އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް-- ފޮޓޯ/ މަޖިލިސް
ހަބަރު
09 Oct 2023 | 10:44
އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިގަތުމާ މެދު ގޮތް ނިންމުމުގެ އިޚްތިޔާރު ރައީސް ނަޝީދަކަށް ނޯންނާނެ: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިގަތުމާމެދު ގޮތް ނިންމުމުގެ އިޚްތިޔާރު އެމަނިކުފާނަށް ލިބިގެން ނުވާ ކަމަށް، އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ފާސްކުރީ އިއްޔެ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އަދި އެ މައްސަލަ އިއްޔެ ހަވީރު މަޖިލީހަށް ހުށައެޅީ 48 މެންބަރުންގެ ސޮޔާއިއެކުއެވެ.

އެހެން ނަމަވެސް އެ މައްސަލަ އަކީ ކުރިން ވެސް ހުށަހެޅުމަށްފަހު އަނބުރާ ގެންދިޔަ މައްސަލައަކަށް ވުމުން ދެން އަލުން ހުށަހެޅުމުން މަޖިލީހަށް ބަލައިގަންނަން އުނދަގޫ ވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ ދެން ކުރިއަށްގެންދެވޭނީ އަންނަ ދައުރެއްގައިކަމަށް ފެނިވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. 

އެކަމާއި ގުޅިގެން، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އެ މައްސަލަ ކުރިއަށްގެންދެވިދާނެކަން ނުވަތަ ނޫންކަން ނިންމެވުމުގެ އިޚުތިޔާރު ލިބިވަޑައިގަންނަވާ ފަރާތަކީ މަޖިލީހުގެ ރައީސް ނޫން ކަމަށެވެ.

"އެ މައްސަލަ (އިތުބާރު ނެތް ކަމުގެ މައްސަލަ) ކުރިއަށްގެންދެވިދާނެކަން ނުވަތަ ނޫންކަން ނިންމެވުމުގެ އިޚުތިޔާރު ލިބިވަޑައިގަންނަވާ ފަރާތެއް ނޫން މަޖިލީހުގެ ރައީސް އަކީ. އާންމު ހަމަތަކާއި އުސޫލުތަކަށް ބަލާއިރުވެސް އެފަރާތެއްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހެޅުނީމައި އެފަރާތަކުން، މަޖިލީހުގެ ރައީސްކަމުގައިވާނަމަ މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ ނައިބުރައީސް ކަމުގައިވާނަމަ މަޖިލީހުގެ ނައިބުރައީސް، އިސްވެ ބަސްބުނުމުގެ އުސޫލަކީ އާންމު އުސޫލާ ޚިލާފު ހަމައެއް. އެކަން ނިންމަވާނީ މަޖިލީހުގެ އަމީން އާއްމު" 

މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް 

އަސްލަމް ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމުގައި މަޖިލީހުގެ ކައުންސިލް ޖެނެރަލްގެ ލަފާ ހޯއްދަވާނެ ކަމަށްވެސް ގަބޫލުފުޅުކުރައްވާ ކަމަށެވެ. 

އަދި މަޖިލީހުގެ ރައީސްގެ އިތުބާރުގެ ނެތް ކަމުގެ ގަރާރެއް ހުށަނޭޅޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގެ އެއްވެސް މާއްދާއެއްގައި ނޯންނަ ކަމަށާ، އަދި މައްސަލަ ހުށަނޭޅޭނެ ކަމަށް ބުނެވޭނެ  އެއްވެސް ހުއްޖަތެއްވެސް ނެތް ކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ. 

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ނިންމި ސަބަބުތަކުގެ ތެރޭގައި، މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ރައީސް ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ނިންމަމުންދާކަމަށް ޕާލަމެންޓްރީ ގްރޫޕުން ފާހަގަކޮށްފައިވެއެވެ.

އަދި މަޖިލީހުގެ ޖަލްސާތައް އެތައް ދުވަހެއް ވަންދެން ރައީސް ނަޝީދު ހުއްޓުވިކަމަށާއި، އަލުން ޖަލްސާތައް ފެށީ ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ދަ ޑިމޮކްރެޓްސް އަދި އެމަނިކުފާނު މަސްލަހަތު އޮތް މައްސަލަތަކެއް މަޖިލީހަށް ތާވަލު ކުރުމަށް ފަހުކަމަށްވެސް ބުނެފައިވާއިރު އިސްލާހުގެ ނަމުގައި މަގާމުގެ ދަހިވެތިކަން އިސްކޮށް އެމަނިކުފާނު އެމްޑީޕީއަށް ގެއްލުން ދެމުންދާ ކަމަށްވެސް ތުހުމަތު ކޮށްފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.