ޖޯޑަންގައި ކުރިއަށްދިޔަ ރެލީގެ ތެރެއިން. ފޮޓޯ:އަލްޖަޒީރާ
ހަބަރު
14 Oct 2023 | 18:40
ޖޯޑަންގައި ފަލަސްޠީނުގެ ހައްޤުގައި އަޑުއުފުލި މީހުންގެ ތެރެއަށް ކަރުނަ ގޭސް ޖަހައިފި

ޖޯޑަންގައި ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުގައި އަޑުއުފުލި މީހުންގެ ތެރެއަށް ޖޯޑަންގެ އަމަންބަލަހައްޓާ ފުލުހުން ކަރުނަ ގޭސް ޖަހައިފިއެވެ.

އިއްޔެ ޖޯޑަން އާއި އިޒްރާއިލާއި ގުޅޭ ބޯޑަރު ކައިރީގައި ކުރިއަށް ދިޔަ އަޑުއުފުލުންތަކުގައި ޖޯޑަންގެ ގިނަ ޒުވާނުންތަކެއް ވަނީ ބައިވެރިވެފައެވެ.

ބޯޑަރު ސަރަހައްދުގެ އިތުރުން ޖޯޑަންގެ އެކި ހިސާބުތަކުގައި އިއްޔެ ވަނީ ޖޯޑަންގެ އެތައް ރައްޔިތުންނެއް ނުކުމެ ފަލަސްޠީނަށް އޮތް ލޯބި ދައްކުވައިދީފައެވެ.

ޖޯޑަން އާއި އިޒްރާއިލް ގުޅޭ ބޯޑަރުކައިރިއަށް އެއްވި ޒުވާނުން އެމީހުންނަށް ޓަކައި އެބޯޑަރު ހުޅުވައިދިނުމަށް ގޮވައިލަމުންދިޔައެވެ. ޖަޒުބާތުގައި ތިބި ޒުވާނުންގެ ޖޯޝާއި އެކު ތަނުގެ ކޮންޓްރޯލް ގެއްލެން ކައިރިވިކަމަށް ބަލައި ފުލުހުން ވަނީ ކަރުނަ ގޭހާއި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކޮށްފައެވެ.

ދުނިޔެގެ އެކި ކަންކޮޅުތަކުގައި ދަނީ ފަލަސްޠީނުގައި އިޒްރާއިލްގެ ޔަހޫދީން ހިންގަމުންދާ ހައްދުފަހަނައެޅި އަނިޔާވެރި ޢަމަލުތައް ހުއްޓާލުމަށް ގޮވައިލައި މުޒާހަރަތަކާއި ރެލީތައް ބާއްވަމުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ހަމައެކަނި ޢަރަބި އިސްލާމީ ޤައުމުތައް ނޫންކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. އިޒްރާއިލަށް ވާގިވެރި ވާނެ ކަމަށް ބުނެފައިވާ އިނގިރޭސި ވިލާތުގެ ލަންޑަންގައިވެސް ވަރުގަދަ ރެލީތައް އަންނަނީ ބާއްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.