ފަލަސްޠީނުގެ ކުދިންނާއި މަންމައެއް--
ހަބަރު
13 Oct 2023 | 13:39
"15 މިލިޔަނަށްވުރެ މަދު ބަޔަކަށް ދެ ބިލިއަނަށް ވުރެ ގިނަ މުސްލިމުންގެ މުގައްދަސް ބިންތައް ފޭރިގަނެވެނީ ކީއްވެ؟"

15 މިލިއަނަށްވުރެ އާބާދީގެ ގޮތުން މަދު ޔަހޫދީންނަށް ދެ ބިލިއަނަށް ވުރެ ބިޔަ އިސްލާމީ އުއްމަތުގެ މައްޗަށް ނުފޫޒު ފޯރުވައި އެމީހުންގެ މުގައްދަސް ބިންތައް ފޭރިގަނެވެނީ ކިހިނަކުންތޯ ހުކުރު ޚުތުބާގައި ސުވާލު ކޮށްފިއެވެ.

''ފަލަސްތީނާއެކު އިސްލާމީ އުއްމަތް'' މިމައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ފަލަސްތީނުގެ ބިމަކީ އެތައް ގޮތަކުން މުސްލިމުންނާ ގުޅިލާމެހިފައިވާ ބިމެއް ކަމަށާއި، އެއީ މާތް الله ބަރަކާތް ލައްވައި މާތް ކުރައްވާފައިވާ ބިމެއް ކަމަށެވެ. ހަމައެހެންމެ، ފަލަސްތީނަކީ އެންމެ ގިނަ ނަބީ ބޭކަލުން އެ ބިމެއްގައި އުފަންވެވަޑައިގަތް ބިން ކަމަށާއި، އެއީ އެތައް ނަބީ ބޭކަލުންނެއް ދިރިއުޅުއްވި ބިން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. މީގެ އިތުރުން، އެއީ ކީރިތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް އާއިގެން އެ ބިމަކަށް އިސްރާ ކުރެވުނު މުޤައްދަސް ބިމަކީވެސް ފަލަސްތީނުގެ ބިން ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ  މަތިވެރިވެގެންވާ މިއުރާޖުގެ ދަތުރުފުޅު ފެއްޓެވީ އެބިމުގައި މަސްޖިދުލް އަގްސާއިންނެވެ. މިދަތުރުފުޅުގައި އެންމެހައި ނަބީ ބޭޖަލުންނާއިގެން ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ މަޖިދުލް އަގްސާގައި ނަމާދު ކުރެއްވިއެވެ. އިސްރާ މިއުރާޖުގެ މިދަތުރުފުޅުން މުސްލިމުންގެ ފުރަތަމަ ގިބުލަ އަލްމަސްޖިދުލް އަގްސާއާއި ދެވަނަ ގިބުލަ، ކައުބަތުاللهގެ ފުޅާ ހުރި ގުޅުން އަންގައިދެއެވެ. އެހެންވެ އެބިން ވަނީ މުސްލިމުންގެ މަތިވެރި އަގީދާއާއި ގުޅި ލާމެހިފައެވެ.

ހުކުރު ޚުތުބާ 

ޚުތުބާގައި އިތުރަށް ބުނީ، ފަލަސްތީނާއި ޤުދުސަކީ ޔަހޫދީންނަށް ދެއްވުމަށް މާތް الله ވައުދުވެވޮޑިގެންފައިވާ ބިމެއްކަމަށް ދައުވާކުރާ ޔަހޫދީން އައީ އެމީހުންގެ މި ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ޒައިނިޒަމްގެ ނަމުގައި ސިއްރު ރޭވުންތައް ރާވައި ތަފާތު ހަރަކާތްތައް ހިންގަމުންދާކަން ފާހަގަކޮށް ޚުތުބާގައި ބުނީ މި ހަރަކާތްތަކުގެ ތެރެއިން ނިރުބަވެރި ޖަމާއަތްތައް އުފެއްދި ކަމަށާއި، ނަސްލު ނައްތާލުމުގެ ޝިއާރުގެ ދަށުން ފަލަސްތީނުގެ އަހުލުވެރިންނާ ދެކޮޅަށް ބަޑިއާއި ބޮމުގެ ހަމަލާތައް ދީ ގަތުލު އާއްމުތައް ހިންގި ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރު ސުންނާފަތިކޮށް ފޭރުމުގެ ބޮޑެތި ޖަރީމާތައް ހިންގި ކަމަށާއި، ލާއިންސާނީ ޖަރީމާތަކުގައި އެގައުމުގެ އެތައް ހާސް ރައްޔިތުންނެއް ޝަހީދުވެ އެތައް ލައްކައަކަށްވުރެ ގިނަ ރައްޔިތުންގެ ގެދޮރު ގެއްލި ރެފިއުޖީންނަށްވި ކަން ވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި ބުނީ، ޔަހޫދީންގެ މިހުރިހާ ޖަރީމާތަކެއް ހިންގަމުން އައީ އިންސާނީ ހައްގުތަކުގެ ޗެމްޕިޔަނުންކަމުގައި ދައުވާކުރާ ހުޅަނގާއި ދުނިޔޭގެ ދެފުށް ދެގޮތް ސިޔާސަތު ގެންގުޅޭ ބޮޑެތި ބާރުތަކުގެ ހިމާޔަތުގައި ތިބެގެން ކަމަށާއި، ސުލްހައިގެ މޭސްތިރިން ކަމުގައި ހެދިގެން ތިބެ މިނިވަން ދައުލަތެއްގެ ސިޔާދަތު ނަގާލައި، އިސްލާމީ އުއްމަތުގެ ތެރިކައެއް ކަމުގައި ފަލަސްތީނުގެ ބިމުގައި ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ދައުލަތެއް އުފައްދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ހުޅަނގާއި ދުނިޔޭގެ ބާރުތައް ކަމަށެވެ. 

