މެދު ނުކެނޑި ފަސްދުވަހު ދިން ހަމަލާތަކަށްފަހު ޣައްޒާގެ އަލް ރިމަލް ނެއިބަރހުޑް ހަލާކުވެފައި. ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
12 Oct 2023 | 15:36
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: "ޝަހީދުންނާއި ޒަޚަމްވި މީހުންގެ ޢަދަދު ޚިޔާލަށް ގެންނަންވެސް ނޭނގެ"

އިޒްރާއިލްގެ ހައްދުފަހަނަ އެޅި ޔަހޫދީން ދެމުންދާ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންނާއި އަނިޔާވެފައިވާ މީހުންގެ ޢަދަދު ޚިޔާލަށްވެސް ގެންނަން ނޭނގޭ ކަމަށް ޣައްޒާގެ ބިމުން "ވޮއިސް" އަށް މަޢުލޫމާތު ދެއްވި ޑޮކްޓަރ ވިދާޅުވެއްޖެއެވެ.

"ވޮއިސް" އަށް މަޢުލޫމާތު ދެއްވަމުން ޒަޚަމްވެފައިވާ މީހުންނަށް ފަރުވާދެއްވުމުގައި އިންދޮނީސީ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ޑޮކްޓަރ ވިދާޅުވީ އެހޮސްޕިޓަލްގައި ހުރި ހުރިހާ ބޭހެއް ހުސްވެފައިވާ ކަމަށާއި ފަރުވާދިނުމަށް ކޮންމެހެން ބޭނުންވާ ތަކެތި ހުސްވެފައިވާ ކަމަށެވެ.

މީގެ އިތުރުން ޝަހީދުވާ މީހުންގެ ހަށިތައް އުފުލުމަށް ބޭނުންކުރާ ބޮޑީ ބޭގްތައް ވެސް ވަނީ ހުސްވެފައި ކަމަށް "ވޮއިސް"އަށް މަޢުލުމާތު ދެއްވި އިންދޮނީސީ ހޮސްޕިޓަލުގެ ޑޮކްޓަރ ވިދާޅުވިއެވެ.

"ޝަހީދުންގެ ޢަދަދާއި، ޒަޚަމްވެފައިވާ މީހުންގެ ޢަދަދުތައް ހިތައްގެންނަންވެސް ނޭނގޭ" އޭނާ ވިދާޅުވިއެވެ.

ޑޮކްޓަރ ވިދާޅުވީ ހޮސްޕިޓަލްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނެރޭޓަރު ތަކަށް ބޭނުންކުރާ ތެޔޮ ހުސްވުމަކާއި ވަނީ ގާތްވެފައި ކަމަށާއި، ވަރަށް އަވަހަށް ތެޔޮ ހުސްވެ ތެލާއި ކަރަންޓަށް ހޮސްޕިޓަލްތައް ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ޑޮކްޓަރ ވިދާޅުވީ އިއްޔެ އެއް ގަޑިއިރު ތެރޭގައި  ޒަޚަމްވެގެން ގެނެވުނު މީހުންގެ ޢަދަދު 370 އަށް އަރާ ކަމަށެވެ. އަދި އިއްޔެގެ އެއްގަޑިއިރުތެރޭގައި 325 މީހުން ޝަހީދުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިޒްރާއިލްގެ ޔަހޫދީން ޣައްޒާއަށް ހަމަލާދޭން ފެށި ފުރަތަމަ ދުވަހުންފެށިގެން މިހާތަނަށް ހަމައެކަނި އެހޮސްޕިޓަލުން 650 މީހަކަށް ފަރުވާ ދެވިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ހަނގުރާމަ ކުރާ ހަނގުރާމަވެރިން އިޒްރާއިލުގެ ޔަހޫދީންނަށް ދިން ކުއްލި ހަމަލާއާއި ގުޅިގެން އިޒްރާއިލުން ޣައްޒާއަށް ދޭން ފަށައިފައިވާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 1100 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ. އިޒްރާއިލްގެ ޔަހޫދީން ވައިގެ މަގުން ދެމުންދާ  ވަރުގަދަ ހަމަލާތައް އަމާޒުކުރަމުންދަނީ ޣައްޒާގެ ޢާންމުން ދިރިއުޅޭ ގެތަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.