ޣައްޒާގެ ކުދިން ތަކެއް--
ހަބަރު
13 Oct 2023 | 16:08
އިސްރާއީލް ކަމަށް ބުނެ ދައްކާ ފަލަސްޠީނު ކުދިންގެ ފޮޓޯތަކުން، ހުޅަނގުގެ 'އިންފުލުއެންސަރުން' ފަޟީހަތްވެފައި!

ފަލަސްޠީނުގެ މުޖާހިދުންނާއި، އެގައުމަށް ގަދަކަމުން ވެރިވެ، ވަޒަންވެރިވެގެން ތިބި އިސްރާއީލްގެ ޔަހޫދީންނާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި، އިސްރާއީލަށް ތާއީދުކޮށް ހުޅަނގުގެ 'އިންފުލުއެންސަރުން' ފަލަސްޠީނުގެ ހާލުގައި ޖެހިފައިވާ ކުދިންގެ ފޮޓޯތައް ދައްކަމުން ދިޔުމާއި ގުޅިގެން މުޅި ދުނިޔޭގެ ކުރިމަތީގައި އެމީހުން ފަޟީޙަތް ވެއްޖެ އެވެ. 

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ހަނގުރާމަ ކުރަމުންދާ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާތަކުގެ ރައްދެއްގެ ގޮތުގައި އިޒްރާއިލްގެ ހައްދުފަހަނައެޅި ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު 1417 އަށް އަރައިފައިވާ ކަމަށް ފަލަސްޠީނުގެ ސިއްޚީ ވުޒާރާއިން ބުނެފައިވެއެވެ. 

ފަލަސްޠީނުގެ ސިއްޚީ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ އަދާހަމަތަކުގައި ބުނެފައިވަނީ ޝަހީދުވި މީހުންގެ ޢަދަދު 1417 އަށް އަރައިފައިވަ ކަމަށާއި އޭގެ ތެރޭގައި 447 ކުޑަކުދިން ހިމެނޭއިރު، 248 އަންހެނުން ހިމެނެއެވެ.

ޣައްޒާގެ އެކި ދިމާއަށް ދިން ހަމަލާތަކުގައި އެކިވަރުގެ ޒަޚަމްތައް ލިބުނު މީހުންގެ ޢަދަދު ވަނީ 6268 އަކަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި 1531 ކުޑަކުދިންނާއި، 932 އަންހެނުން ހިމެނެއެވެ.

ކަންމިހެން ހުރި ނަމަވެސް ހުޅަނގުގެ މީޑިއާތަކާއި، 'އިންފުލުއެންސަރުން'ނާއި އާޓިސްޓުން މަސައްކަތް ކުރަމުންދަނީ މިހަނގުރާމައިގައި އިސްރާއީލްގެ އަންހެނުންނާއި ޚާއްސަކޮށް ކުޑަ ކުދިންނަށް ވަރަށް ގެއްލުން ތަކާއި އަނިޔާތައް ވެފައިވާ ކަން ހާމަކޮށްދިނުމަށެވެ. ނަމަވެސް، ހަނގުރާމައިގައި ދުނިޔެ ދޫކުރި އެތައް ކުދިން ތިބި ކަމަށް އެމީހުން ބުނަމުންދާއިރު އެ ކުދިންގެ ފޮޓޯ އާއި ވަނަވަރު ވެސް އެމީހުންނަށް ހާމައެއް ނުކުރެވެ އެވެ. 

އަދި އިސްރާއީލް ގެ ކުދިންގެ ފޮޓޯތައް ކަމަށް ބުނެ އެމީހުން ދައްކަމުންދަނީ ހަރުކަށި ޔަހޫދީންގެ ސަބަބުން އަނިޔާވެ ދުނިޔެ ދޫކުރި ފަލަސްޠީނުގެ ތުއްތު ކުދިންގެ ފޮޓޯތަކެވެ. 

އެގޮތުން ދިވެހިންގެ ތެރޭގައިވެސް ވަރަށް މަޝްހޫރު ލަވަކިޔުން ތެރިއެއް ކަމަށްވާ، ޖަސްޓިން ބީބާ، އިސްރާއީލަށް ޓަކައި ދުޢާ ކުރާ ކަމަށް ބުނެ، އިސްރާއީލްގެ ތަނެއް ކަމަށް ހީކޮށް، އިންސްޓަގްރާމް ގައި ޣައްޒާގެ ސުންނާފަތި ކުރެވިފައިވާ އިމާރާތްތަކެއްގެ ފޮޓޯއެއް ވަނީ ހިއްސާ ކޮށްފައެވެ.

ނަމަވެސް ބޭރުގެ ނޫހަކުން ކުރި ދިރާސާއަކުން އެ ފޮޓޯ އަކީ 2021 ވަނަ އަހަރު، އިސްރާއީލް ސިފައިންގެ ހަމަލާތަކުން ސުންނާފަތި ވެފައިވާ ޣައްޒާގެ އިމާރާތް ތަކުގެ ފޮޓޯ އެއްކަން ހާމަވެ، އެތައް ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވުމާއެކު، އޭނާ ވަނީ އިންސްޓަގްރާމް ސްޓޯރީ އިން އެ ޕޯސްޓު ޑިލީޓް ކޮށްލާފައެވެ. 

މީގެ އިތުރުން, އެމެރިކާގެ ފިލްމީދާއިރާގަައި މަސައްކަތް ކުރާ ކަމަށްވާ ޖޭމީ ލީކަރޓިސް ވެސް ވަނީ އިސްރާއީލް ކުދިން ކަމަށް ދެކިގެން، ކުޑަ ކުދިން ތަކެއް ބިރުގެންފައި މައްޗަށް ބަލަން ތިބި ފޮޓޯއެއް ހިއްސާ ކުރަމުން "މަތިން ފެންނަމުންދާ ބިރުވެރިކަން" ލިޔެ އިންސްޓަގްރާމް ގައި ޕޯސްޓެއް ކޮށްފައެވެ. 

ޖޭމީ ލީކަރޓިސް ކުރި ޕޯސްޓު 

އިސްރާއީލުގެ ޔަހޫދީންނަށް ތާއީދު ކުރާކަން ފާޅުގައި ހާމަކުރަމުންދާ ޖޭމީ ލީކަރޓިސް، އިސްރާއީލްގެ ކުދިން "އުޅޭ ހާލު" ދުނިޔެއަށް ދެއްކުމުގެ މަގުސަދުގައި މީސްމީޑިއާގައި އާއްމު ކުރި އެ ފޮޓޯ އަކީ ހަގީގަތުގައި ފަލަސްޠީނުގެ ކުދިންގެ ހާލުކަން ހާމަވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށްވެސް އަމާޒުވެގެން ދިޔައެވެ. 

ޖޭމީ ލީކަރޓިސް ކުރި ޕޯސްޓުގެ އަސްލު ފޮޓޯ

އެއާއެކު އޭނާ ވަނީ އެ ޕޯސްޓު، އިންސްޓަގްރާމް އިން ޑިލީޓް ކޮށްލާފައެވެ. 

އެ ދެމީހުންގެ އިތުރުންވެސް، ހުޅަނގުގެ ގިނަ 'އިންފުލުއެންސަރުން' ތަކެއް ކަމަށްވާ، ބެން ޝެޕީރޯ އާއި، ފްލޮއިޑް މޭވެދަރ ފަދަ މީހުން އިސްރާއީލް އަށް ތާއީދުކޮށް، ފަލަސްޠީނުގެ ޝަހީދުންނަށް ނިސްބަތްކޮށް ދައްކަމުންދާ ވާހަކަ ތަކުން، ގިނަ ބައެއްގެ މެދުގައި އެމީހުންގެ އަސްލު ސޫރަ ފާޅުވެ، މީހުންގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.