ދިވެހިން ފަލަސްޠީނާއި އެކު ތިބިކަން ދައްކުވައިދިނުމަށް ރާއްޖޭގެ ރަށެއްގައި ބޭއްވުނު ހިނގާލުމެއް. ފޮޓޯ: މިހާރު
ހަބަރު
11 Oct 2023 | 18:05
ހުކުރުދުވަހު, ދިވެހިން ފަލަސްޠީނުގެ ހައްޤުޤައި ނުކުންނަނީ

ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރާއިލްގެ ޔަހޫދީން ދެމުންދާ އަނިޔާތަކާއި  ދެކޮޅަށް، ފަލަސްޠީނުގެ ރައްޔިތުންނާއި އެކު ދިވެހިން ތިބި ކަން ދައްކުވައިދޭން ހުކުރުދުވަހު ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

ހުކުރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަށް ބޭނުންވާ ތައްޔާރީތައް މިހާރުންފެށިގެން ދަނީ ކުރިޔަށެވެ.

އެގޮތުން ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ފަލަސްޠީނާއި ދިވެހިންގެ ނަމުގައި  ބާއްވާ ސައިލަކު ބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ  މާލޭ ރަސްފަންނު ސަރަހައްދުންނެވެ.

ސައިކަލު ބުރުގެ އިތުރުން އަންހެނުން  ބައިވެރިވާ ހިނގާލުމެއްވެސް މާލޭގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ފަލަސްތީނުގައި އިޒްރާއިލުން ދެމުންގެންދާ އިންސާނިއްޔަތާއި ޚިލާފު ހަމަލާތަކުގެ ސަބަބުން  ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ޚިދުމަތް ޖަމުއިއްޔާއިން ފަންޑް ރެއިޒިން އިވެންޓެއް ވެސް އަންނަ ހުކުރު ދުވަހު ބާއްވާން ވަނީ ނިންމާފަ އެވެ.

ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ވެސް މިދިޔަ އާދިއްތަ ދުވަހު ވަނީ ފަންޑެއް ހުޅުވާލާފައެވެ. އަދި އަދިވެސް އެފަންޑަށް ފައިސާ ޖަމާކުރުމުގެ ފުރަސަތު އޮތީ ހުޅުވާލެވިފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ފަލަސްޠީނުގެ ހައްޤުގައި ހަނގުރާމަ ކުރާ ހަނގުރާމަވެރިން އިޒްރާއިލުގެ ޔަހޫދީންނަށް ދިން ހަމަލާތަކުގެ ރައްދުގައި އިޒްރާއިލުން ދޭން ފެށި ހަމަލާތަކާއި އެކު ފަލަސްޠީނުގެ ޣައްޒާގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޝަހީދުވި މީހުންގެ ޢަދަދު ހާހުން މައްޗަށް އަރައިގެން ގޮސްފައިވާއިރު ޒަޚަމްވެފައިވާ މީހުންގެ ޢަދަދު 5000  މައްޗަށް ވަނީ އަރައިގެން ގޮސްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.