ފަލަސްޠީނުގެ ރައީސް މަޙްމޫދް އައްބަސް އަދި ސަޢުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން
ހަބަރު
10 Oct 2023 | 11:31
ސަޢުދީއިން ދިނީ އަބަދުވެސް ފަލަސްޠީނާއި އެކު ތިބޭނެ ކަމުގެ ޔަޤީންކަން

ސަޢުދީޢަރަބިއްޔާ އިން އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންނާއި އެކު ތިބޭނެ ކަމުގެ ޔަޤީންކަން ސަޢުދީޢަރަބިއްޔާއިން ބުނެފިއެވެ.

ސަޢުދީ ގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނާއި ފަލަސްޠީނުގެ ރައީސް މަޙްމޫދް ޢައްބާސް ފޯނުން ގުޅުއްވައި ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

ދެބޭފުޅުން ފޯނުން ދެއްކެވި ވާހަކަފުޅުގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި ހިނގަމުންދާ ކަންކަމާއި މެދު ވަނީ މަޝްވަރާކުރައްވައިފައެވެ.

ސަޢުދީ ވަލީއަހުދާއި މަޙްމޫދް ޢައްބާސް އާއި ދެމެދު ދެކެވުނު ވާހަކަގައި ޣައްޒާގައި ހިނގަމުންދާ އިންސަނިއްޔަތާއި ޚިލާފް ކަންކަން މުޅި ސަރަހައްދަށް ފެތުރުނަނުދީ ހުއްޓުވުމަށްޓަކައި ކުރެވޭނެ ކަންކަންމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.

އަދި ސަޢުދީ ސަރުކާރުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާއި އެކުގައި ކަމަށް ސަޢުދީގެ ވަލީ އަހުދު ވަނީ ވިދާޅުވެފައެވެ.

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ހަނގުރާމަ ކުރަމުން އަންނަ ހަނގުރާމަވެރިން ހޮނިހިރުދުވަހު އިޒްރާއިލުގެ ޔަހޫދީންނަށް ދިން ކުއްލި ހަމަލާތަކުގެ ރައްދެއްގެ ގޮތުން އިޒްރާއިލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ފަލަސްޠީނުގެ އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ.

ޣައްޒާއަށް އިޒްރާއިލުން ދޭން ފަށައިފައިވާ ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ ޢަދަދު 704 އަކަށް އަރައި އެކިވަރިގެ ޒަޙަމް ލިބުނު މީހުންގެ ޢަދަދު 3900 އިން މައްޗަށް އަރައިގެން ގޮސްފައިވާ ކަމަށް ފަލަސްޠީނުގެ ސިއްޚީ ވުޒާރާއިން ބުނެފައިވެއެވެ.

ކޮމެންޓް
މަންސަފާ
މިހާރުގެ ސައުދީ އަކީ ހުޅަނގާއި އެމެރިކާއަށް ބޯނުލަނބާނެ ގައުމެއް. ސަބަބަކީ، ރަޝިޔާގެ ކޯލިޝަންއަށް ސައުދީން ޖޮއިންކޮށްފައިވޭ އަދި ފަލަސްތީނަށް ދުވާލަކު 1 މިލިޔަން ޑޮލަރުގެ ބަޖެޓެއްވެސް ސައުދީން އެބަ ދެއެވެ.
11 Oct 2023
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް