ހަމަލާތަކުގެ ސަބަބުން ހަލާކުވެފައިިވާ ސަރަހައްދެއް. ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
12 Oct 2023 | 10:00
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: މުޅި ޣައްޒާވަނީ ކަންބޮޑުވުމާއި ކަރުނަޔާއި ލެއިން ފުރިފައި

ފަލަސްޠީނުގެ ޣައްޒާއަށް އިޒްރާއިލްގެ ޔަހޫދީން ދެމުންއަންނަ ހަމަލާތަކުގައި ސަބަބުން މުޅި ޣައްޒާވަނީ ކަންބޮޑުވުމާއި ކަރުނަޔާއި ލެއިން ފުރުފައިކަމަށް މަންޒަރު ދެކެމުންދާ ނޫސްވެރިން ބުނެފިއެވެ.

ހަމަލާތަކުން ސަލާމަތްވުމަށް ދެހަމަލާ ދޭތެރެއިން ރައްކާތެރިކަން ހޯދުމަށް ގެތަކުން ނުކުތަސް ޣައްޒާގެ އަޙްލުވެރިން ދާނެ ތަނެއް ނެތެވެ.

ޢައްޒާއިން ނުކުމެވޭނެ ބޯޑަރުގެ ދޮރުތައް ވަނީ ބަންދުކޮށްފައެވެ. މިޞްރަށް ވަދެވޭ ބޯޑަރު ނޫން އެހެން ހުރިހާ ބޯޑަރެއް ބަންދުކޮށްފައިވާއިރު މަގުމައްޗަށް ނުކުތުންވެސް ވަނީ ނުރައްކާތެރި ކަމަކަށްވެފައެވެ.

ނުރައްކާތެރި ހަމަލާތައް ޣައްޒާގެ ޢާންމުން އުޅޭ ސަރަހައްދުތަކަށް ދެމުންދާއިރު ޣައްޒާގައި ކަރަންޓާއި ފެން އަދި ތެޔޮ ވެސް ވަނީ ހުސްވެފައެވެ. ކާބޯތެކެތި ވެސް އެތެރެނުކުރެވޭ ގޮތައް ވަނީ މަގުތައް ބަންދު ކޮށްފައެވެ.

މިހުރިހާ ކަމެއް މިހެން އޮތް އިރު އިޒްރާއިލްގެ ޔަހޫދީން އިންޒާރު ދީފައިވަނީ އެހީ ހިފައިގެން އަންނަ ޣާފިލާތަކަށް ނުވަތަ އެހެންވެސް އުޅަނދުތަކަށް ބޮން އަޅާނެ ކަމަށެވެ.

ޣައްޒާގެ ރައްޔިތުން ތިބީ ނުރައްކާތެރި ބިރުވެރި ފައްތަރެއްގައެވެ. ރައްކާތެރިވާން ރަށުން ބޭރުވެވެން ނެތް އިރު ރަށުގެ އެތެރޭގައި ވެސް ރައްކާތެރިވެވޭނެ ފަދަ ގޮތެއް ވަނީ ނެތިފައެވެ.

އިއްޔެގެ 2:00 ގައި ފަލަސްޠީނުގެ ސިއްޚީ ވުޒާރާއިން ޢާންމުކުރި އަދާހަމަތަކުގައު ވާގޮތުން 1100 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 326 ކުޑަކުއްޖަކު ހިމެނޭއިރު 171 އަންހެނަކު ހިމެނެއެވެ.

އެކިވަރުގެ އެކި ކަހަލަ ޒަޚަމްތައް ލިބުނު މީހުންގެ ޢަދަދު 5339 އަކަށް އަރާކަމަށް ވަނީ އެ އަދާހަމަތަކުގައި ބުނެފައެވެ. މީގެ އިތުރުން 14 މެޑިކަލް ފެސިލިޓީއަކަށް ބޮން އެޅުމުގެ ސަބަބުން ވަނީ ހަލާކުވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި ސިއްޚީ ޚިދްމަތްތެރިންގެ 10 މީހަކުވެސް ވަނީ ހިމެނިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.