މީގެ އިތުރުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްގެން ތިބި ޔަހޫދީން މަސައްކަތް ކުރަނީ އެބިމުން މުސްލިމުންގެ ވަސްވެސް ފޮހެލުމަށް ކަން ފަހަގަކޮށް ޚުތުބާގައި އިތުރަށް ބުނީ، އަލްގުދުސުގައި ޔަހޫދީންނަށް ގެދޮރު އަޅައިދީ އެތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްރޫއުތައް ދަނީ ހިންގަމުން ކަމަށާއި، ޔަހޫދީ މީޑިއާތައް މެދުވެރިކޮށް އަލްގުދުސުގައިވާ އިސްލާމީ މުގައްދަސް މަލަތައް ދުނިޔޭގެ ލޯތަކަށް އޮޅުވާލުމުގެ ޖަރީމާތައް ހިންގަމުންދާ ކަމަށެވެ.

އަދި މަސްޖިދުލްއަގްސާގެ ފޮޓޯކަމަށް މިޒަމާނުގައި މަޝްހޫރުވެފައިވާ ފޮޓޯއަކީ އެމިސްކިތުގެ ފޮޓޯއެއް ނޫން ކަމަށާއި، އެއީ ގުއްބަތުއް ސަޚްރާގެ ފޮޓޯއެއް ކަމަށާ ބުނީ ޤުއްބަތުއް ސަޚްރާއަކީ އިސްރާއާއި މިއުރާޖުގެ ރޭ ކީރިތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް އަރާވަޑައިގަތް ހިލައިގެ މަތީގައި މާފަހުން ކުރެވުނު ބިނާއެއް ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ސުލައިމާނުގެފާނުގެ ބިނާ ހޯދުމުގެ ނަމުގައި މަސްޖިދުލް އަޤްސާގެ ދަށުން ކޮންނަމުންދާ ބިންގަރާސްތަކަކީ މާ ބޮޑަށް ނުރައްކާތެރި ޖަރީމާއެއް ކަމަށެވެ. މީގެ ހަގީގީ ބޭނުމަކީ އެނަމުގައި މަސްޖިދުލް އަގްސާގެ ދަށުގައި ފައްޅިތަކެއް އެޅުން ކަމަށާއި، މި ބިންގަރާސްތައް ކޮނުމުގެ އާހިރު ނަތީޖާއަކަށްވާނީ މަސްޖިދުލް އަގްސާގެ ބިންގާތައް ބަލިކަށިވެ ބިންހެލުމެއްގެ އަސަރު ކިރިޔާ ކުރިޔަސް މަސްޖިދުލްއަގްސާ ވެއްޓި ބިމާ ހަމަވުން ކަމަށެވެ. އަދި ދެން ބިން ސާފުކޮށް ނިމޭއިރު ފެންނަން ހުންނާނީ ޔަހޫދީން ބިންގަރާސް ކޮނެގެން އެޅި ފައްޅިތައް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ، މަސްޖިދުލްއަގްސާ ބިމާ ހަމަކޮށްލުމުގެ މަޝްރޫއު ޔަހޫދީން ފަށާފައިވާއިރު، ދެން ފަށާނީ މައްކާއާއި މަދީނާގެ މާތްވެގެންވާ ދެ ހަރަމްފުޅު ނައްތައިލުމުގެ މަޝްރޫއު ކަމަށެވެ. އެހެންކަމުން މި ވާހަކަތައް ޒުވާން ޖީލުތަކާއި ހަމައަށް ގޮންގޮސްދޭން ޖެހޭ ކަމަށާއި، އެކުދިންގެ ހިތްތަކަށް މުސްލިމުންގެ މުގައްދަސް ތަންތަނުގެ ލޯބި ވައްދައިދޭންޖެހޭ ކަމަށާ އަދި އެކުދިންނަކީ އެތަންތަނުގެ ހިމާޔަތުގައި ތެދުވަން ކެރޭ ބަޔަކަށް ހަދަންޖެހޭ ކަމަށްވާއިރު، މިއީ މައިންބަފައިންނާއި، މުދައްރިސުންނާއި ވެރިންގެ ވާޖިބެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މިއާއެކު ޚުތުބާގައި ބުނީ، އަދުއްވުންނާއި ކުރެވުނު ހަނގުރާމަތަކުގައި މުސްލިމުންނަށް ނަސްރު ލިބިފައިވަނީ ހަނގުރާމަވެރިންގެ އަދަދާއި ވަސީލަތްތައް ގިނަވަގެން ނޫން ކަމަށާ އެބައިމީހުން މާތް الله އަށް ބަރޯސާވެ ވަކީލުކުރުމާއެކު ސަބަބުތަކުގައި ހިފައިގެން ކުރިއަށް ދިއުމުން ކަމަށެވެ.

