Advertisement

ޣައްޒާގެ ހާހެއްހާ އެޕާޓްމެންޓް ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފަ: އައިއޭސީ

08 Oct 2023 | 14:49
އިޒްރާއިލްގެ ހަމަލާތަކުގައި ހަލާކުވެފައިވާ ޢިމާރާތެއް.ފޮޓޯ:ވޮއިސް

ފަލަސްޠީނުގެ ޣައްޒާގައި މީހުން ދިރިއުޅޭ ހާހެއްހާ އެޕާޓްމެންޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް އައިއޭސީ އިން ބުނެފިއެވެ.

ޣައްޒާގައި ތިބި އައިއޭސީގެ ވޮލެންޓިއަރުން ބުނެފައިވަނީ ހަލާކުވެފައިވާ އެޕާޓްމެންޓް ތައް ވަނީ އަލުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ.

މީގެއިތުރުން 6000 މީހުންނަށް ސާފު ތާހިރު ވުމަށް ބޭނުންވާ އެމަޖެންސީ ކިޓް ބޭނުންވެފައިވާ ވާކަމަށެވެ.

ގެދޮރު ހަލާކުވެފައިވާ 500 އެއްހާ އާއިލާ ތިބި އިރު އެގެތައް މަރާމާތު ކުރުމަށް ބޭނުންވާ އެހީ އެފަރާތްތަކަށް ބޭނުންވާ ކަމަށް އައިއޭސީ އިން މައުލޫމާތު ދީފައިވެއެވެ.

ބޯހިޔާވަހިކަން ގެއްލުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދިނުމަށް ކުލީގެ ލާރި އާއި އެހެނިހެން ޚަރަދުގެ ގޮތުގައި 5000000 ޑޮލަރު ބޭނުން ވާކަމަށް ވަނީ ބުނެފައެވެ.
ލައްކައެއްހާ ޢާއިލާއަށް ކާބޯ ތަކެތީގެ އެހީއާއި އެހެނިހެން ތަކެތީގެ އެހީއަށް ބޭނުންވެފައި ވާކަމަށް އައިއޭސީ އިން ބުނެއެވެ.

ހަމަމިއާއި އެކު 3500 އެެއްހާ މަސްވެރިން އެމީހުންގެ މަސައްކަތަށް ބޭނުންވާ ތަކެތި އަލުން ހޯދުމަށް އެހީތެރި ކަމަށް ބޭނުން ވެފައިވާކަމަށް ވެސް ޣައްޒާއިން ވޮއިސް އަށް މަޢުލޫމާތު ދިން ވޮލެންޓިއަރުން ބުނެފައިވެއެވެ.

އިޒްރާއިލުގެ ޔަހޫދީން ފަލަސްޠީނުގެ ޢާންމުން ދިރިއުޅޭ ހިސާބުތަކަށް ވައިގެމަގުން ހަމަލާ ތަކެއް ދޭން ފަށައިފައިމިވަނީ ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރާ ފަރާތް ހަނގުރާމަ ވެރިން، ފަލަސްޠީނުގެ ބިމުން އިޒްރާއިލްގެ ޔަހޫދީން ވެރިވެގަނެފައިވާ ސަރަހައްދުތަކަށް ދިން ރޮކެޓް ހަމަލާ ތަކެއްގެ ރައްދުގައެވެ. 

Advertisement

ކޮމެންޓް

Advertisement