ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ޢުދުވާނުގެ ތެރެއިން-- ފޮޓޯ: ވޮއިސް
ހަބަރު
10 Oct 2023 | 09:07
އިޒްރޭލު ދިފާއީ ވަޒީރު ފަލަސްތީނު ރައްޔިތުން ސިފަކުރީ "އިންސާނި ހައިވާނުން" ގޮތަށް

ފަލަސްޠީނުގެ ހަނގުރާމަ ވެރިން އިޒްރާއިލަށް ދިން ވަރުގަދަ ކުއްލި ހަމަލާތަކުގެ ސަބަބުން ފެށިފައިވާ ހަނގުރާމަގައިގައި އިޒްރާއިލްގެ ޔަހޫދީން ހަނގުރާމަ ކުރަމުންގެންދަނީ އިންސާނީ ހައިވާނުންނާއި ކަމަށް އިޒްރާއިލްގެ ދިފާޢީ ވަޒީރު ޔޮވާވް ގަލާންތް ބުނެފިއެވެ.

ޔަހޫދީންގެ ދިފާޢީ ވަޒީރުގެ ވާހަކައިގައި ބުނެފައިވަނީ އިޒްރާއިލްގެ ޔަހޫދީން ހަނގުރާމަ ކުރަމުންދަނީ އިންސާނީ ހައިވާނުންނާއި ކަމަށާއި އަދި ހަނގުރާމައިގައި ޢަމަލުކުރަމުންދާނީ އެބީދައިން ކަމަށެވެ.

އިޒްރާއިލްގެ ޔަހޫދީންގެ ހަމަލާތައް އަމާޒުކުރަމުންދަނީ ޣައްޒާގެ ޢާންމުން ދިރިއުޅޭ ގެތަކަށެވެ. ހުއްޓުމެއްނެތި ވަރުގަދަ ހަމަލާތައް ދެމުންދާއިރު ގިނަ ޢިމާރާތްތައް ވަނީ ބިމާއި ހަމަވެފައެވެ.

ރޭ ދިން ހަމަލާތަކުގައިވެސް 15 ގެއެއް ބިމާއި ހަމަވެ ހަލާކުވެފައިވާ ކަމަށް ޣައްޒާއިން "ވޮއިސް" އަށް ދިން މަޢުލޫމާތުގައި ބުނެފައިވެވެ. އަދި އިޒްރާއިލްގެ ޔަހޫދީން ޢާންމުންގެ ގެތަކަސް ހަމަލާދީފައިވަނީ އެއްވެސް ކަހަލަ އެލާޓެއް ދިނުމަކާއި ނުލައި ކަމަށް ވެސް ބުނެފައިވެއެވެ.

އިޒްރާއިލުން ހޯމަ ދުވަހުގެ ރޭ ޣައްޒާ އަށް ދިން ހަމަލާތަކުގައި މަނާ ހަތިޔާރުގެ ބޭނުންވެސް ވަނީ ކޮށްފައެވެ.

އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވެފައިވާ ފަލަސްޠީނުގެ މީހުންގެ ޢަދަދު 300 އިން މައްޗަށް އަރައިފައިވާއިރު އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އަންހެނުން އަދި ޢުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.

ކޮމެންޓް
ޑިމޮކްރަސީ
ތި ޔަހޫދީންނަކީ ހައިވާނުންނަކީ ތިމީހުންގެ ވަސް މިދުނިޔޭން ނައްތާލައިގެން ނޫނީ މިދުނިޔެ އަށް ހަމަޖެހުމެއްނުލިބޭނެ
10 Oct 2023
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް