ޑރ. ޝަހީމް ޢަލީ ސަޢީދު-- ފޮޓޯ/ވޮއިސް
ހަބަރު
13 Oct 2023 | 10:03
ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ލިސްޓުގައި މިފަހަރުވެސް ޑރ. ޝަހީމް!

ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމު ޝަޚުޞިއްޔަތުގެ ލިސްޓުގައި އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ، އަދި ކުރީގެ އިސްލާމިކް މިނިސްޓަރުގެ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނިވަޑައިގެންފިއެވެ.

"ދަ ރޯޔަލް އިސްލާމިކް ސްޓްރެޓީޖިކް ސްޓަޑީސް ސެންޓަރ" ރިސާޗް ފާމް އިން 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ފަހު ކުއާޓާގައި ނެރޭ އެންމެ ނުފޫޒުގަދަ 500 މީހުންގެ ލިސްޓުގައި ޝަހީމްގެ ނަން ހިމެނިވަޑައިގެންފައި ވަނީ، ދީނީ ކަންކަން ތަންފީޒުކުރުމުގެ ދާއިރާގައި ޑރ.ޝަހީމުގެ ޚިދުމަތްތައް ފާހަގަކުރުމުގެ ގޮތުންނެވެ. 

މީގެ ކުރިން އަހަރު ތަކުގައި ވެސް މި ލިސްޓުގައި ޝަހީމް ހިމެނިވަޑައިގަމެންފައިވާއިރު، މިފަހަރު ޑރ. ޝަހީމް ހިމެނިވަޑައިގެންފައިވަނީ 135 ވަނައިގައެވެ. އޭގެ ކުރީ އަހަރުގެ ރޭންކިންގައި ޑރ. ޝަހީމް ހިމެނިވަޑައިގެންފައިވަނީ 145 ވަނައިގައެވެ.  

މި ލިސްޓުގެ އެއްވަނައިގާ ވަނީ ޔަމަނަށް ނިސްބަތްވެވަޑައިގަންނަވާ ދީނީ ޢިލްމުވެރިޔެއް ކަމަށްވާ ޝެއިޚް އަލް-ހަބީބް އުމަރް ބިން ހާފިޒެވެ.  އަދި ލިސްޓުގެ ދެވަނައިގާ ވަނީ ސައުދީ ރަސްގެފާނު ކިންގް ސަލްމާން ބިން އަބްދުލް-އަޒީޒް އަލް-ސައުދެވެ. ތިންވަނައިގާ ވަނީ އިރާނުގެ ސުޕްރީމް ލީޑަރު ސައްޔިދު އަލީ ޚާމެނާއީ އެވެ.

އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ލިސްޓު 15 އަހަރު ނެރެފައިވާއިރު ޑރ. ޝަހީމް ވަނީ ފާއިތުވި 14 އަހަރު މި ލިސްޓުގެ އެކި ރޭންކިންތަކުން ޖާގަ ހޯއްދަވާފައެވެ.

ސިޔާސީ މައިދާނުން ކުރީގެ ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައިވެސް ފެނިފައިވާ ޑރ. ޝަހީމްއަކީ ދިވެހިރާއްޖޭގެ އިސްލާމިކް ބޭންކާއި، ވަޤްފު ފަންޑު އަދި ހައްޖު ކޯޕަރޭޝަން އުފެއްދުމުގައިވެސް އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ދިވެހިރާއްޖޭގެ ސެންޓްރަލް ބޭންކްގެ ޝަރީއާ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަންވެސް ކުރައްވާފައިވާ ޝަހީމް ވަނީ ދީނީ އެކި ފޮތްތައް ނެރުއްވައި، ނުވަ ޤައުމެއްގައި ދީނީ ތަފާތު ފޯރަމްތަކުގައި ތަޤްރީރުކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި