ޣައްޒާގައި ޝަހީދުވެފައިވާ މުސްލިމުންގެ ހަށިތައް އަތުރާލެވިފައި. ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
12 Oct 2023 | 20:13
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: ޝަހީދުންގެ ޢަދަދު 1417 އަށް އަރައިފި

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ހަނގުރާމަ ކުރަމުންދާ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާތަކުގެ ރައްދެއްގެ ގޮތުގައި އިޒްރާއިލްގެ ހައްދުފަހަނައެޅި ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު 1417 އަށް އަރައިފައިވާ ކަމަށް ފަލަސްޠީނުގެ ސިއްޚީ ވުޒާރާއިން ބުނެފިއެވެ.

ފަލަސްޠީނުގެ ސިއްޚީ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ އަދާހަމަތަކުގައި ބުނެފައިވަނީ ޝަހީދުވި މީހުންގެ ޢަދަދު 1417 އަށް އަރައިފައިވަ ކަމަށާއި އޭގެ ތެރޭގައި 447 ކުޑަކުދިން ހިމެނޭއިރު، 248 އަންހެނުން ހިމެނެއެވެ.

ޣައްޒާގެ އެކި ދިމާއަށް ދިން ހަމަލާތަކުގައި އެކިވަރުގެ ޒަޚަމްތައް ލިބުނު މީހުންގެ ޢަދަދު ވަނީ 6268 އަކަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި 1531 ކުޑަކުދިންނާއި، 932 އަންހެނުން ހިމެނެއެވެ.

އިޒްރާއިލްގެ ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން 14 މެޑިކަލް ފެސިލިޓީއަކަށް ގެއްލުންވެފައި ވާއިރު 10 މެޑިކަލް ސްޓާފެއްވަނީ ޝަހީދުވެއްޖެއެވެ.

އިޒްރާއިލްގެ ޔަހޫދީން މިއަދު ޣައްޒާއަށް ދިން ހަމަލާއެއްގައި ޣައްޒާގެ ސެޙާބް ޢާއިލާގެ 44 މެމްބަރަކު ވަނީ ޝަހީދުވެފައެވެ. މުޅި ޢާއިލާއިން ސަލާމަތްވެފައިވަނީ 6 މެމްބަރެކެވެ. އެޢާއިލާގެ ޝަހީދުވި  މެމްބަރުގެ ޢުމުރަކީ 3 އަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