ޣައްޒާ ފަންޑުން ލިބިފައިވާ އެހީ ފަލަސްތީނު ރައްޔިތުންނަށް ފޯރު ކޮށްދިނުމުގެ މަސައްކަތުގައި އައިއޭސީގެ އޮފިޝަލުން-- ފޮޓޯ/ އައިއޭސީ
ހަބަރު
14 Oct 2023 | 08:10
ޣައްޒާ ފަންޑަށް ކޮންމެ ދުވަހަކު 1 މިލިއަން ރުފިޔާ; މިހާތަނަށް 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ!

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ ޢުދުވާނުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެންޕެއިން، އައިއޭސީން ހުޅުވާލި، "ޣައްޒާ އެމެޖެންސީ ރިލީފް ފަންޑް" އަށް ކޮންމެ ދުވަހަކު އެއް މިލިއަން ރުފިޔާ ލިބެމުންދާ ކަމަށް އައިއޭސީން ބުނެފިއެވެ. 

ގަދަކަމުން މަސްޖިދުލް އަޤްޞާ ފޭރިގެންފައިވާ ޔަހޫދީންގެ ކިބައިން އެމިސްކިތް ސަލާމަތް ކޮށް، ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތްކަމަށްވާ ހަމާސްއިން ޔަހޫދީންގެ ދަޢުލަތް، އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅައި ފަލަސްޠީނުގެ 1900 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި 614 ކުޑަކުދިންނާއި 370 އަންހެނުން ހިމެނެއެވެ. 

ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން މިހާރުވެސް ދަނީ ޑްރޯނާއި އާޓިލަރީ ބަޑި ބޭނުން ކޮށްގެން މެދުކެނޑުމެއް ނެތި ޣައްޒާއަށް ބޮން އަޅަމުންނެވެ. މި ހަމަލަތަކުގައި ފަލަސްޠީނުގެ 7696 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ. އެގޮތުން ޒަޚަމްވި މީހުންގެ ތެރޭގައި 2000 ކުޑަކުދިންނާއި 1,700 އަންހެނުން ހިމެނެއެވެ. 

ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އެ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީތެރިވުމަށް އިންޓަނޭޝަނަލް އެއިޑް ކެންޕެއިން އިން "ޣައްޒާ އެމެޖެންސީ ރިލީފް ފަންޑް" ގެ ނަމުގައި މިދިޔަ އާދިއްތަ ދުވަހު ފަންޑެއް ހުޅުވާލާފައިވާއިރު، އެ ފަންޑަށް ކޮންމެ ދުވަހަކު އެއް މިލިއަން ރުފިޔާ ލިބެމުންދާ ކަމަށް އައިއޭސީން ވަނީ "ވޮއިސް" އަށް މައުލޫމާތު ދީފައެވެ. އަދި އިއްޔެ އިރު އޮއްސުމާއި ހަމަ އަށް ޖުމުލަ 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފަ އެވެ. 

އައިއޭސީން ވަނީ، އަދިވެސް ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ފުރުސަތު އެންމެހާ ރައްޔިތުންނަށް ހުޅުވިފައިވާ ކަމަށް ބުނެފައެވެ. 

އެގޮތުން އެހީވާން ބޭނުންވާ ފަރާތްތަކުން އަންނަނިވި އެކައުންޓަށް ފައިސާ ޖަމާކުރުމުން އެކަން ހަމަޖެހިގެންދާނެ ކަމަށް އެ ޖަމިއްޔާ އިން މައުލޫމާތު ދެއެވެ. 

ބީއެމްއެލް އިސްލާމިކް

އެކައުންޓް ނަމްބަރު: 7770000062741

އެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: IAC | EMERGENCY

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.