އިޒްރާއިލްގެ ސިފައިން ތަކެއް. ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
08 Oct 2023 | 20:33
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: އިޒްރާއިލް ރަހީނުންގެ ޢަދަދު 600 އަށް

ފަލަސްޠީނުގެ ހަނގުރާމަ ވެރިންނާއި އިޒްރާއިލްގެ ޔަހޫދީންނައި ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ފަލަސްޠީނުގެ ހަނގުރާމަ ވެރިން ރަޙީނު ކޮށްފައި ތިބި އިޒްރާއިލްގެ ޔަހޫދީންގެ ޢަދަދު 600 އަށް އަރަފައިވާ ކަމަށް ބުނެފިއެވެ.

އިޒްރާއިލްގެ މީޑީއާ ތަކުން ބުނެފައިވަނީ އިއްޔެ ފަލަސްޠީނުގެ ހަނގުރާމަ ވެރިން ފެށި ހަމަލާތަކާއި އެކު މިހާތަނަށް ފަލަސްޠީނުގެ ހަނގުރާމަވެރިން ރަހީނު ކޮށްފައިވާ އިޒްރާއިލްގެ ޔަހޫދީންގެ ޢަދަދު 600 އަށް އަރައިފައިވާ ކަމަށެވެ.

އިޒްރާއިލްގެ މީޑިއާ އިން ބުނެފައިވަނީ ފަލަސްޠީނުގެ ހަނގުރާމަވެރިންގެ ހަމަލާތަކުގެ ސަބަބުން 1800 އެއްހާ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ބޮޑެތި އަނިޔާ ތައް ލިބިފައިވާ މީހުން ގިނަކަމަށެވެ.

ހަމާސްގެ ހަނގުރާމަވެރިން ރަޙީނު ކޮށްފައިވާ އިޒްރާއިލް ސިފައިންގެ ޢަދަދު މައްޗަށް ގޮސްފައިވާއިރު ހަމާސްގެ ހަނގުރާމަވެރިން ރަހީނު ކުރި ޔަހޫދީ ސިފައިންގެ ތެރޭގައި އިޒްރާއިލް ސިފައިންގެ އިސް ބައެއް ކޮމާންޑަރުންވެސް ހިމެނެއެވެ.

ހަމާސްގެ ހަމަލާތަކާއި އެކު އިޒްރާއިލްގެ ޔަހޫދީން އެމީހުންގެ ދިރިއުޅޭ ގެތައް ދޫކޮށް ފިލަން ދުވާ މަންޒަރު ބައެއް މީޑިއާތަކުގެ ކެމެރާތަކަށް ރިކޯޑް ކުރެވިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް