އިޒްރާއިލުން ޣައްޒާ އަސް ހަމަލާދދެނީ. ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
09 Oct 2023 | 09:49
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: އިޒްރާއިލުން ޣައްޒާއަށް ބާރުގަދަ އެތައް ހަމަލާތަކެއް

ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާޢަތާއި އިޒްރާއިލްގެ ޔަހޫދީންނާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގައި އިޒްރާއިލުން ޣައްޒާއަށް ބާރުގަދަ ހަމަލާތަކެއް ދެމުން އެބަގެންދެއެވެ.

ހޮނިހިރު ދުވަހު ފަލަސްޠީނުގެ ހަމާސްއިން އިޒްރާއިލްގެ ޔަހޫދީން ދިރިއުޅޭ ސަރަހައްދުތަކަށް އެތައްހާސް ރޮކެޓެއް ދޫކޮށްލައި ދިން ހަމަލާތަކުގެ ރައްދެއްގެ ގޮތުގައި އިޒްރާއިލުން ދޭން ފަށައިފައިވާ މިހަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ އެތައް މީހަކު މިހާރު ވަނީ ޝަހީދު ވެފައެވެ.

އިޒްރާއިލުން ފަލަސްޠީނުގެ ޢާންމުންނަށް އަންގައިފައިވަނީ އެމީހުންނާއި މެދު ދުޝްމަނު ކަމެއް ނެތް ކަމަށެވެ. ނަމަވެސް އިޒްރާއިލްގެ ހަމަލާތައް އަމާޒުކުރަމުންދަނީ ޣައްޒާގެ ޢާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އިޒްރާއިލުން ދިން ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތައް އިމާރާތް ތަކެއް ހަލާކުވެފައި ވާއިރު ހަލާކުވެފައިވާ އިމާރަތްތަކުގެ ދަށުގައި ގިނަ ބަޔަކު ތާށިވެފައި ވާކަމަށް ޤަބޫލުކުރެވެއެވެ.

އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޣައްޒާގެ 413 މީހުން ޝަހީދު ވެފައިވެއެވެ. އޭގެ ތެރޭގައި 78 ކުޑަކުދިންނާއި 41 އަންހެނުން ހިމެނެއެވެ.

ހަމަލާތަކުގެ ސަބަބުން ޒަޚަމްވި މީހުންގެ ޢަދަދު 2300 އިން މައްޗަށް ވަނީ ގޮއްސައެވެ.

އިޒްރާއިލްގެ ޔަހޫދީން ވައިގެން މަގުން ހަމަލާތައް ދެމުންދާއިރު ހަމާސްގެ ހަނގުރާމަވެރިން ދަނީ އިޒްރާއިލްގެ ސިފައިންނަށް ބަޑީގެ ހަމަލާތައް ދެމުންނެވެ. މިހަމަލާތަކުގެ ބަދަލުގައި އިޒްރާއިލުންވެސް ދަނީ ބަޑީގެ ހަމަލާތައް ދެމުންނެވެ.

ބަދަލުކުރެވެމުންދާ ބަޑީގެ ހަމަލާތަކުގައި އިޒްރާއިލް ސިފައިންގެ ގިނަ ބަޔަކު ޒަޚަމްވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް