ޣައްޒާގައި ވެއްޓިފައިވާ ޢިމާރާތެއްގައި މީހުން ސަލާމަތްކުރުމަށް މަސައްކަތް ކުރަނީ. ފޮޓޯ: ޤުުދުސް ނެޓްވޯކް
ހަބަރު
09 Oct 2023 | 12:51
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: ޣައްޒާގެ ރައްޔިތުން ދާނެ ތަނެއް، ބޯހިޔާވަހިކަމެއް ނެތިފައި

ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރާ ހަމާސް އާއި އިޒްރާއިލާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ޣައްޒާއަށް އިޒްރާއިލްގެ ޔަހޫދީން ދެމުންދާ ހަމަލާތަކާއި ގުޅިގެން ޣައްޒާގެ ރައްޔިތުން ދާނެ ތަނެއް، ބޯހިޔާވަހި ކަމެއް ނެތި ޙާލުގައި ޖެހިއްޖެއެވެ.

ޣައްޒާގައި ހުންނަ ދެވަނައަށް އެންމެ އުސް ޓަވަރަށް އިޒްރާއިލުގެ ޔަހޫދީން ދިން ހަމަލާގައި އެޓަވަރު ވަނީ ބިމާއި ހަމަވެފައެވެ. އެޓަވަރަކީ ގިނަ ޢަދަދެއްގެ މީޑިއާ އޮފީސްތަކަކާއި ލޯޔަރުންގެ އޮފީސްތަކެއްގެ އިތުރުން ގިނަ ބަޔަކު ދިރި އުޅޭ ވެސް ޓަވަރެކެވެ.

މިޢިމާރާތުގައި ގިނަ ޢާއިލާތަކެއް ދިރިއުޅޭއިރު، އިޒްރާއިލުން ދިން ވައިގެ ހަމަލާ އެޢިމާރާތައް އެރި ވަގުތަކީ އެޢިމާރާތުގައި ދިރިއުޅުނު މާބަނޑު އަންހެނެއް ވިހެއުމަށް ބަނޑުގައި ރިއްސަން ފެށި ވަގުތެވެ.

އެވަގުތު އެޢާއިލާ ހޮސްޕިޓަލަށް ދިޔުމަށް އަވަސް ވެގަތް ނަމަވެސް ވިހައިގެން ތުއްތު ދަރިފުޅާއި އެކު އެނބުރި ވަންނާނެ ތަނެއް ވަނީ ނެތިފައެވެ.

11 ބުރީގެ އެ ޓަވަރަކީ 80 ޢާއިލާއެއް ދިރިއުޅޭ ޢިމާރާތެކެވެ.

އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވި ޣައްޒާގެ ރައްޔިތުންގެ ޢަދަދު ވަނީ 436 އަކަށް އަރައިފައެވެ. އަދި އެކިވަރުގެ ޒަޚަމް ތައް ލިބިފައިވާ މީހުންގެ ޢަދަދު 2300 އިން މައްޗަށް ވަނީ އަރައިގެން ގޮއްސައެވެ.

އިޒްރާއިލްގެ ޔަހޫދީން ފަލަސްޠީނާއި ދެކޮޅަށް ހަނގުރާމަ އިޢްލާނު ކޮށްފައި މިވަނީ ފަލަސްޠީނުގެ މިނިވަން ކަމަށްޓަކައި ހަނގުރާމަ ކުރަމުންދާ ހަނގުރާމަވެރިން އިޒްރާއިލްގެ ޔަހޫދީން އުޅޭ ސަރަހައްދަށް ދިން ރޮކެޓް ހަމަލާތަކުގެ ސަބަބުންއިޒްރާއިލުގެ ޔަހޫދީންނަށް ލިބުނު ސިހުމާއި އެކުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް