އިޒްރާއިލުން ޣައްޒާއަށް ބޮމުގެ ހަމަލާއެއް ދިން ވަގުތު. ފޮޓޯ: ރޮއިޓާސް
ހަބަރު
10 Oct 2023 | 11:30
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: އިޒްރާއިލުން ލުބްނާން އަށްވެސް ހަމަލާދީފި

ފަލަސްޠީނުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ހަނގުރާމަވެރިން އިޒްރާއިލް ޔަހޫދީންނަށް ދިން ކުއްލި ހަމަލާ ތަކާއި ގުޅިގެން ފެށިފައިވާ ވަރުގަދަ ހަނގުރާމައިގެ ތެރެއިން އިޒްރާއިލުން ލުބްނާންއަށް ހަމަލާދޭން ފަށައިފިއެވެ.

ލުބްނާންގައި ހަރަކާތްތެރިވާ ހަނގުރާމެވެރި ޖަމާޢަތެއްކަމަށްވާ ހިޒްބުالله އިން ބުނެފައިވަނީ އިޒްރާއިލުން ދިން ހަމަލާތަކެއްގައި ހިޒްބުالله ގެ ބައެއް ހަނގުރާމަވެރިން ޝަހީދު ވެފައިވާ ކަމަށެވެ.

އިޒްރާއިލުން ލުބްނާންއަށް ދިން ހަމަލާތަކާއި ގުޅިގެން ލުބްނާނާއި ފަލަސްޠީން ގުޅޭ ބޯޑަރު ކައިރީގައި ހަމަލާބަދަލުކުރުން ތަކެއް ކުރިއަށް ގޮސްފައިވެއެވެ.

ދެފާރާތުން ބަދަލުކުރި ހަމަލާތަކުގައި އިޒްރާއިލްގެ ޔަހޫދީ ސިފައިންގެ އިސް މީހަކު ވެސް ވަނީ މަރައިލެވިފައެވެ.

ހިޒްބުالله އިން ވަނީ އިޒްރާއިލާއި ހަމާސް އާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އެމީހުން ވަންނާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި އެއިންޒާރާއި އެކު ހިޒްބުالله އިން ވަނީ އާދީއްތަ ދުވަހު އިޒްރާއިލަށް ހަމަލާތަކެއް ދީފައެވެ. އެހަމަލާތަކުގެ ސަބަބުން މީހަކު މަރުވި ކަމެއް ނުވަތަ ޒަޚަމްވި ކަމެއް ވެސް އެނގިފައެއް ނުވެއެވެ. 

ރޭ އިޒްރާއިލުން ލުބްނާން އަށް ދިންް މިހަމަލާތަކަކީ އާދީއްތަ ދުވަހު ހިޒްބުالله އިން ދިން ހަމަލާތަކަށް ދިން ރައްދެއް ކަމަށް ބެލެވެއެވެ. 

ހިޒްބުالله އާއި އިޒްރާއިލާއި ދެމެދު ހަމަލާބަދަލުކުރުން ތަކެއް ކުރިއަށް ގޮސްފައިވާއިރު ރޭވެސް އިޒްރާއިލްގެ ޔަހޫދީން ވަނީ ޣައްޒާއަށް އެތައް ހަމަލާތަކެއް ދީފައެވެ.

ޣައްޒާއަށް އިޒްރާއިލުން ދޭން ފަށައިފައިވާ ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ ޢަދަދު 704 އަކަށް އަރައި އެކިވަރިގެ ޒަޙަމް ލިބުނު މީހުންގެ ޢަދަދު 3900 އިން މައްޗަށް އަރައިގެން ގޮސްފައިވާ ކަމަށް ފަލަސްޠީނުގެ ސިއްޚީ ވުޒާރާއިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް