Advertisement

ސައްޚަ ނޫން ޑޮލަރުން ވިޔަފާރި ކުރި މީހަކު ހޯދަނީ

09 Oct 2023 | 15:38
ފުލުހުންގެ މައި އިދާރާ. ފޮޓޯ: އިންޓަރނެޓް

ސައްޚަ ނޫން ޑޮލަރު ބޭނުން ކޮށްގެން ވިޔަފާރި ކުރި މީހަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދްމަތުން އިޢްލާނު ކޮށްފިއެވެ.

ދިވެހި ފުލުހުން ބުނެފައިވަނީ  ފުލުހުން ޢާންމިކޮށްފައިވާ ވީޑިއޯ އިން ފެންނަ މީހާއަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، ކާކުކަން ދެނެގަނެވިފައިނުވާ މީހެއް ކަމަށެވެ.

އަދި ވީޑިއޯ އިން ފެންނަ މީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމްޑިޕާޓްމަންޓްގެ ނަމްބަރު 9790048  އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް