ފަލަސްޠީނު ބައެއް އަންހެނުންނާއި ކުޑަކުދިން ޔަހޫދީންގެ ހަމަލާތަކުން ސަލާމަތްވާން މަސައްކަތް ކުރަނީ
ހަބަރު
11 Oct 2023 | 18:06
ފަލަސްޠީނުގެ ހަނގުރާމަވެރިންނާ ގުޅުވައި ހުޅަނގުން ހަދަމުންދާ ދޮގުތަކާއި ފެންނަން ހުރި ހަގީގަތްތައް!

މި ހިނގަމުންދާ އޮކްޓޯބަރ މަހުގެ 7 ވަނަ އަށްވީ ހޮނިހިރު ދުވަހުގެ އިރު އަރައިގެން ދިޔައީ އެންމެހާ މުސްލިމުންނަށްވެސް އުފާވެރިކަން ގެނެސް ދިން، އަދި ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެން ދިރިއުޅެމުންދާ ޔަހޫދީން ސިއްސުވައިލި ޚަބަރަކާއި އެކުގައެވެ. 

އަމިއްލަ ބިމާއި ގެދޮރުން ނެރެ، ބިކަ ކޮށްލެވި، ހަނގުރާމައިގެ ތެރޭގައި ދިރިއުޅެމުންދާތާ 70 އަށްވުރެ ގިނަ އަހަރުތައް ވެފައިވާ ފަލަސްތީނުގެ އެންމެހާ މުސްލިމުންގެ ހައްގުގައި ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުގެ ހަނގުރާމަ ވެރިން އެދުވަހު ޔަހޫދީންނަށް ދިން ކުއްލި ހަމަލާއާއިއެކު އެމީހުން ވަރަށްވެސް ބޮޑަށް ސިހި ބިރުގަނެގެން "ތެޅެން ފެށި" ތަން ދިޔައީ ފެނިގެންނެވެ. ބިމުން މޮޓޯ ސައިކަލް ތަކާއި, މަތިން ވައިކުޑަ ތަކުން ހަމާސްގެ ހަނގުރާމަ ވެރިން ފެށި ޖިހާދުން، ފަލަސްތީންގެ މުސްލިމުން އަތުން ފޭރުނު ބިމުގެ ބޮޑު ސަރަހައްދެއް ހަމާސްގެ ބާރުގެ ދަށަށް އެމީހުން ގެނައެވެ. 

ޣައްޒާގެ ތުއްތު ކުއްޖަކު 

އެއާއެކު، އިޒްރާއިލްގެ ހަރުކަށި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ، ފަލަސްޠީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް، ޔަހޫދީން ބޭނުންހާ ގޮތަކަށް މުސްލިމުންނަށް އަނިޔާދީ ގަތުލް އާއްމު ހިންގުމަށް ދޮރު ހުޅުވާލާފައެވެ. އެކަމަށް އެހީވުމަށް އެމެރިކާއިންވެސް ވަނީ އެމީހުން އެއާކްރާފްޓް ކެރިއާ އެއް ޣައްޒާއަށް ހަމަލާ ދިނުމަށްޓަކައި އިޒްރާއިލަށް ފޯރުކޮށްދީފައެވެ. 

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ޢުދުވާނުގެ ސަބަބުން ޝަހީދުވެ ޒަޚަމްވެފައިވާ މީހުންގެ އަދަދާއި ގުޅޭ ތަފްސީލް 

އެހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ޔަހޫދީން ހުއްޓުމެއްނެތި މުސްލިމުންނަށް ހަމަލާދެމުންދާއިރު، މިހަމަލާތަކުގެ ޝިކާރައަކަށް ބޮޑަށް ވެފައިވަނީ ކުޑަކުދިންނާއި، އަންހެނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން، މިހާތަނަށް ފަލަސްތީނުގެ 1000 އަށްވުރެ ގިނަ މުސްލިމުން ޝަހީދުވެފައިވާއިރު, އޭގެ ތެރެއިން 300 ވުރެ ގިނައީ ކުޑަކުދިންނެވެ. އަދި އަންހެނުންގެ އަދަދު 170 އަށްވުރެ މައްޗެވެ. 

ފަލަސްޠީނުގެ ކުޑަކުދިންތަކެއް ޝަހީދު ކޮށްލާފައި--

ކަންމިހެން ހުރި ނަމަވެސް، ހުޅަނގުގެ މީޑިއާ ތަކުން ދައްކަމުންދަނީ މުޅިންވެސް ތަފާތު މަންޒަރެކެވެ. ފަލަސްޠީނުގައި ޝަހީދުވެ ޒަޚަމްވަމުން އެދާ ތުއްތު ތުއްތު ފުރާނަ ތަކާއި އަންހެނުންނާއި، އެމީހުންނާއި ކުދިންނަށް ނަފްސާނީ ގޮތުން ލިބެމުން އެދާ ގެއްލުންތައް އެމީހުންގެ ކެމެރާ އަށާއި ސުރުޚީތަކަށް ނާރާއިރު، އޭގެ ބަދަލުގައި މިފަހަރުވެސް ހުޅަނގުން މަސައްކަތް ކުރަމުންދަނީ މުސްލިމު މުޖާހިދުންގެ އަގު ވައްޓާލައި، މުސްލިމުންނާއި މެދު ނަފްރަތު އުފެއްދުމަށެވެ.

އެގޮތުން އެންމެ ގަދަޔަށް ފަތުރަމުންދާ އެއް ވާހަކަ އަކީ، ހަމާސްގެ ހަނގުރާމަ ވެރިން ޔަހޫދީންނަށް ދިން ހަމަލާތަކުގެ ޝިކާރަ އަކަށް އެތައް ކުޑަ ކުދީން ވެފައިވާ ކަމަށާ، ހަމާސް ހަނގުރާމަ ވެރިން، ޔަހޫދީ އަންހެނުން "ރޭޕް" ކުރާ ވާހަކައިގެ އިތުރުން، އިޒްރޭލުގެ މިޔުޒިކް ހަފްލާއެއްގެ ތެރެއިން 200 އަށްވުރެ ގިނަ މީހުން، މަރާލި ކަމުގެ ވާހަކައެވެ.

ފަލަސްޠީނުގެ ގަތުލު އާއްމުގައި ޝަހީދު ކޮށްލެވުނު މީހުންގެ ހިތާމައިގައި 

މިކަންކަމުގެ ހަގީގަތާއި ހަމައަށް ދިޔުމަށް، މީސްމީޑިއާގައި މިހާރުވެސް ދައުރުވަމުންދާ އެ މިޔުޒިކް ހަފްލާގެ ތެރެއިން ހިނގި ކަންކަމުގެ ވީޑިއޯތަކުން ހުޅަނގުގެ މީޑިއާތަކުން އެ ފަތުރާ ފަދަ ކަންކަން ހިނގާފައިވާތަން ފެންނާކަށް ނެތެވެ. ހަމާސް ހަނގުރާމަވެރިން އެތަނަށް ދިޔުމުން، އެތަނުގައި ތިބި މީހުން ފިލަން ދުވާތަނާއި އެތަނުން އެއްބަޔަކު ހިފަހައްޓާތަން ވީޑިއޯ ތަކުން ފެނުނަސް، އެ އެންމެން މަރާލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ. 

އަދި ހަމައެހެންމެ، ހަމާސްގެ ހަނގުރާމަވެރިން 40 އަށްވުރެ ގިނަ އިޒްރޭލުގެ ކުޑަކުދިން މަރާލާފައިވާ ކަމަށާ، އަންހެނުން ރޭޕް ކޮށްފައިވާ ކަމަށް ހުޅަނގުން ބުނާ އިރު، އެފަދައިން އެ ބުނި، ނޫސްވެރިޔާވެސް އެހެން ބުނެފައިވަނީ، ޔަހޫދީ އިޒްރާއިލް ގެ ސިފައިންގެ މިހަކާއި ހަވާލާދީފައެވެ. އެ ނޫސްވެރިޔާއަށްވެސް މަރާލެވިފައިވާ ކުއްްޖެއްގެ ފޮޓޯގަނޑެއްވެސް ނުދެއްކުނެވެ. 

މީގެ އިތުރުން އަންހެނުން، ރޭޕް ކުރާ ކަމަށް ސާބިތު ކުރާން ހުޅަނގުގެ މީޑިއާ ތަކަށް ކަމެއް ކުރެވިފައި ނުވާއިރު، އެ މީޑިއާ ތަކަށް، އިޒްރޭލުގެ އަންހެނުން ދީފައިވާ އިންޓަވިއުތަކުން އެނގިގެން ދިޔައީ އެފަދަ ކަމެއް ނުހިނގާ ކަމެވެ. 

ފަލަސްޠީނަށް ޔަހޫދީން ދެމުންދާ ޢުދުވާނުގެ ޝިކާރައަކަށްވެފައިވާ ކުއްޖަކު އުރާލައިގެން މީހަކު

އެގޮތުން ހުޅަނގުގެ މީޑިއާ އަކަށް އިޒްރޭލުގެ އަންހެނަކު ދިން އިންޓަވިއުއެއްގައި އޭނާ ވަނީ، ހަމާސް ހަނގުރާމަ ވެރިން އޭނާ ނުމަރާނެ ކަމަށް ބުނެފައިވާ ކަމަށާ، އެ ހަނގުރާމަވެރިންނަކީ މުސްލިމުން ކަމުން، ހަނގުރާމައިގެ ތެރެއިންވެސް އަންހެނުންނަށް އަނިޔާ ނުކުރާނެ ކަމަށް އެމީހުން ބުނެފައިވާ ކަމަށް އެ އަންހެން މީހާ ބުނެފައި ވެއެވެ. 

