އައިއޭސީގެ ވޮލެންޓިއަރުން ޣައްޒާގެ ގްރައުންޑުގައި. ފޮޓޯ:އައިއޭސީ
ހަބަރު
09 Oct 2023 | 14:20
ފަލަސްޠީނަށް އެހީވުމަށް ހުޅުވާލި ފަންޑަށް، އެއްދުވަސް ތެރޭ، 1 މިލިއަން ރުފިޔާ: އައިއޭސީ

ފަލަސްޠީނުގެ މިނިވަން ކަމަށް ޓަކައި ހަނގުރާ ކުރާ ހަނގުރާމަވެރިންނާއި އިޒްރާއިލްގެ ޔަހޫދީންނާއި ދެމެދު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އެހީއަށް ޖެހެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހިންނަށް ހުޅުވާލުމުން އެފަންޑަށް އެއްދުވަސް ތެރޭ އެއް މިލިއަން ދިވެހި ރުފިޔާ ލިބިފައިވާ ކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ބުނެފިއެވެ.

އައިއޭސީ އިން ބުނެފައިވަނީ ހުއްޓުމެއް ނެތި އިޒްރާއިލްގެ ޔަހޫދީން ޣައްޒާއަށް ހަމަލާތައް ދެމުން ދިޔަ ނަމަވެސް އައިއޭސީގެ ވޮލެންޓިއަރުންގެ ޓީމުތަކުން ޣައްޒާގައި ހަމަލާތައް ދެމުންދާ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

މީގެއިތުރުން އައިއޭސީ އިން ބުނެފައިވަނީ ހަނގުރާމައިގައި ގެއްލުން ލިބިފައިވަ ސަރަހައްދުތަކަށް ޒިޔާރަތްކޮށް ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ހާލަތު ގާތުން ބަލައި މިވަގުތަށް އެންމެ ބޭނުންވާނެ ޒަރޫރީ ކަންތައްތައް ދެނެގަތުމަށް ހިތްވަރާއި އެކު އެވޮލެންޓިއަރުން މަސައްކަތް ކުރަމުންދާ ކަމަށް އައިއެސީ އިން ބުނެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ހުޅުވާލެވިފައިވާ ފަންޑަށް އަދިވެސް ލާރި ޖަމާކުރަން ވަނީ ހުޅުވާލެވިފައެވެ.

އެހީ ފޯރުކޮށްދިނުމަށް:

ބީއެމްއެލް އިސްލާމިކްއެކައުންޓް ނަމްބަރު: 7770000062741

އެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: IAC | EMERGENCY  

ހޮނިހިރު ދުވަހު ފަލަސްޠީނުގެ ހަނގުރާމަވެރިން ދިން ހަމަލާތަކުގެ ރައްދުގައި އިޒްރާއިލް ސިފައިން ދަނީ ބާރުގަދަ ހަމަލާތަކެއް ދެމުންނެވެ. ރޭ ދިން ހަމަލާތަކުގައި މަނާ ހަތިޔާރު ވެސް ވަނީ ބޭނުން ކޮށްފައެވެ. އިޒްރާއިލްގެ ހަމަލާތައް އަމާޒުކުރަނީ ފަލަސްޠީނުގެ ޢާންމުން ދިރިއުޅޭ ތަންތަނަށެވެ.

ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަ ކުދިންނާއި އަންހެނުންވެސް ހިމެނެއެވެ.

މިހާތަނަށް ޝަހީދުވި މީހުންގެ ޢަދަދެއްގެ ގޮތުގައި ރިކޯޑް ކުރެވިފައިވަނީ 436އެކެވެ. 2271 މީހަކަށް އެކިވަރުގެ ޒަޚަމްތައް ވަނީ ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.