ޣައްޒާގެ ޢިމާރާތްތަކަށް އިޒްރާއިލްގެ ޔަހޫދީން ވައިގެ މަގުން ހަމަލާދެނީ. ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
12 Oct 2023 | 20:09
ފަލަސްޠީން އިސްރާއީލް ހަނގުރާމަ: ޝަހީދުވި މީހުންގެ ހަށިތަކުން ޣައްޒާގެ މޯޗަރީތައް ފުރި ޖާގަނެތިފައި!

އިޒްރާއިލުގެ ޔަހޫދީން ޣައްޒާއަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން ޝަހީދުވި ފަލަސްޠީނުގެ  ހަށިތައް ގިނަވެ ޣައްޒާގެ މޯޗަރީތައް ފުރި އިތުރު ހަށިތައް ބަހައްޓާނެ ޖާގަނެތޭ ހިސާބަށް ޣައްޒާގެ ޙާލަތު ހިނގައްޖެއެވެ.

ބައިނަލްއަޤްވާމީ މީޑިއާ ތަކުން ބުނެފައިވަނީ ޣައްޒާގައި ޝަހީދުވި މީހުންގެ ޢަދަދު މަތިވެ ޖަނާޒާ ބޭއްވެންދެން މީހުންގެ ހަށިތައް ބަހައްޓާލާނެ ޖާގަވެސް މޯޗަރީ ތަކުގައި ނެތިފައިވާ ކަމަށެވެ.

މިއަދު އިޒްރާއިލްގެ ޔަހޫދީން ޣައްޒާގެ ޖަބަލިއާ ރެޒިޑެންޝަލް ކޮމްޕްލެކްސް އަށް ދިން ހަމަލާތަކުގެ ސަބަބުން ހަމަ އެކަނި އެޢިމާރާތުންވެސް 30 މީހުން ވަނީ ޝަހީދުވެފައެވެ.

މީގެއިތުރުން ޣައްޒާގެ މެދުތެރޭގައި ހުންނަ ދެއިރް އަލް ބަލާހް ގައި ހުންނަ ޢާންމުން ދިރިއުޅޭ ސަރަހައްދަށް އިޒްރާއިލްގެ ޔަހޫދީން ދިން ހަމަލާތަކުގައިވެސް 30 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި 123 މީހަކަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ހަނގުރާމަ ކުރަމުންދާ ހަނގުރާމަވެރިން މިމަހުގެ 7ވަނަ ދުވަހު އިޒްރާއިލްގެ ޔަހޫދީންނަށް ދިން ކުއްލި ހަމަލާތަކުގެ ރައްދު ދިނުމުގެ ގޮތުން އިޒްރާއިލުން ފެށި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. އަދި އެތައްބަޔަކު ވަނީ ޒަޚަމްވެފައެވެ. ޒަޚަމްވީ މީހުންގެ ޢަދަދު ގިނަވެ ޣައްޒާގެ ހޮސްޕިޓަލްތައް ފުރިފައިވާ ކަމަށް ހޮސްޕިޓަލް ތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.