ހަވާރޑް ޔުނިވާސިޓީ ދަރިވަރެއް
ހަބަރު
11 Oct 2023 | 13:14
ޣައްޒާގެ ހަމަނުޖެހުންތަކުގެ ޒިންމާ އުފުލަންޖެހޭނީ އިސްރާއީލުންކަމަށް ހާވަރޑް ދަރިވަރުންގެ ޖަމްއިއްޔާއިން ބުނެފި

ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މުޖާހިދުންތަކެއް އިސްރާއީލަށް ވަދެ ދިން ހަމަލާތަކާގުޅިގެން ފަލަސްތީނުގެ މަސްރަހު ގޯސްވެގެން ދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އިސްރާއީލުންކަމަށް ކަނޑައަޅައި އެމެރިކާގެ އެންމެ ޝަރަފްވެރި ޔުނިވަރސިޓީކަމުގައިވާ ހާވަރޑް ޔުނިވަރސިޓީގެ ކިޔަވާކުދިންގެ ޖަމްއިއްޔާއިން ނެރުނު ބަޔާންގެ މައްސަލަ އެމެރިކާގައި ވަރަށް ބޮޑުވެއްޖެއެވެ.

ސްޓޫޑަންޓް ޖަމްއިއްޔާއިންނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު ޣައްޒާގައި އެހިނގަމުންދާ ކަމަކީ ވޭތުވެދިޔަ 20 އަހަރު ދުވަހުގެތެރޭގައި ފަލަސްތީނުގެ މިލިޔަނަކަށްވުރެ ގިނަ ރައްޔިތުންނަށް އަދަބުދިނުމަށް އޯޕަންއެއަރ ޖަލެއްގައި ބަންދުކޮށްފައި ބޭތިއްބުމާއި ފަލަސްތީނު ރައްޔިތގުންނާ ދެކޮޅަށް އިސްރާއީލުން ހިންގާފައިވާ ލާއިންސާނީ އަމަލުތަކުގެ ނަތީޖާ ކަމަށެވެ. ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ގަތުލުއާއްމު ހިންގާފައިވާ ކަމަށާއި ޣައްޒާގައި އިސްރާއީލުން ހިންގާ ޖަރީމާތަކުން ސަލާމަތްވުމަށް އެމީހުންދާނެ އެއްވެސް މަގެއް އެއްވެސް ތަނެއް ނެތްކަމަށާއި ވޭތުވެދިޔަ 75 އަހަރުގެތެރޭގައި ފަލަސްތީނު ރައްޔިތުން އުޅެންޖެހިފައިވަނީ މިލާއިންސާނީ އަނިޔާތަކުގެތެރޭގައި ކަމަށެވެ.  މިބަޔާން ނެރުމާއެކު ދުނިޔޭގެ ހުރިހާ ބޮޑެތި ނޫސްއެޖެންސީތަކުގެ ސަމާލުކަމަށް އައިސްފައިވެއެވެ.

މިބަޔާން ނެރުމުން ހާވަރޑް މުސްކުޅި ދަރިވަރުންގެ ތެރެއިން ބައެއް ފަރާތްތަކުން ބުނެފައިވަނީ މިބަޔާން ނެރުނު ކުދިންނާމެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. ޔުނިވަރސިޓީންވެސް އެކުދިންނާމެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އަނެއްބަޔަކު ބުނަނީ ދަރިވަރުންގެ ބެލެނިވެރިން ލައްވައި ކުދިންނަށް ނަސޭހަތްދޭން ޖެހޭ ކަމަށެވެ. ދެންތިބި ބަޔަކު ބުނަނީ މިއީ ހާވަރޑްގައި ކިޔަވަމުންދާ މުސްލިމް ކުދިން އަޑީގައި ތިބެގެން ނެރުނު ބަޔާނަކަށް ވެދާނެ ކަމަށެވެ.

ކަން މިހެން އޮތް ނަމަވެސް ހާވަރޑްފަދަ ގަދަރުވެރި ޔުނިވަރސިޓީއެއްގެ ދަރިވަރުންގެ ހިތްތަކުގައި އިސްރާއީލުގެ ޖަރީމާތަކާމެދު މިބާވަތުގެ ޝުއޫރުތަކެއް ފާޅުވެގެންދިއުމުން މިއީ އެމެރިކާގެ އަންނަން އޮތް ޖީލުގެ ވިސްނުމަށް އަންނަ ބަދަލެއް ކަމަށް ބައެއް ތަޖުރިބާކާރުން ސިފަކުރެއެވެ.

ފަލަސްތީނާއި އިސްރާއީލާ ދެމެދު އެންމެ ފަހުން މިހާރު އުފެދުނު ހަމަނުޖެހުންތަކާއެކު ޔޫރަޕްގެ ވިސްނުން ދެބައި ވެފައިވެއެވެ. ފަލަސްތީނުގެ ބިންތައް ގަދަކަމުން އަތުލައި އިންސާނީ ހުރިހާ ހައްގަކުން އެރައްޔިތުން މަހްރޫމްކޮށް ދުނިޔޭގެ އެކިގައުމުތަކުން ޔަހޫދީންގެންގޮސް ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިކޮށް ހިންގާ ލާއިންސާނީ އަމަލު ޔަހޫދީން މިހާތަނަށް ކޮންޓްރޯލްކުރަމުންދިޔަ މީޑިއާތަކާއި ނުލާވެސް އެމެރިކާއާއި ޔޫޕަރްގެ ރައްޔިތުންނަށް މިހާރު ސާފުކޮށް އެގެއެވެ.

ހަމަނުޖެހުން ބޮޑުވުމާއެކު އިސްރާއީލުން އަނެއްކާވެސް މިވަނީ ވަރަށް ލާއިންސާނީ ފިޔަވަޅެއް އަޅާފައެވެ. ޣައްޒާއަށް ދުނިޔޭގެ އެއްވެސް ދިމާއަކުން ކާބޯތަޗެއްޗާއި ފެނާއި އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވާ މީހުންނަށް ފަރުވާދެވޭނެ ބޭހުގެ ސާމާނު ނުވެއްދޭގޮތަށް ދެމިލިޔަން ރައްޔިތުން ބަންދުކޮށްފައެވެ. ކަރަންޓްދޭ އިންޖީނުގެތަކަށްވަނީ ބޮންއަޅާފައެވެ. އދވަނީ މިގޮތަށް އިންސާނުންނަށް އަނކިޔާވެރި ނުވެވޭނެކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.