އަދި މީގެ އިތުރުން، ހަމާސް ހަނގުރާމަ ވެރިންނަށް "ޓެރަރިސްޓް" ގެ ލަގަބު ދީ އިންޓަވިއު ދިން އަންހެން މީހާ ކިޔައިދިން ވާހަކަ ތަކުންވެސް އެ ހަނގުރާމަ ވެރިން އޭނާ ގަޔަށް އަތްލައި އަނިޔާ ނުކުރާކަން ކަށަވަރު ވެގެންދެއެވެ. ޚުދު އޭނާވެސް، އޭނާ މަރާ ނުލައި ދޫކޮށްލީ ކީއްވެކަން ނޭނގޭ ކަމަަށް އެތައް ފަހަރަކު އިންޓަވިއުގައި ބުނެފައި ވެއެވެ. 

"އަހަރެން އޮތީ އަލަމާރީގެ ތެރޭގައި ފިލާ. އަހަންނާއެކު ފިރިހެނަކުވެސް އޮތް އޭގައި. ހަމާސް ހަނގުރާމަވެރިން އައިސް އަލަމާރީގެ ދޮރު ހުޅުވާލައި، ފިރިހެން މީހާ ގަޔަށް ބަޑި ޖެހި. އަހަރެން ކައިރީ ބުނީ އަލަމާރިން ނުކުމެ، ނިވާ ވުމަށް. ދެން އަހަރެން ނުކުމެ، ސްކާފަކުން އަތާއި، ބޯވެސް ނިވާ ކުރިން. ކުރީމާ، އަހަރެން ގެންދިޔައީ އެހެން ތަނަކަށް. އެތަނުގައި ހުރި 5 އަހަރުގެ ކުއްޖަކާއި، ދެ އަހަރު ނުވާ ތުއްތު ކުއްޖެއް. އެ ދެ ކުދިން އަހަރެންނާއި ހަވާލު ކުރި. ދެން އަހަރުމެން އެންމެ ގޮވައިގެން އެތަނުން ވަރަށް ދުރަށް ގެންދިޔަ. ގެންގޮއްސަ ބުނީ ދާށޭ. އެމީހުން އަހަރެން ގަޔަށް ބަޑިއެއް ނުޖަހާ. މަރައެއް ނުލާ. އެންމެންވެސް އެބަ އަހާ މަރާ ނުލާ، ބަޑި ނުޖެހީ ކީއްވެހޭ. އަހަރެންނަކަށް އެއްގޮތަކަށްވެސް ނޭނގެ ކީއްވެ ކަމެއް މަރާ ނުލީ. އަދި ބަޑި ނުޖެހީވެސް. އެކުދިންވެސް ތިބީ ހެޔޮ ހާލުގައި." އިޒްރޭލުގެ އަންހެނަކު ހުޅަނގުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ. 

ޔަހޫދީންގެ ހަމަލާތަކުގެ ޝިކާރައަކަށްވެ ޝަހީދުވި ކުއްޖެއް އުނގަށްލައިގެން އެ ކުއްޖާގެ ބައްޕަ ރޮނީ

މިފަދަ އެތައް އިންޓަވިއުއެއްގައި އިޒްރޭލުގެ އަންހެނުން އެމީހުންނަށް އަނިޔާ ނުކޮށް ދޫކޮށްލި ވާހަކަތައް ކިޔައިދީފައި އެބަ ހުއްޓެވެ. 

މިކަންކަމުން އަނެއްކާވެސް އެނގި ހާމަވެގެން ގޮސްފައިވަނީ ހުޅަނގު މީޑިއާ ތަކުގެ މުނާފިގު ކަމެވެ. އަދި އެމީހުން މުސްލިމުންނާއި ދެކޮޅަށް ފަތުރަމުންދާ ދޮގުތަކާއި އެމީހުންގެ ނުބައި ޕްރޮޕެގެންޑާ ތަކެވެ. 

ކޮމެންޓް
އިހުމާލު
ހުޅަނގުގެ މީޑިއާގެ އަސްލަކީ ޕްރޮޕަގެންޑާ ފަތުރުން.އެމީހުންގެ ފިޔަވަޅު ބަލައިގެން ރާއްޖޭގެ މީޑިއާތައްވެސް ވަކި ދެރައެއް ނޫން.
11 Oct 2023
އިހުމާލު
މެޑިކަލް މާފިޔާ އަކީވެސް ތި އެންމެހާ ބޮޑުން ކަމަށްވާއިރު ވެކްސިނާއި މެދުވެސް އެމީހުން ގެނެސްދިން އެއްޗެއް ނޫނީ ބަޔަކަށް ނޭނގޭނެ.މިތާގެ މީޑިއާވެސް ހިނގަނީ ހަމަ އެއުސޫލުން.
11 Oct 2023
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.