އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން މަރުވި ޢާއިލާ މެމްބަރުންނަށް ޓަކައި ޣައްޒާ ދަނީ ކަރުނަ އަޅަމުން. ފޮޓޯ:ވޮއިސް
ހަބަރު
09 Oct 2023 | 20:43
"ޔަހޫދީންގެ ޢަމަލުތައް ހައްދުފަހަނަޅައިފި؛ މުޅި އިސްލާމީ އުންމަތައް މިގޮވާލަނީ އަހަރެމެންނަށް އެހީވުމަށް"

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ހަނގުރާމަ ކުރަމުންދާ ހަނގުރާމަ ވެރިން އިޒްރާއިލްގެ ޔަހޫދީންނަށް ދިން ހަމަލާތަކުގެ ރައްދުގައި އިޒްރާއިލުގެ ޔަހޫދީން ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒަގެ ރައްޔިތުންނަށް މުޅި އިސްލާމީ ޢަރަބި އުންމަތުގެ އެހީއަށް ޖެހިފައިވާ ކަމަށް ޣައްޒާގެ ޑޮކްޓަރެއް ވިދާޅުވެއްޖެއެވެ.

އައިއޭސީގެ ވޮލެންޓިއަރަކު މެދުވެރިކޮށް ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލުގެ ޑޮކްޓަރަކު ދެއްވި މަޢުލޫމާތުގައި ވިދާޅުވީ އިޒްރާއިލްގެ ޔަހޫދީންގެ ޖަރީމާތައް ހައްދުފަހަނަ އަޅައި ގޮސްފައިވާ ކަމަށެވެ. ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު 300 އަށް އަރައިފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން އަދި ޢުމުރުން ދުވަސްވީ މީހުން ހިމެނޭ ކަމަށެވެ.

އަދި ޝަހީދުންގެ ޢަދަދު މިއަށްވުރެ މައްޗަށް ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ. ހަމަމިއާއި އެކު އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ މީހުންގެ ޢަދަދު 2500 އިން މައްޗަށް އަރާފައިވާ ކަމަށާއި، ލަފާކުރެވޭ ގޮތުން މި ޢަދަދުވެސް ދާނީ އިތުރުވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޑޮކްޓަރ ވިދާޅުވީ ޒަޚަމްތަކަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލް ތަކަށް ނުގެނެވޭ މީހުން ވެސް ވަރަށް ގިނަ ކަމަށެވެ.

އޭނާ ވިދާޅުވީ ޣައްޒާގައި މަސައްކަތް ކުރަމުންދާ މެޑިކަލް އޮފިސަރުން މަސައްކަތް ކުރަމުންދަނީ "ރެޑް އެލާޓް" ގައި ކަމަށެވެ.

"އަހަރެމެން މިގޮވާލަނީ ދުނިޔޭގެ ޤައުމުތަކަށް އިޒްރާއިލްގެ ޢަމަލުތައް ކުށްވެރި ކުރުމަށް" ޑޮކްޓަރ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ޣައްޒާގެ ހޮސްޕިޓަލް ތަކަށް ބޭސް ފަރުވާއަށް ބޭނުންވާ ތަކެއްޗަށާއި، ބޭސް އަދި ކަރަންޓަށްވެސް ޖެހިދާނެކަމަށް އައިއޭސީ އަށް މަޢުލޫމާތު ދެއްވި އަލްޝިފާ ހޮސްޕިޓަލްގެ ޑޮކްޓަރ ވިދާޅުވިއެވެ.

"އަހަރެމެން ޢަރަބިންނަށް، އަދި ކިއެއްތަ މުޅި އިސްލާމީ އުންމަތައް މިގޯވާލަނީ އަހަރެމެންނަށް އެހީވުމަށް، އަޚްވަންތަ ކަމަށްޓަކައި އިންސާނިއްޔަތަށްޓަކައި އަދި ދީނަށްޓަކައި އަހަރެމެންނަށް އެހީތެރިވެދީ" ޑޮކްޓަރ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ކުވައިތުން ޣައްޒާއަށް ފޮނުވި އެހީއަށްޓަކައި ޑޮކްޓަރ ވަނީ ކުވައިތް އަށް ޝުކުރު އަދާކުރައްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް