އައިސީގެ ވޮލެންޓިއަރުން ތެޔޮ ފޯރުކޮށްދިނުުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: އައިއޭސީ
ހަބަރު
14 Oct 2023 | 12:12
އައިއޭސީ އިން ޣައްޒާގެ ހޮސްޕިޓަލްތަކާއި ރެސްކިޔު ވެހިކަލްތަކަށް ތެޔޮ ފޯރުކޮށްދީފި

އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ޣައްޒާގެ ހޮސިޕިޓަލް ތަކާއި ރެސްކިޔު ވެހިކަލްތަކަށް ތެޔޮ ފޯރުކޮށްދީފިއެވެ.

އައިއޭސީ އިން ބުނެފައިވަނީ ޣައްޒާގެ އުތުރުގައި ހުންނަ ކަމަލް އެދްވަން ހޮސްޕިޓަލަށް 2000 ލީޓަރުގެ ތެޔޮ ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި ސިވިލް ޑިފެންސުން ބޭނުންކުރާ ރެސްކިޔު ވެހިކަލްތަކަށް 1000 ލީޓަރުގެ ތެޔޮ ފޯރުކޯސްދެވިފައި ވާކަމަށާއި ފަލަސްޠީނުގެ ސިއްޚީ ވުޒާރާގެ ބެލުމުގެ ދަށުގައިވާ އެމްބިޔުލާންސްތަކަށްވެސް 2000 ލީޓަރުގެ ތެޔޮ ފޯރުކޮށްދެވިފައިވާ ކަމަށެވެ.

އިޒްރާއިލުން ޣައްޒާއަށް ދޫކުރުމުންދާ ކަރަންޓު ކަނޑާލައިފައި ވުމުގެ ސަބަބުން ޒަޚަމްވަމުންދާ މީހުންނަށް ފަރުވާ ދެމުންދާ ހޮސްޕިޓަލްތަކުން ބޭނުން ކުރަމުންދަނީ ޖަނެރޭޓަރުތަކެވެ.

އައިއެސީގެ ވޮލެންޓިއަރުން މަސައްކަތުގައި. ފޮޓޯ:އައިއޭސީ

މީގެ އެއްދުވަސް ކުރިން "ވޮއިސް" އަށް މަޢުލޫމާތު ދެއްވި ޣައްޒާގެ އިންދޮނީސީ ހޮސްޕިޓަލްގެ ޑޮކްޓަރު ޢާތިފް އަލްކަހްލޫތް ވިދާޅުވީ ޖަނެރޭޓަރުތަކަށް ބޭނުންކުރާ ތެޔޮ ވަރަށް އަވަހަށް ހުސްވާނެ ކަމަށެވެ. އަދި އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ފަރުވާތައް ކުރިއަށް ގެންދެވުމަކީ ނާދިރު ކަމަކަށް ވެގެންދާނެއެވެ.

ރޭ އައިއޭސީ އިން ބުނެފައިވަނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ދިވެހިންނަށް ހުޅުވާލި ފަންޑަށް ދުވާލަކު 1 މިލިއަން ރުފިޔާ ލިބޭ ކަމަށާއި ރެޔާއި ހަމައަށް 5 މިލިއަން ރުފިޔާ ވަނީ ލިބިފައި ކަމަށެވެ.

އިޒްރާއިލުން ވަނީ ޣައްޒާއަށް ދޫކުރާ ފެނާއި ކަރަންޓާއި ތެލާއި ކަނޑާލައި ކާބޯތަކެތި ވެއްދުމަށް ބޭނުންކުރާ މަގުތައްވެސް ބަންދުކޮށްފައެވެ. އަދި އެހީގެ ތަކެތި ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނަމަ ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

މިދަތިކަމާއި އެކުވެސް އައިއޭސީގެ ވޮލެންޓިއަރުން ދަނީ ޣައްޒާގެ ރައްޔިތުންނަސް އެހީފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.