުތެރޭގައި 1 ލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އައިއޭސީން ވަނީ "ވޮއިސް" އަށް މައުލޫމާތު ދީފައެވެ. 

ދިވެހިންގެ ފަރާތުން މިފަދަ ކަން ކަމުގައި އަބަދުވެސް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭކަން ފާހަގަކޮށް އައިއޭސީން ވަނީ، އަދިވެސް ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ފުރުސަތު އެންމެހާ ރައްޔިތުންނަށް ހުޅުވިފައިވާ ކަމަށް ބުނެފައެވެ. 

އެގޮތުން އެހީވާން ބޭނުންވާ ފަރާތްތަކުން އަންނަނިވި އެކައުންޓަށް ފައިސާ ޖަމާކުރުމުން އެކަން ހަމަޖެހިގެންދާނެ ކަމަށް އެ ޖަމިއްޔާ އިން މައުލޫމާތު ދެއެވެ. 

ބީއެމްއެލް އިސްލާމިކް

އެކައުންޓް ނަމްބަރު: 7770000062741

އެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: IAC | EMERGENCY

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.