ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާ ތަކެތި.ފޮޓޯ:ކަސްޓަމްސް
ހަބަރު
12 Oct 2023 | 15:38
ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

ޕާކިސްތާނުން ރާއްޖެއައި ޕާކިސްތާނުގެ ރައްުޔިތަކު ރާއްޖެ އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާ ތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ ވައިގެ މަގުން ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖުން މަސްތުވާތަކެތި އަތުލައިގެންފި ކަމަށާއި މިތަކެތި ކަސްޓަމްސް އިން އަތުލައިގަނެފައިވަނީ މި އޮކްޓޫބަރ މަހުގެ 7ވަނަ ދުވަހު ޕާކިސްތާނުން އައި، އުމުރުން 20ްަ އަހަރުގެ އަންހެނެއްގެ ލަގެޖުގައި މަސްތުވާ ތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ބެލި ބެލުމުން ކަމަށެވެ.

މީގެ އިތުރުން ކަސްޓަމްސް އިން ބުނެފައިވަނީ އެފަސިންޖަރުގެ ދަބަހުގައި މަސްތުވާ ތަކެތި ހުރި ކަމަށް ލަފާކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ހުރި ޕެކެޓެއް ފެނިގެން އެތަކެތި މަސްތުވާ ތަކެއްޗަށް ޓެސްޓު ކޮށްފައިވާ ކަމަށެވެ.

އަދި ފުރަތަމަ މަރުޙަލާގެ ޓެސްޓު ތަކުން އެތަކެތި މަސްތުވާ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ މިމައްސަލައިގައި އަތުލައިގަތް މަސްތުވާ ތަކެތީގެ ބަރުދަނުގައި 4.27 ކިލޯ ހުރި ކަމަށާއި، މިމައްސަލައިގައި އަތުލައިގަތް މަސްތުވާ ތަކެއްޗާއި، އަންހެންމީހާ ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Jul 2026
ހަތް އަހަރަށް ފަހު މަރުކަޒުގެ އިމާމުގެ މަގާމުން ޝެއިޚް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފި
ޝެއިޚް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއާ ގުޅިވަޑައިގަތީ ތަޢުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށެވެ.
10 Jul 2026
މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް: ފަސް މީހަކަށް އަނިޔާވި، ދޯނި މަޑުނުކުރި
މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް ފަސްމީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.
09 Jul 2026
ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަަށް އަނިޔާ
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ. އެ މީހުން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
09 Jul 2026
ޑރ. ފަޒުނާ ނިޔާވުން: ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަދި މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
09 Jul 2026
"ޑޮލަރެެއް ނެތް" ނަމުގައި އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް
ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ އަބްދުالله އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ.
09 Jul 2026
ތިނަދޫ "ޖަޒީރާ" ބޯޓް ގިނަ އަދަދެއްގެ މުދަލާއެކު އަޑިއަށް, ބައެއް ތަކެތި އޮޔާ ދަނީ
އެމްއެންޑީއެފުން ވަނީ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ.
09 Jul 2026
އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވެއްޖެ
ޑރ. ފަޒްނާ ނިޔާވީ ކެންސަރު ބަލީގަައި ކަމަށް އެނގިފައިވެ އެވެ. އުމުރުން 47 އަހަރުގެ ޑރ. ފަޒުނާ ހިމެނުނީ އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރުގެ ގޮތުގަ އެވެ.
09 Jul 2026
ފަހުން ފައިސާ ދައްާގޮތަށް ފުލުހުންނަށް އެއާ ޓިކެޓް ދޭނޭ ބަޔަކު ހޯދަނީ