އިޒްރާއިލްގެ ހަމަލާތަކުގައި ހަލާކުވެފައިވާ ޢިމާރާތްތައް. ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
11 Oct 2023 | 10:59
"ރޭ ޣައްޒާއަށް ދިން ފަދަ ބާރުގަދަ ހަމަލާތަކެއް ދިން މަންޒަރު މީގެކުރިން ނުދެކެން"

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ހަނގުރާމަ ކުރާ ހަނގުރާމަވެރިން މިމަހުގެ ހަތެއް ވީ ހޮނިހިރު ދުވަހު އިޒްރާއިލްގެ ޔަހޫދީންނަށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުން ފެށައިގެން އުޅޭ ފަލަސްޠީން އިޒްރާއިލް ހަނގުރާމައިގައި އިޒްރާއިލުން ރޭ ޣައްޒާއަށް އިޒްރާއިލްގެ ޔަހޫދީން ދިން ހަމަލާތައް ކުރީގެ ހަމަލާތަކަށް ވުރެ ވަރުގަދަ ކަމަށް ޣައްޒާއިން "ވޮއިސް" އަށް މަޢުލޫމާތު ދެއްވި މުރާސިލް ވިދާޅުވެއްޖެއެވެ.

"ވޮއިސް"ގެ މުރާސިލް ވިދާޅުވީ ރޭގެ ހަމަލާތައް ވަރަށް ވަރުގަދަ ކަމަށާއި އަދި އެފަދަ ބާރުގަދަ ހަމަލާތަކެއް ދިން މަންޒަރު ދެކެފައިވިނުވާ ކަމަށެވެ.

އިޒްރާއިލްގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު 900 އަށް އަރައިފައިވާ ކަމަށް ފަލަސްޠީނުގެ ސިއްޚީ ވުޒާރާގެ އަދާހަމަތަކުގައި ބުނެފައިވެއެވެ.

އިޒްރާއިލްގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅައިފައިވާ އިރު އިޒްރާއިލަށް ވާގިވެރިވާ އެމެރިކާއިން ރޭ ވަނީ އިޒްރާއިލަށް އަލުން ނުރައްކާތެރި ހަތިޔާރު ފޯރުކޮށްދޭން ފަށައިފައެވެ.

އެމެރިކާއިން ބުނެފައިވަނީ ހަމާސް ޖަމާޢަތާއި ހަނގުރާމަ ކުރުމަށް އިޒްރާއިލަށް ހަތިޔާރު ފޯރު ކޮށްދޭނެ ކަމަށް ބުނެފައެވެ.

ޣައްޒާއަށް ބާރުގަދަ ހަމަލާތައް ދިނުމުގެ އިތުރުން އިޒްރާއިލުން ވަނީ ޣައްޒާއަށް ފޯރުކޮށްދޭ ކަރަންޓާއި، ތެޔޮ އަދި ފެންވެސް ކަނޑައިލައިފައެވެ. އަދި ކާބޯތަކެތި ވެއްދުމަށް ބޭނުންކުރާނެ ބޯޑަރ ހުރަސް ކުރާ ދޮރުތައްވެސް ވަނީ ބަންދުކޮށްފައެވެ.

އިޒްރާއިލުން ފެން ކަނޑާލައިފައި ވީނަމަވެސް ﷲގެ ރަޙްމަތާއި އެކު ޣައްޒާ ފެނައް ނުޖެހޭނެކަމަށް ޣައްޒާއިން "ވޮއިސް" އަށް މަޢުލޫލާތު ދެއްވި މުޙައްމަދު ޙަސްނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ޣާއްޒާގައި ފުދޭވަރަކަށް ފެން ވަޅުތައް އެބަހުރި ކަމަށާއި މީގެ ކުރިން ފެން  ދޫކުރިއިރު ރައްކާ ކުރެވިފައިވާ ފެންވެސް އެބަހުރި ކަމަށެވެ.

ޣައްޒާއަށް ރޭގެ ކުރިން ރޭ ވަނީ ހުއްޓައި ނުލައި ވަރަސް ބޯކޮށް ވާރޭވެސް ވެހިފައިވެއެވެ.

ނަމަވެސް ޣައްޒާގެ އެތެރޭގައި ހުރި އިންޖީނުގެތަކަށް ބޭނުންވާ ތެޔޮ ނުލިމިއްޖެނަމަ އެތަންތަން ބަންދުކޮށް މުޅި ޣައްޒާ ރޭގަނޑަށް ކަނު އަނދިރިވެގެން ހިނގައިދާނެ ކަމަށް ކަރަންޓުދޫކުރާ އިންޖީނު ގެތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.