"މިއަދު މުސްލިމުންގެ އާބާދީ ދެބިޔަނަށް ވުރެ ބޮޑެވެ. ޔަހޫދީންގެ އަދަދަކީ ގާތްގަނޑަކަށް ފަނަރަވަރަކަށް މިލިޔަނެވެ. ސުވާލަކީ މިފަދަ މަދު ބަޔަކަށް ދެ ބިލިއަނަށް ވުރެ ބިޔަ އިސްލާމީ އުއްމަތުގެ މައްޗަށް ނުފޫޒު ފޯރުވައި އެމީހުންގެ މުގައްދަސް ބިންތައް ފޭރިގަނެވެނީ ކިހިނަކުން ހެއްޔެވެ؟"

ހުކުރު ޚުތުބާ 

"މީގެ ޖަވާބު ކީރިތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ވަނީ ދެއްވާފައެވެ. އެކަލޭގެފާނު ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ '' ބަޔަކު މީހުން ކެއުމުގެ ސުފުރާ މަތީގައި ކާތަކެތި ބަހާލައިގެން ކައި ހުސްކޮށްލާ ފަދައިން ތިޔަބައިމީހުންގެ މައްޗަށް އުއްމަތްތައް އަރައިގަންނަ ދުވަސް ކައިރިވެއްޖެއެވެ'' އެހިނދު ބޭކަލަކު ދެންނެވިއެވެ. އެދުވަހަކުން ތިމަންމެން ވަރަސް މަދުވާނެތޯއެވެ. ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީސް ކުރެއްވިއެވެ. '' އަދި ކިއެއް ހެއްޔެވެ؟ އެދުވަހަކުން ތިޔަބައިމީހުން ވަރަށް ގިނަވާނެއެވެ. އެކަމަކު ތިޔަބައިމީހުން ވާހުށީ އޮޔާ ދެމިގެންދާ ކުނިތަކެއް ފަދަ ބަޔަކަށެވެ. އަދި މާތްﷲ ތިޔަބައިމީހުންގެ އަދުއްވުންގެ ހިތްތަކުގައި ތިޔަބައިމީހުންގެ މައްޗަށް އުފެދިފައިވާ ހައިބަވަންތަކަން ނެރެލައްވާ ހުއްޓެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކަށް ވަހުނު ވައްދަވައިފާ ހުއްޓެވެ. '' އެހިނދު ރަސޫލާ ހަދީސް ކުރެއްވިއެވެ. '' އެއީ ދުނިޔެއަށް ދަހިވެތިވުމާއި، މަރުވުމަށް ބޭނުން ނުވުމެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

ޚުތުބާގައި އިތުރަށް ބުނީ އިސްލާމީ އުއްމަތަކީ އެއް އުއްމަތެއް ކަމަށާއި، ހުރިހާ މުސްލިމުންނަކީ އުހުއްވަތްތެރި ބައެއް ކަމަށެވެ. މުސްލިމުންނަށް ކުރިމަތިވާ ކޮންމެ ދަތި ހާލަތެއްގައި އެމީހުންނަށް އެހީތެރިވުމަކީ މުސްލިމް އުއްމަތުގެ ވާޖިބެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.