ފަލަސްތީނުގެ ހަނގުރާމަވެރިންގެ ހަމަލާއަށް ބިރުން އިޒްރާއިލް ސިފައިން ފިލަނީ. ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
09 Oct 2023 | 18:07
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: އިޒްރާއިލްގެ ރަޙީނުންގެ ޢަދަދު 800 އަށް

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ހަނގުރާމަ ކުރަމުން އަންނަ ހަނގުރާމަވެރިން ރަޙީނުކުރި އިޒްރާއިލް ޔަހޫދީންގެ ޢަދަދު 800 އަށް އަރައިފައިވާ ކަމަށް ޔަހޫދީންގެ ޚަބަރުފަތުރާ ވަޞީލަތް ތަކުން ބުނެފިއެވެ.

ހޮނިހިރު ދުވަހު ހަމާސް އިން ފެށި ހަމަލާތަކާއި ގުޅިގެން އިޒްރާއިލްގެ ޔަހޫދީން ދަނީ އޭގެ ރައްދެއްގެ ގޮތުގައި ޣައްޒާއަށް ނުރައްކާތެރި ހަމަލާތަކެއް ދެމުންނެވެ.

ހޮނިހިރު ދުވަހު ހަމާސް އިން އިޒްރާއިލްގެ ޔަހޫދީން އުޅޭ ސަރަހައްދުތަކަސް ދިން ހަމަލާތަކަށް ފަހު ހަމާސްގެ ހަނގުރާމަވެރިން ދަނީ އިޒްރާއިލްގެ ޔަހޫދީންނާއި ބަޑިން ހަނގުރާމަ ކުރަމުންނެވެ.

އަލް ޤައްސާމް ބްރިގޭޓްސް އިން ސޯޝަލް މީޑިއާގައި ޢާންމު ކޮށްފައިވާ ވީޑިއޯއެއްގައި އިޒްރާއިލްގެ ފައްޖާ މިލިޓަރީ ކޭމްޕް އަށް ފަލަސްޠީނުގެ ހަނގުރާމަވެރިން ހަމަލާތައް ދޭން ފެށުމުން އިޒްރާއިލްގެ ޔަހޫދީން ފިލައި ބޮނދާތަން ފެނިގެންދެއެވެ.

ހަނގުރާމަވެރިން އިޒްރާއިލްގެ ޔަހޫދީ އަންހެން ވެރިން އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމުގައިވިޔަސް ހަނގުރާމަވެރިން އަންހެން ވެރިންނަށް އެއްވެސް ގޯނާއެއް ކުރުމަށް ދަނީ ދެކޮޅު ހަދަމުންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް  ދަނީ ދައުރުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް